Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހެރީ ކާންގެ ކުރިމަގު

ކޭންގެ އެޖެންޓް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ކަމްޕޯސްއާ ބައްދަލުކޮށްފި

ހިލޭ ޓްރާންސްފާއެއްގައި ކޭން ޓީމު ދޫކޮށްލުމުގެ ކުރިން، ޓޮޓެންހަމުން ރަނގަޅު އަގެއްގައި އޭނާ ވިއްކާލުމަކީ ވެސް އެކަށީގެންވާ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2023 | ބުދަ 03:07
ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ހެރީ ކޭން

ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ހެރީ ކޭން

ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ އެޖެންޓް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސްއާ ބައްދަލުކޮށްފި އެވެ.

މިކަން ރިޕޯޓުކޮށްފައި ވަނީ ފްރާންސްގެ މީޑިއާއެއްގަ އެވެ. އެ މީޑިއާގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީން އައު ކުޅުންތެރިން ހޯދުމަށް ބޭނުންވާއިރު، ކޭން އަކީ އެ ލިސްޓުގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެހެންކަމުން ކޭންގެ އެޖެންޓާއެކު ކަމްޕޯސް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ ޕީއެސްޖީން އޭނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ އިތުރު މަޝްވަރާ ކުރުންތައް ވެސް ކުރިއަށް ދާނެ ކަމަަށް ބުނެފައިވެ އެވެ.

އުމުރުން 29 އަހަރުގެ ފޯވާޑު ޓޮޓެންހަމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއްގައި ކޭން ޓީމު ދޫކޮށްލުމުގެ ކުރިން، ޓޮޓެންހަމުން ރަނގަޅު އަގެއްގައި އޭނާ ވިއްކާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭގެ ކުރިން ޓޮޓެންހަމުން ކޭންއާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އިނގިރޭސި މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ކޭން އަކީ ޓޮޓެންހަމުން ދޫކޮށްލަން އެއްވެސް ވަރަަކަށް ބޭނުންވާ ކުޅުންތެރިޔެއް ނޫނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުން ވެސް ކޭން ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ޓޮޓެންހަމުން 2009 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ކޭން ވަނީ މިހާތަނަށް އެ ޓީމަށް 433 މެޗު ކުޅެދީ 277 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ އެ ކުލަބަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން އޭނާ އަކީ ޕްރިމިއާ ލީގުގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޕްރިމިއާ ލީގުގައި ކޭން ވަނީ 210 ލަނޑު ޖަހައިފަ އެވެ. ޓޮޓެންހަމަށް ބަދަލުވި ފަހުން ކޭން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ހަތަރު ކުލަބަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ލޭޓަން އޮރިއެންޓް، މިލްވޯލް، ނޯވިޗް ސިޓީ އަދި ލެއިސްޓަ ސިޓީ ހިމެނެ އެވެ. ޓޮޓެންހަމާއެކު ކޭން އަށް މިހާތަނަށް އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ދެ ފަހަރު ކުޅެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

13 ޖޫން 2017
އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް

އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް

31 މެއި 2017
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

02 މެއި 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު