Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނުގެ މައްސަލަ

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެ މިހާރު ފެންނަނީ މުސްލިމު ނޫން ޤައުމުތަކަށްވުރެވެސް ފަހަތުގައި އުޅޭ މަންޒަރު: މިއުވާން

ކަމެއް ހިނގުމުން އެކަން ކުށްވެރިކޮށް ބަޔާން ނެރުމަށްޓަކައި ޚާރިޖިއްޔާގައި ހަރުދަނާ ނިޒާމުތަކެއް ޤާއިމު ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޯގަސްޓު 2024 | އާދީއްތަ 06:48
ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެ މިހާރު ފެންނަނީ މުސްލިމު ނޫން ޤައުމުތަކަށްވުރެވެސް ފަހަތުގައި އުޅޭ މަންޒަރުކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، ފަލަސްތީނު މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ޚާރިޖީ ސިޔާސަތު ވަރަށް ސާފު ކަމަށާއި، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަނީވެސް އަދި އިސްކުރަނީވެސް ފަލަސްތީނުގެ މަސްލަޙަތު ކަމަށެވެ.

މިއުވާން ވިދާޅުވީ، ކަމެއް ހިނގުމުން އެކަން ކުށްވެރިކޮށް ބަޔާން ނެރުމަށްޓަކައި ޚާރިޖިއްޔާގައި ހަރުދަނާ ނިޒާމުތަކެއް ޤާއިމު ކުރެވިފައިވާ ކަމަށާއި، މި ސަރުކާރުން އެކަންކަން ތަންފީޒު ނުކުރެވެނީ ސަރުކާރުގެ އެކަށީގެންވާ ސިޔާސަތެއް ނެތުމުންކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި ރާއްޖެ މިހާރު ފެންނަނީ މުސްލިމު ޤައުމުތަކަށްވުރެވެސް ފަހަތުގައި އުޅޭ މަންޒަރު ކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން އިޒްރޭލުން ހިންގަމުންދާ ކަންކަން ކުށްވެރިކޮށް ރާއްޖެއިން ބަޔާން ނެރެނީ އަވައްޓެރި ލަންކާއަށްވުރެވެސް ފަހުންކަން މިއުވާން ފާހަގަ ކުރެއްވިއެވެެ.

މިއުވާން ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގައި) ރާއްޖެއިން ފަލަސްތީނުގެ ޙައްޤުގައި އަޑުހަރުކޮށް ވަކާލާތު ނުކުރަނީ ކީއްވެތޯވެސް ސުވާލު ކުރައްވާފައެވެ.

މިއުވާން އިތުރަށް ވިދާޅުވީ، ރާއްޖެއިން ހަގީގަތުގައި ބޭރުގެ އެހެން ޤައުމުތަކާމެދު ޖެހިލުންވެގެން އުޅޭ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން އެކަމުން އެނގިގެން ދަނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަމާއި، "ގަޓެއް ނެތްކަން" ކަމަށް މިއުވާން ވިދާޅުވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި މިއުވާން ފާހަގަ ކުރެއްވީ މިދިޔަ ސަރުކާރުތަކުގައިވެސް ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ދަމަހައްޓާފައިވުމާއި މިހާރު ސަރުކާރުން އެކަމުގައި ފަހަތު ފަޔަށް ބުރަވުމެވެ.

މުޅި މި މައްސަލައިގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު