Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހަޤީގަތުގައި ވެސް ޖަމީލުގެ ބޭނުމަކީ ޔާމީން މިނިވަން ކުރުންތަ؟

މިހާތަނަށް މާބޮޑު ކާމިޔާބީއެއް ނުލިބޭ

ރާއްޖެ އެމްވީ | 17 މެއި 2023 | ބުދަ 08:26
ޖަމީލް އާއި ޔާމީން

ޖަމީލް އާއި ޔާމީން

ރައީސް ޔާމީނަށް 2013 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުވުމުގެ އެންމެބޮޑު އެއްބައިވެރިއަކީ އެމަނިކުފާނުގެ ރަނިންގމޭޓް ޑރ މުހައްމަދު ޖަމީލް އަހުމަދެވެ. ވަރުބަލިކަމެއް ނެތި ގިނަ ރަށްރަށަށް ޖަމީލް ޒިޔާރަތްކުރެއްވިއެވެ. ކެމްޕެއިން ހަރަކާތްތަކުގައި ފެނުނީ ވަރަށް ހީވާގިކޮށެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި ކެނޑިޑޭޓަށްވުރެވެސް ބޮޑަށް ރަނިންގމޭޓް ޖަމީލުގެ ހަރަކާތްތެރިކަން ބޮޑެވެ.

އެކަމަކު ކަން ދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. އިންތިޚާބު ކާމިޔާބުވެ، ވެރިކަމުގެ މެދަށްވެސް ނުދަނީސް އެއްވެސް ކުށަކާ ނުލައި އެސަރުކާރުން ޖަމީލު ބޭރު ކުރެވުނެވެ. ވަރަށް އިހާނެތި ގޮތަކަށެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. ޖަމީލަށް ޖަވާބު ދެވޭނޭ ފުރުސަތެއްވެސް ނުލިބި ނިކަމެތިކަމާއެކު ބަދަލު ކޮށްލީއެވެ.

ނަތީޖާއެއްގެ ގޮތުން ޖަމީލު ގުޅުނީ އޭރުގެ އިދިކޮޅާއެވެ. ކުރިން އެތައް އެއްޗިއްސެއް އެބޭފުޅަކާ ދިމާލަށް ވިދާޅުވި ރައީސް ނަޝީދާއި އެމްޑީޕީގެ ފައިބުޑަށް ވެއްޓިވަޑައިގަތެވެ. "ވެރިކަން ލިބުނަސް ހަވާލު ނުކުރާނެ ކަމަށް" ވިދާޅުވި ނަޝީދާއެކު އިނގިރޭސި ވިލާތަށް އަރުވާލެވުނެވެ. ހައްޔަރުކޮށް ޖަލުގެ ކުޑަގޮޅިއަށް ލައިފާނެ ކަމުގެ ބިރަށްޓަކައި ޖާނު ސަލާމަތް ކުރުމަށެވެ.

އެ އުދާސްތަކާއި އެހިތްދަތިކަމުގައި "ރަތްމަހަކަށް ނުގޮވާހާ އެއްޗެހި" ރައީސް ޔާމީނަށް ޖަމީލް ވިދާޅުވަމުން ގެންދެވިއެވެ. ރައީސް ޔާމީން މިއަދު ތަންފީޒް ކުރައްވަމުންދާ ޖަލު ހުކުމާ ގުޅޭ ފައިސާގެ އެތައް ވާހަކައެއް އޭރު ދައްކަވައި ވަރަށް ބޮޑެތި ތުހުމަތުތައް ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުއްވަމުން ގެންދެވިއެވެ. އޭރުގެ އިދިކޮޅު އެމްޑީޕީން ނުދައްކާހާ ތަފާތު ގިނަ ވާހަކަތަކާއި ތުހުމަތުތައް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ޖަމީލް ގެންދެވީ އަޅުއްވަމުންނެވެ. އޭގެ ބައެއް ތަކެއްޗަކީ 2018 ވަނަ އިންތިޚާބުގައި ގިނަބަޔަކު ރައީސް ޔާމީނަށް ވޯޓުލާން ބޭނުން ނުވި އެއް ސަބަބެވެ. އެވާހަކަތަކުން ރައީސް ޔާމީނަށް ކުރާ ތާއީދު އެއްބަޔަކު ގެންދިޔައެވެ. އެމަނިކުފާނުގެ ސަރުކާރުގައި އުޅުއްވި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އެފަދަ ވާހަކަތަކެއް ދެއްކެވީމައެވެ. އެއީކީ ތޯތޯ ވާހަކަތަކެއް ނޫނެވެ. މިއަދުވެސް ޔޫޓިއުބްފަދަ ޗެނަލްތަކުގައި އެހުރީ ހާމައަށް އެ ވީޑިއޯތައް ފެންނާށެވެ.

ޖަމީލުވެސް ބައިވެރިވަޑައިގެންނެވި ކެމްޕެއިން މަސައްކަތްތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެރިކަން ލިބިވަޑައިގެންނެވިއެވެ. މިފަހަރު ޖެހުނީ ކޮން މައްސަލައެއްކަމެއް ނޭނގެއެވެ. ޖަމީލަކަށް މިސަރުކާރު ތެރޭގައިވެސް އުޅުއްވޭގޮތެއް ނުވިއެވެ. ނޫންނަމަ ހިތަކާ ނުވިއެވެ. އިސާހިތަކު އަނެއްކާވެސް އެގުޅިވަޑައިގެންނެވީ އިދިކޮޅާއެވެ. ސީދާ ޕީޕީއެމާއެވެ. ގޮސް ހިއްޕެވީ ރައީސް ޔާމީންގެ އަތްޕުޅުގައެވެ.

ޖަމީލްގެ އެނބުރި އައުމާއެކު، ރައީސް ޔާމީންގެ ހިނގަމުންދާ ޝަރީއަތްތަކުގައި ވަކާލާތުކުރާ ޤާނޫނީ ޓީމުގައި ޖަމީލް ހިމެނުނެވެ. އަދި އިސް ވަކީލަކަށް ވެވަޑައިގެންނެވިއެވެ. އެއްބަޔަކު އެކަމާ ނުހަނު ދެކޮޅެވެ. ޖަމީލާމެދު ކަންވީ ގޮތުން ޖަމީލުގެ ނިޔަތް ހެޔޮނުވާނެ ކަމަށްބުނެ ސީދާ ޕާޓީތެރެއިން ބަޔަކު ނުރުހުނެވެ. ނަމަވެސް ރައީސް ޔާމީން ކުރައްވާ ކަމަކަށްވީތީ އަޅާނުލައި އަނގަ ހިމޭނުން ލައިގެން ތިބީއެވެ. އެހެންވެސް ތިބެވޭނީ ވަކިވަރަކަށްތާއެވެ. މިހާތަނަކަށް އެމަނިކުފާނުގެ އެއްވެސް ކޭސްއެއްގައި ކުރިއެރުމެއް ނުލިބުނެވެ. "އަކުރެއްގެ" ފަރަގަކާއެކު ސުޕްރީމް ކޯޓުން އެއްފަހަރަކު ކުރި ހުކުމެއް ފިޔަވާ ލިބުނު ކާމިޔާބެއް ނެތެވެ. އަތްދަމާލީމާ އަތްޖެހޭ ހިސާބުގައި ރިޔާސީ އިންތިޚާބު އޮތްއިރު އެއިންތިޚާބުގައި ޔާމީނަށް ވާދަ ކުރެއްވިދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އެކަމާހުރެ ކެމްޕެއިން ފެށޭނޭ ހިތްވަރެއް ނުލިބެއެވެ. އާއްމު މެމްބަރުން މާޔޫސްވާން ފަށައިފިއެވެ. ޔާމީނަށް ވާދަ ނުކުރެއްވޭނަމަ ކުރިމަތިލާންތިބި މީހުންގެ ހަރަކާތްތައްވެސް ހިނގާން ފަށައިފިއެވެ. ހަމައެކަނި އޮތީ ޖަމީލް ދެއްވާ އުއްމީދެކެވެ. ވާކަމެއް ހަރާމުން ހަރާމެވެ.

މިކަންތައްގަނޑާހުރެ އާއްމު މެންބަރުންނާއި އިސްސަފުން އެވަނީ ޝަކުވާ ކުރާންފަށާފައެވެ. އެތެރޭންނާއި ބޭރުންނެވެ. ގުޅައިގެންނާ މަގުމަތިންނެވެ. މިޒާޖުގައިވެސް އަވަހަށް ކޯފާވުން ހުންނަ ޖަމީލަކަށްވެސް ކެތެއް ނުކުރެއްވުނެވެ. އެވާހަކަތައް އެގޮވާލީ ސީދާ ޕީޕީއެމްގެ ޖަލްސާގައެވެ. އެކަމުން އުނދަގޫފުޅުވެގެންނެވެ. ޖަމީލްގެ ބަހުންނަމަ "އަޕްސެޓް" ވެގެންނެވެ.

ކޮންމެއަކަސް ޖަމީލް މީގެ ކުރިން ރައީސް ޔާމީނާ ގުޅޭގޮތުން ވިދާޅުވި ވާހަކަތައް ދޮގުކޮށް އެކުރެއްވި ތުހުމަތުތަކުން ކޯޓުތަކުގައި ރައީސް ޔާމީން ބަރީއަ ކުރުމަށް ކުރައްވާ މަސައްކަތްތަކާމެދު ޕީޕީއެމްގެ މެންބަރުންނާއި އާއްމު ރައްޔިތުން ދެކޭނީ ޝައްކުގެ ނަޒަރަކުންނެވެ. ޖަމީލާމެދު ޔާމީން ކަންކުރެއްވި ގޮތުން ބަދަލު ހިފުމުގެ ރޫހު ނުހުންނާނެ ކަމަށް ގަބޫލު ކުރާނީ މަދު ބައެކެވެ. ރައީސް ޔާމީނަށް ހެޔޮއެދިގެން އެމަނިކުފާނު ސަލާމަތް ކުރަން ޖަމީލް ހިތްނިޔަތް ޚާލިޞް ކަމާއެކު މަސައްކަތް ކޮށްފާނެކަމަށް ދިވެހިންގެ ގިނަ ބަޔަކުވެސް ގަބޫލު ކުރާނެ ހެނެއް ހީއެއް ނުވެއެވެ. އެހެންކަމަށްވާނަމަ ޖަމީލް އެއުޅުއްވަނީ ރައީސް ޔާމީން ސަލާމަތް ކުރައްވަންކަމާމެދު ސުވާލެއް ނުއުފެދޭ ހެއްޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު