Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ފުޓުބޯޅަ ޓީމު

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓީމުގެ ޕްރެލިމިނަރީ ސްކޮޑު އެކުލަވާލައިފި

ފަރިތަކުރުންތައް ފަށަނީ މި މަހުގެ 21 ގައި، 30 ކުޅުންތެރިންނާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2023 | ބުދަ 09:36
ރާއްޖެ އަދި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން

ރާއްޖެ އަދި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން

އަންނަ މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓުބޯޅަ ޓީމުން ޕްރެލިމިނަރީ ސްކޮޑެއް އެކުލަވާލައިފި އެވެ.

މި ކުޅުންތެރިންނާއެކު ޤައުމީ ސްކޮޑުގެ ފަރިތަކުރުންތައް ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ފަރިތަކުރުމަށް ފުރުސަތު ދޭނީ އޭގެ ތެރެއިން 30 ކުޅުންތެރިންނަށެވެ. ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު މާޒިޔާގެ ކުޅުންތެރިންނަކީ، ސަމޫހު އަލީ، އަޙުމަދު ނޫމާން، ޙުސެއިން ޝިފާއު، އިބްރާހިމް އައިސަމް، ހައިޝަން ޙަސަން، ޙަސަން ރާއިފް، ޙުސެއިން ނިހާން، ޙަސަން ޝިފާޒް، ޙަމްޒާ މުޙައްމަދު، ޙުސެއިން ޝަރީފް، ނާއިޒް ޙަސަން، މުޙައްމަދު އިރުފާން، އަލީ ފާސިރު، މުޙައްމަދު ފައިސަލް އަދި ޙަސަން ނަޒީމް އެވެ. ކުލަބު އީގަލްސް އިން ހިމެނުނު ކުޅުންތެރިންނަކީ، އިބްރާހީމް މަހުދީ، ނިޝާމް މުޙައްމަދު ރަޝީދު، އަޙުމަދު ޙަސަން، ހުމެއިދު ޙަސަން، އަޙުމަދު ރިޒުވާން އަދި މުޙައްމަދު ޝަފީއު އެވެ. ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން ހިމެނުނީ މުޙައްމަދު ޝަޚާއު، އަޙުމަދު އައިހަމް، މުޙައްމަދު ނިޒާމް، ވިޝާހު ޢަބްދުލް މަޖީދު އަދި އަޙުނަފް ރަޝީދު އެވެ.

ބުރު ސްޕޯޓްސް ކުލަބުން ހިމެނުނީ ހަތަރު ކުޅުންތެރިންނެވެ. އެއީ އިބްރާހީމް އުސާމާ، މުޙައްމަދު ނާއިމް، ޝައިޙާން އަލީ، މުޙައްމަދު ސާއިފް އަދި ފާރޫގް އިސްމާއީލް އެވެ. ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) ގެ ހަތަރު ކުޅުންތެރިންނަކީ އަޙުމަދު ބައްސާމް، އަލީ ނާޖިހު، ޝިފާން ޙަސަން އަދި ޝަނާން ރަޝީދު އެވެ. ކުލަބް ގްރީން ސްޓްރީޓްސް އިން ހިމެނުނު ދެ ކުޅުންތެރިންނަކީ، އަންސަރު އިބްރާހީމް އަދި މުޙައްމަދު ޖައިލަމް އެވެ. ކުލަބު ވެލެންސިއާ އިން ހިމެނުނީ އިބްރާހީމް ވަހީދު ޙަސަން އަދި ޢަބްދުﷲ ޔާމީން އެވެ. ޓީސީ ސްޕޯޓްސް ކުލަބުން ހިމެނުނީ އަޙުމަދު މާއިޝް ރަޝީދު އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެ އިން ހިމެނުނީ ގްރޫޕް ބީގަ އެވެ. ރާއްޖޭގެ އިތުރުން އެ ގްރޫޕް ގައި އޮތީ ލުބުނާނާއި ބަނގްލަދޭޝް އަދި ބޫޓާން އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު