Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

މަޖިލީހުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތްކުރުމަށް ހުރި ހުރަސްތައް ހައްލުކުރަން ދަނީ މަސައްކަތްކުރަމުން - މިއުވާން

ސަރުކާރަށް ތާއީދު ނުކުރާ މެމްބަރުން ދަނީ މަޖިލީހަށް ގިނަ ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅުއްވަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 މެއި 2023 | ބުރާސްފަތި 10:17
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތްކުރުމަށް ހުރި ހުރަސްތައް ހައްލުކުރަން މަސައްކަތްކުރަމުން ދާކަމަށް, ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ މިފަދައިން ވިދާޅުވީ ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިދިކޮޅު ފަރާތްތަކާއި، އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވުނު މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދު ނުކުރާ މެމްބަރުން ދަނީ މަޖިލީހަށް ގިނަ ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅުއްވަމުންނެވެ. އޭގެތެރޭގައި، އެއް މައްސަލައެއްގައި ތަކުރާރުކޮށް ހުށަހަޅާ މައްސަލަތައް ހިމެނެއެވެ. އެކަމުގެ ސަބަބުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލުތަކުގެ މަސައްކަތް ލަސްވާކަމަށް، ސަރުކާރަށް ތާއީދުކުރާ މެމްބަރުން ބުނެއެވެ.

އެހެންކަމުން އެކަން ހައްލުކުރުމަށް ކުރާނެ މަސައްކަތްތަކަކީ ކޮބައިތޯ ދެންނެވުމުން މިއުވާން ވިދާޅުވީ، އެކަމާގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އަދި މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކާއި އިސްލާހުތަކުގެ މަސައްކަތްވެސް މެދުނުކެނޑި ކުރިއަށް ދާނެކަމަށާއި އެ މަސައްކަތް އަވަސްކުރަންވެސް މަސައްކަތް ކުރައްވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެ މަސައްކަތް ކާމިޔާބު ކުރެވިދާނެތޯ ނުވަތަ ސޮއި ހަމަކުރެވިދާނެތޯ، އެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންގެތެރެއިން، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަދަދަށް ބަލައިލުމުން އެނގޭނެކަމަށް މިއުވާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު