Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރޭން ހަނގުރާމަ

ރަޝިއާއިން ކީވްއަށް އަނެއްކާވެސް މިސައިލް ޙަމަލާތަކެއް

16 މެއި 2023 | އަންގާރަ 09:51

ރަޝިއާއިން ވަނީ އެ ޤައުމަށް އަމާޒުކޮށް 18 މިސައިލް ޙަމަލާ ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މެއި 2023 | އަންގާރަ 09:51
އެ ޤައުމުން ވަނީ އެއަރ ޑިފެންސް ސިސްޓަމްތައް ވަގުތުން އެކްޓިވޭޓްކޮށް ޙަމަލާއިން ދިފާއުވުމަށް ތައްޔާރުވެފައި

އެ ޤައުމުން ވަނީ އެއަރ ޑިފެންސް ސިސްޓަމްތައް ވަގުތުން އެކްޓިވޭޓްކޮށް ޙަމަލާއިން ދިފާއުވުމަށް ތައްޔާރުވެފައި

ރަޝިއާއިން އަނެއްކާވެސް ޔޫކްރޭންގެ ވެރިރަށް ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ޔޫކްރޭނުގެ މީޑިއާތަކާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިއާއިން ވަނީ އެ ޤައުމަށް އަމާޒުކޮށް 18 މިސައިލް ޙަމަލާ ދީފައެވެ. މިސައިލް ޙަމަލާތައް ހުއްޓުވުމަށް ޔޫކްރޭނުންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މި ޙަމަލާތަކުގެ ސަބަބުން ބައެއް މީހުންނަށް އެކިކަހަލަ އަނިޔާތައްވެސް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޅި ކީވްއަށް ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، އެ ޤައުމުން ވަނީ އެއަރ ޑިފެންސް ސިސްޓަމްތައް ވަގުތުން އެކްޓިވޭޓްކޮށް ޙަމަލާއިން ދިފާއުވުމަށް ތައްޔާރުވެފައެވެ.

މިއީ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެއްފަހަރާ އެހާ ގިނަ މިސައިލް ޙަމަލާތައް އަމާޒުކުރި ފަހަރުކަމށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިސައިލް ޙަމަލާތައް ހުއްޓުވުނު ނަމަވެސް، އާންމުން ގޭގެ ކުޑަދޮރުތަކާއި ހާމަ ތަންތަނުން ދުރުވެ ތިބުމަށް އެ ޤައުމުގެ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ސަބަބަކީ ހަލާކުކޮށްލާފައިވާ މިސައިލްތަކުގެ ބައިތައް މީހުން ދިރިއުޅޭ ތަންތަނަށް ވެއްޓުމުގެ ފުރުސަތު އޮތުމުންނެވެ.

މި ޙަމަލާތައް ދީފައި މިވަނީ ރަޝިއާގެ ބާރު ހިންގަމުންދާ ކްރައިމިއާއަށް ޔޫކްރެއިން އަސްކަރިއްޔާގެ ގިނަ ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާކަމަށް ރަޝިއާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ 10އަށް ވުރެ ގިނަ ޑްރޯން ހަމަލާ ކްރައިމިއާއަށް އަމާޒުކޮށްފައެވެ.

ކްރައިމިއާގެ އެކި ސަރަހައްދުތަކަށް މިހަމަލާތައް އަމާޒުވެގެންގޮސްފައިވާއިރު، ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ސެވަސްޓޮޕޮލް ބަނދަރުވެސް ހިމެނެއެވެ. ރަޝިއާ އަސްކަރިއްޔާއިން ބުނާގޮތުން މިބަނދަރަށް އަމާޒުވި ޑްރޯން ހަމަލާތައް ރަޝިއާ އަސްކަރިއްޔާގެ ވައިގެ ޑިފެންސް ސިސްޓަމްތައް ވަނީ ހުއްޓުވާފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި

06 މާރިޗު 2017
އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް