Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

ކާން ބޭނުން ކުރާ ސަމުސަލާއި، އޫ، ގަމީހުގެ އަތު ކުރީގައި ޖަހާލާ ކަފްލިންކްސް އަދި ޓައި ކްލިޕް ވެސް އެ ހުންނަން ޖެހެނީ ރަން ކުލަ އާއި ރިހި ކުލައިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2024 | އަންގާރަ 08:21
ވިހި ވަނަ މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ، މަޖިލީހުން ވަނީ ސޮވެނިއަރ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އިއުލާން ކޮށްފައި

ވިހި ވަނަ މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ، މަޖިލީހުން ވަނީ ސޮވެނިއަރ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އިއުލާން ކޮށްފައި

މީގެ އެއް ދުވަސް ކުރިން ދިވެހި ސަރުކާރުގެ ގެޒެޓު ބަލަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ގެޒެޓުގަައި ކޮށްފައިވާ އިއުލާނެއް އަޅުގަނޑު ދުށީމެވެ. އެ އިއުލާނު ކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިންނެވެ. އެއީ އަންދާސީ ހިސާބު ހުށަހެޅުމަށް ކޮށްފައިވާ އިއުލާނެކެވެ. އިއުލާނުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ދޭ ޑިޒައިނާއެއްގޮތަށް ސޮވެނިއަރ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ވާހަކަ އެވެ.

އެ އިއުލާނުގައި އޮތް އެއްޗެއް ކުޑަކޮށް ބަލާލުމުގެ މަޤުސަދުގައި އިއުލާން ހުޅުވައިގެން، އޭގައިވާ ފޯމުތައް ބަލަމުން ގެންދިޔައީ އެވެ. އެ އިއުލާނުގައިވާ މައުލޫމާތު ޝީޓު ހުޅުވައިގެން ބަލަމުން ބަލަމުން ގޮސް، ޖަދުވަލު 6 އާ ހަމައަށް އާދެވިއްޖެ އެވެ. ތަކެތި ތައްޔާރު ކުރަން ޖެހޭ ޑިޒައިން އަދި ސްޕެފިކޭޝަން ޖަހާފައިވާ ސަފުހާގައި އޮތީ އިނީ ލިންކެކެވެ. ލިންކުތަކަށް ފިތައިގެން ބޮޑެތި ލަނޑުތައް ލިބެމުންދާ މި ދުވަސްވަރު، ލިންކަށް ނުފިތާން ގޮވާ ގޮވެލި ފަތި ހަނދާން ވެސް ވެއްޖެ އެވެ. އެހެނެއް ކަމަކު އެ ލިންކަށް ވެސް ފިތައިފީމެވެ.

ދެން ހުޅުވުމު ސަފުހާގައި އޮތީ ހަތް ޕީޑީއެފް ފައިލް އެވެ. ފުރަތަމަ ލޮޓްގައި އިނީ ކާޑެއްގެ ކުރެހުމެކެވެ. އޭގައި ރައްޔިތުންގެ މަޖިލީހުގެ ނިޝާން ކުރަހާފައި ހުއްޓެވެ. ދެ ވަނަ ލޮޓު ހުޅުވާ ބަލާލިއިރު، މީގައި ވަނީ ނޯޓު ފޮތެކެވެ. ނޯޓޮ ފޮތުގެ ބޭރު ޑިޒައިން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނިޝާން ބޭނުން ކޮށްގެންނެވެ.

ތިން ވަނަ ލޮޓު ހުޅުވާލީމެވެ. އޭގައި ވަނީ ގަލަމަކާއި، އަދި ގަލަން ލާން ބޭނުން ކުރާ ކުޑަ ފޮއްޓެކެވެ. ގަލަމުގައި މަޖިލީހުގެ ނިޝާން ޖެހުމަށްފަހު، "ރައްޔިތުންގެ މަޖިލިސް" މިހެން ލިޔެފައި އޮތެވެ. ގަލަން ލުމަށް ޚާއްސަކޮށްފައިވާ ފޮށީގެ އެތެރޭގައި ވެސް ޑިޒައިން ކޮށްފައި ވަނީ ހަމަ އެފަދައިންނެވެ. ނިޝާން ޖެހުމަށްފަހު، "ރައްޔިތުންގެ މަޖިލިސް" މިހެން ޖަހައިގެންނެވެ.

ހަތަރު ވަނަ ލޮޓު ހުޅުވާލިރު، މީގައި ވަނީ ފެންފުޅި އެކެވެ. ނޫ ކުލަ އަދި ރަން ކުލަ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ފެން ފުޅިއެކެވެ. މި ފުޅީގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ނިޝާން ޖެހުމަށްފަހު، އޭގެ ތިރިއަށް ޑިޒައިން ގަނޑެއް ކުރަހާފައި ހުއްޓެވެ. ކުޑަކޮށް "ބޭބީ ނާސަރީ" މަތިން ހަނދާންވެ އިނދެ، ލޮޓް ފަހެއް ޖަހާފައިވާ ބައި ހުޅުވާލީމެވެ. އަސްތާ ކަމަކު ދާކަށް ނެތެވެ. ލިބުނީ އިންތިހާ ހައިރާން ކަމެވެ.

މި ސަފުހާގައި ވަނީ ސަމުސާ، އޫ އަދި މޭޒު މަތީ ވަޅި އެވެ. ދެން ލިބުނު ހައިރާން ކަމަކީ، މިތަކެތި ފަރުމާކޮށްފައި ހުރީ ރަން ކުލަ އާއި ރިހި ކުލަ އިންނެވެ. ހިތާ ހިތުން ބުނެލެވުނެވެ. ނޫނޭ މާތް ކަލާކޯ މިއޮތީވާ ކަމަކާ ޖެހިފަ އެވެ. ސައިބޯން ގުޅޭ ޖޯޑާއި، ވަތު ތައްޓާއި، ސައި ފޮދު އަޅާފައި ހުންނަ ޖަގު ވެސް އެހުރީ ނޫ ކުލަ، ހުދު ކުލަ އަދި ރަން ކުލަ ބޭނުން ކޮށްގެން ޖަރީ ކޮށްލައިފަ އެވެ. ނުވިތާކަށް ފެން ބޯން ބޭނުން ކުރާ ތަށި ވެސް ހަމަ އެ ފަދަ އެވެ. އެ ހައިރާންކަން މަތީ އިނދެ، ދެން ޖެހިގެން އިން ލޮޓް ހައެއް ހުޅުވާލީމެވެ.

ރަށުގައި ހުންނަ މޫސަ ބޭބެގެ ފިހާރައިން ގަންނަ ކުދި ބައްތިތައް މަތިން ހަނދާން ވެއްޖެ އެވެ. އޭރު އޭގެ ބައްތިއެއް ކޮންމެހެން ވެސް އަތުގައި އޮންްނަން ޖެހޭނެ އެވެ. މި ސަފުހާާގައި އޮތީ ބައްތި ޑިޒައިން ކޮށްފައިވާ ގޮތެވެ. ނޫ ކުލަ އާއި ރަން ކުލަ ބޭނުން ކޮށްގެން ޑިޒައިން ކޮށްފައިވާ މި ބައްތީގައި މަޖިލީހުގެ ނިޝާން ޖަހާފައި ހުއްޓެވެ. އަހަރެން ހިތަށް އެރި އެވެ. އަނެއްކާ މެމްބަރުން، ފީކޯ ކުޅެން ފަށަނީ ބާ އެވެ؟ އޭރުން އެއް މެމްބަރަކު އަނެއް މެމްބަރަކު ހޯދަން، އަލި ކުރަން ޖެހޭނެތާ އެވެ!

ކުޑަކޮށް ހިނި އައިސް އިނދެ، އެންމެ ފަހު ސަފުހާ ހުޅުވާލުމުން، އަހަރެންގެ ހިނި ބަޑި ފަޅައިގެން ދިޔަ އެވެ. ހިތަށް އެރި އެވެ. ސަހަރޯ އެވެ! އަދި ކިރިޔާ އަހަރަމެންނަށް މެމްބަރުންތަކެއް މި ހޮވުނީ އެވެ. ނޫނޭ މި މީހުންގެ ޒާތް ކޮޅު ވެސް ބޮޑީ އެވެ. އެ ސަފުހާއި އޮތީ ގަމީހުގައި ޖަހަން ބޭނުންކުރާ ކަފްލިންކްސް އަދި ޓައި ކްލިޕްގެ ޑިޒައިންނެވެ. ރަން ކުލަ އާއި ރިހި ކުލަ އިން ފަރުމާކޮށްފައިވާ މި ތަކެތީގައި ވެސް މަޖިލީހުގެ ނިޝާން ޖަހާފައި ހުއްޓެވެ. އަދި ނިމުނީއެއް ނޫނެވެ. ދަބަހާއި، ކޮތޮޅަށް ދާން ދެން މަޖިލީހުގެ ނިޝާން ޖަހައިގެން ހައްދަނީ އެވެ.

ހޭންވީ ކަމެއް ނުވަތަ، ގަބުވެފައި ހުންނަންވީ ކަމެއް ވެސް ނޭނގުނެވެ. ޖެހިގެން އިން އެކުވެރިޔާ ގާތު އަހާލީމެވެ. މި ޤައުމުގައި މެމްބަރުން ހޮވައިގެން މި އުޅެނީ ރައްޔިތުންގެ މަޖިލީހަށް ހެއްޔެވެ؟ ނުވަތަ ގަނޑުވަރަކަށް ހެއްޔެވެ؟ އެއްޗެކޭ ބުނަން އޭނާ އުޅުމުގެ ކުރިން އަހަރެން މި ސަފުހާތަށް ދައްކާލީމެވެ. އަދި ބުނީމެވެ. މީގެ ކުރިން މަޖިލިސް މެމްބަރުން ދެއްކީ މުސާރާ ބޮޑު ކުރާ ވާހަކަ އެވެ. އެކަން އަހަރަމެންނަށް މާ ގަޔަވާ ކަމަކަށް ނުވި އެވެ.

ދައުލަތުން ޚަރަދުކޮށްގެން މިކަހަލަ ކަންކަން ކުރާއިރު، މަސްވެރިންނަކަށް ފައިސާއެއް ނުދެވެ އެވެ. ފައިސާ ނެތުމުގެ ސަބަބުން ރަށް ރަށުގައި ކުރިން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މަޑު ޖެހިއްޖެ އެވެ. މި ދެންނެވި ކަންކަމަކަށް ފައިސާ ޚަރަދު ކުރުން މާ ބުއްދިވެރި އަދި ބޭނުންތެރި ކަމަށް ޤަބޫލު ކުރެވެ އެވެ.

ނޯޓް: މި ރިޕޯޓް ރާއްޖެއެމްވީގައި ޝާއިރުކުރި ފަހުން މަޖިލިސް އިދާރާއިން މައުލާމަތު ދެމުން ބުނެފައިވަނީ ހޯދަން އިއުލާން ކޮށްފައިވާ ތަކެއްޗަކީ ސްވެނިއަރގެ ގޮތުގައި މަޖިލީހުގެ ސްވެނިއާ ޝޮޕަށް ހޯދާ ތަކެތި ކަމަށެވެ. އޭރު ސުވެނިއަރ ޝޮޕަށް ބޭނުންވާ ތަކެތި ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ގެޒެޓުގައި އިއުލާންވެސްކުރި ކަމަށެވެ. ނަމަވެސް ފަހުން ސުވެނިއާތައް ޑިޒައިންކުރީ މަޖިލީހުގެ ގްރެފިކް ޑިޒައިނަރެއް ކަމަށެވެ. ސްވެނިއަރ ޝޮޕް ހުންނަނީ ކޮންތާކުތޯ ރާއްޖެއެމްވީ އިން ސުވާލު ކުރުމުން މަޖިލީހުގެ އިދާރާއިން ބުނީ އަދި އެ ޝޮޕް ހުޅުވާފައި ނުވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު