Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިސް ޕްލާންޓް ގާއިމުކުރުން

4 ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް ގާއިމުކުރަނީ

ނ. ލަންދޫ، ތ. މަޑިފުށި އަދ ތ. ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 15 ޓަނުގެ އައިސް ޕްލާންޓް، 30 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މެއި 2023 | ބުދަ 21:52
އިރުގެ އަލިން ހަކަތަ އުފައްދާ ގޮތަށް 4 އައިސް ޕްލާންޓެއް ގާއިމުކުރުމަށް ވަނީ ނިންމާފައި

އިރުގެ އަލިން ހަކަތަ އުފައްދާ ގޮތަށް 4 އައިސް ޕްލާންޓެއް ގާއިމުކުރުމަށް ވަނީ ނިންމާފައި

މީހުން ދިރިއުޅޭ 4 ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް ގާއިމުކުރަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން އިއުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން ނ. ލަންދޫ، ތ. ބުރުނީ، ތ. މަޑިފުށި އަދި ތ. ވިލުފުށީގައި ކޮމިއުނިޓީ އައިސް ޕްލާންޓުތަކެއް ޤާއިމުކޮށްދޭނެ ފަރާތެއް ކަނޑައަޅައި، 9 މެއި 2023 ގައި މިމަސައްކަތް ކުރުމަށް ހޮވުނު ފަރާތްކަމުގައިވާ ޗައިނާގެ "އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް" އަށް އެވޯޑްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ ދަށުން ނ. ލަންދޫ، ތ. މަޑިފުށި އަދ ތ. ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 15 ޓަނުގެ އައިސް ޕްލާންޓް، 30 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރެވޭނެއެވެ. އަދި ތ. ބުރުނީގައި 5 ޓަނުގެ އައިސް ޕްލާންޓް، 15 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރެވޭނެއެވެ. 

މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ކޮންޓްރެކްޓް އިފެކްޓިވްވާ ދުވަހުން ފެށިގެން 240 ދުވަހެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،773،242.93 (އެއްމިލިއަން ހަތްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ ސާޅީސް ދެ އެމެރިކާ ޑޮލަރު ނުވަދިހަ ތިން ސެންޓް) އަށެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު