Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިވީއެފް ޚިދުމަތް

އައިވީއެފް ޚިދުމަތް ފެށުމަށް ޓްރީޓޮޕުން ތައްޔާރުވެއްޖެ

17 މެއި 2023 | ބުދަ 15:54

މި ސެންޓަރ މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ޚިދުމަތްތައް ލިބިގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މެއި 2023 | ބުދަ 15:54
ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ޚިދުމަތް ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.

އައިވީއެފް ފެށުމުގެ ކުރިން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ސްކްރީން މަރުހަލާއެއް ކުރިއަށް ގެންގޮސްފައެވެ. ޓްރީ ޓޮޕުން ބުނީ މި ޚިދުމަތްތައް ކޮންމެ މީހަކަށް އެމީހާކާއި އެންމެ އެކަށޭނަ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭނެކަމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްއިން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ފަރޓިލިޓީ ސެންޓަރ ގެ އަމަލީ މަސައްކަތްތައް ނިމި ހުޅުވަން ތައްޔާރުވެފައިކަމަށް އެހޮސްޕިޓަލުން ބުނެއެވެ. މި ސެންޓަރ މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.

Advertisement - newsAdvertisement

ޓްރީ ޓޮޕް ހޮސްޕިޓަލްގައި މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޒަކިޔާ އަކީ ދަރިމައިވުމުގެ ދާއިރާއިން ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޑރ ޒާކިޔާގެ މަގްސަދަކީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމެވެ.

ނިސްބަތުން ބަލާއިރު އައި.ވީ.އެފް އަކީ މި ދިޔަ އަހަރުތަކުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ފަރުވާއެކެވެ. އެގޮތުން އައި.ވީ.އެފް ގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ދެމަފިރިންނަށް ދަރިމައިވުމުގެ މައްސަލަތަކުން އަރައިގަނެވި، އާއިލާއެއް ބިނާކުރުމުގެ ފޮނި ހުވަފެން ހަގީގަތަކަށް ވެގެންގޮސްފައި ވެއެވެ.

އަ.ވީ.އެފް އަކީ އަނބިމީހާގެ އޯވަރީ އިން ބިހެއް ނަގައި ހަށިގަނޑުން ބޭރުން ލެބޯރަޓަރީއެއްގައި ފާރޓިލައިޒް ކުރުމަށްފަހު ބިސް ރަހިމަށް ވާސިލްކޮށްގެން ދެވޭ ފަރުވާއެކެވެ. އައިވީއެފް ޕްރޮސެސްގެ ތެރޭގައި ފާރޓިލައިޒްކުރެވުނު ބިސް ކަލްޗާރ ޑިޝްއެއްގައި ބޮޑުކުރުމަށްފަހު އަނބިމީހަގެ ރަހިމަށް ލައެވެ. ހަމަ މިއާއެކު އައި.ވީ.އެފް މެދުވެރިކޮށް ފަރުވާ ކުރެވޭ 30 އިންސައްތަ އާއި 40 އިންސައްތަ ކޭސްތަކުގައި ބަލިވެއިނުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރަށް، އުމުރާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދެމަފިރިންނަށް ޖެހިފައިވާ ބަލިތައްފަދަ ތަފާތު ކަންކަމުން އަސަރުކުރެއެވެ.

އައި.ވީ.އެފް އަކީ އާންމު ގޮތެއްގައި އަހަރަކަށްވުރެ ގިނަ ދުވަހު ބަލިވެ އިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ މީހުންނަށް ދެވޭ ފަރުވާއެކެވެ. މީގެއިތުުރުން ފެލޯޕިއަން ޓިއުބް ބްލޮކް ވެފައިވާ ފަރަތްތަކަށާއި ސްޕާރމް ކައުންޓް އަދި ސްޕާރމް މޯޓިލިޓީދަށް ފަރަތްތަކަށާއި އެންޑޯމެޓްރިއޯސިސް ބަލި ހުންނައަންހެން ބޭފުޅުންވެސް އައި.ވީ.އެފް  މެދުވެރިކޮށް ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އައި.ވީ.އެފް މެދުވެރިކޮށް، ބަލިވެއިންނަ ދުވަސްތައް އިހްތިޔާރު ކުރުމުގެ ފުރުސަތުލިބިގެންދެއެވެ. މީގެ އިތުރުން ރަހިމަށް ފާރޓިލައިޒްޑް ބިސް ވާސިލް ކުރުމުގެ ކުރިން ޖެނެޓިކް ޓެސްޓްތައް ހެދުމަށް ފުރުސަތު ލިބި ޖެނެޓިކް ކޮށް ދަރިފުޅަށް ވާރުތަވާ ބަލިތައް ޖެހުމުގެ ފުރުސަތު ހަނިވެގެންދާނެއެވެ.

މީގެ އިތުރުން ކޮންމެ މެޑިކަލް ފަރުވާ އެކޭވެސް އެއްފަދައިން އައި.ވީ.އެފްގައިވެސް ރިސްކްތައް އެކުލެވިގެންވެއެވެ. ނަމަވެސް މިއީ ވަރަށް ކުޑަ ރިސްކްތަކެކެވެ. މީގެ ތެރޭގައި އެއްފަހަރާއި އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވެގެންދިއުން ހިމެނެއެވެ. މީގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ހަމަ މިއާއެކު އޯވެރިއަން ހައިޕަރ ސްޓިމިއުލޭޝަން އަށްވެސް އައި.ވީ.އެފް އިން ފުރުސަތު ހުޅުވިގެންދެއެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓިއްޖެނަމަ މިފަދަ ރިސްކުތައް ކުޑަވެގެންދެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް