Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޖްތިމާއީ ފޭރާން ވަރުގަދަކުރުން

މުޖުތަމައުގެ އިޖްތިމާއީ ފޭރާން ވަރުގަދަކުރުމަށް މަސައްކަތް ކުރަންޖެހޭ: އެޑިޔުކޭޝަން މިނިސްޓަރު

17 މެއި 2023 | ބުދަ 17:57

ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެތައް އީޖާދީ ހަރަކާތްތައް ހިންގަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މެއި 2023 | ބުދަ 17:57
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަޑައިގަންނަވަނީ

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަޑައިގަންނަވަނީ

މުޖުތަމައުގެ އިޖްތިމާއީ ފޭރާން ވަރުގަދަކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރާކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެތައް އީޖާދީ ހަރަކާތްތައް ހިންގަމުން ދާކަމަށާއި، މިހާރު މުގައްރަރު އައު ކުރަމުންދާކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަމަށް މުދައްރިސުންނަށް ލައިސެންސް ދިނުމުގެ ކަންކަން ހިންގަމުންދާކަމަށެވެ.

Advertisement - newsAdvertisement

ދުނިޔެ މިހާރު ވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޔޫރަޕްގެ ބޮޑު ދެބާރެއްގެ ދެމެދުގައި ހޫނު ހަނގުރާމައެއް ހިނގަމުންދާ ކަމަށާއި، މިކަމާ ގުޅިގެންނާ އެހެން ސަބަބުތަކާހުރެ ދުނިޔެ ތަރުތީބުވެފައިވާ ގޮތް މުޅިން ބަދަލުވާނެކަމަށް މުފައްކިރުން ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ކުދިން މަދަރުސާގެ އޮޅި ގިރާކޮށް ދުނިޔޭގެ ދިރިއުޅުމަށް ފިޔަވަޅު އަޅާއިރު، މިކަމުގެ އަސަރުނުކޮށް ނުދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުދިންގެ އެންމެ ބޮޑު މަސްލަހަތަކަށް ވާންވާނީ ރާއްޖޭގެ ސިޔާދަތު މިނިވަން ކުރުން ކަމަށާއި، މިފަސްގަނޑުގައި އަމާންކަމާއި ސުލްހައާއި ހިމޭންކަން ގާއިމްކުރުން ކަމަށެވެ. އެގޮތުން މުޖުތަމައުގެ ގުޅުންތައް ވަރުގަދަކޮށް އިޖްތިމާއީ ފޭރާން ވަރުގަދަކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ ފޭރާމުގެ އުއިތައް ފީވިވަރަކަށް މުޖުތަމައަށް ވެރިވާނީ ނޭއްގާނީ ކަންތައްތަކާއި ނުރައްކާކަމަށާއި، ގެއްލިގެންދާނީ މުޖުތަމައުގެ ހިމޭންކަމާއި އަމާންކަން ކަމަށެވެ. އިޖްތިމާއީ ފޭރާން މާނަކުރަނީ ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން، ވަކިވަކި މީހުންނާމެދު އޮންނަ ގާތްކަމާއި ގުޅުންތަކާއި މުއާމަލާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގުޅުންތައް ބަދަހިވެ ފުންވި ވަރަކަށް އެބައެއްގެ އިޖްތިމާއީ ފޭރާން ވަރުގަދަވާނެ ކަމަށާއި، މުޖުތަމައު މީހުންގެ ގުޅުންތައް ހީނަރުވިވަރަކަށް އިޖްތިމާއީ ފޭރާން ބަލިވެ އިރައިގެން ދިއުން އަވަސްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ, އިޖްތިމާއީ ފޭރާން ގަދަކުރެވޭނީ ރަށްރަށުގެ މީހުންގެ ގުޅުންތަކާއި މުއާމަލާތްތައް ގިނަކޮށްގެން ކަމަށާއި، މީހުންނާއި އެކުވެރިވާނެ ފުރުސަތުތައް ގިނަކޮށްގެން ކަމަށެވެ. އަދި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވާނެ ގޮތްތައް ހޯދައިދީގެން ކަމަށާއި، ރާއްޖޭގެ ރަށްތަކަކީ ހިތްފަހި ދިރިއުޅެން ހިތްގައިމު ތަނެއްގެ ގޮތުގައި ބޭއްވުމުގެ ރޫހު އާލާކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ނަތީޖާ ނެރެވޭނީ ދިވެހި ބަހަށާއި، ޒަމާންވީ އާދަކާދަތަކަށް އައު ދިރުމެއް ގެނެސްގެން ކަމަށާއި، ދިވެހި ސަގާފަތްތައް ދިރުވައިގެން ކަމަށެވެ.

އެހެންކަމުން ކޮންމެ ކުއްޖެއްގެ އެންމެ ގައުމީ ވާޖިބު އިސްކޮށް، މުޖުތަމައުގެ ފޭރާން އުއިތައް ބަދަހިކޮށް ގާތްކޮށް ބެހެއްޓުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް