Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއެމްއީ ހަބް

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2023 | އަންގާރަ 02:55

އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާގައި ކިއޮސްކް ހިންގާ އެއްވެސް ފަރާތަކަށް ދެވަނަ ފަންގިފިލާއިން ކިއޮސްކަކަށް އެދި ހުށަނޭޅޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 މެއި 2023 | އަންގާރަ 02:55
އެސްއެމްއީ ހަބް

އެސްއެމްއީ ހަބް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އެސްޓީއޯ އެލައިޑް ބިލްޑިންގގައި ހިންގަމުން އަންނަ އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބީސީސީއިން ހިންގަމުން އަންނަ އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ޖުމްލަ 10 ކިއޮސްކެއް ހުންނާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މީގެ ތެރެއިން ތިން ކިއޮސްކް ހާއްސަކުރަނީ އަންނައުނު ވިއްކާ ވިޔަފާރިތަކަށެވެ. އަދި ބާކީހުރި ހަތް ކިއޮސްކް ހާއްސަކޮށްފައިވަނީ އަރޓް އެންޑް ކްރާފްޓް އަދި އެކްސަސަރީޒްގެ ގޮތުގައި ގިންތިކުރެވޭ މުދާ ވިއްކުމަށެވެ.

Advertisement - newsAdvertisement

ބީސީސީން ބުނިގޮތުގައި މި ކިއޮސްކްތަކުގައި ވިއްކޭނީ ދިވެހި އަމިއްލަ އުފެއްދުންތަކެވެ. އެގޮތުން ދިވެހި އުފެއްދުމެއްގެ ގޮތުގައި ބަލައިގަންނާނީ އެ މުއްދަލެއް އުފެއްދުމަށް ކުރާ ޚަރަދުގެ 30 އިންސައްތައަކީ ސީދާ ރާއްޖޭގައި ކުރެވިފައިވާ ޚަރަދެއްކަމުގައި ވާނަމަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކިއޮސްކްތަކަށް އެދި ހުށަހެޅޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި ކުރިމަތިލާ ވިޔަފާރިތައް ވާން ޖެހޭނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ގިންތިކުރާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުދި ނުވަތަ ކުދި ގިންތީގެ ވިޔަފާރިއަކަށެވެ.

ބީސީސީން ބުނެފައިވާ ގޮތުގައި މިހާރު އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާގައި ކިއޮސްކް ހިންގާ އެއްވެސް ފަރާތަކަށް ދެވަނަ ފަންގިފިލާއިން ކިއޮސްކަކަށް އެދި ހުށަނޭޅޭނެއެވެ.

މި ކިއޮސްކުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުހަމަވާނަމަ އެ ފަރާތްތައް ދަފްތަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކިއޮސްތަކަށް އެދި އެއް ފަރާތައްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ކިއޮސްކް ދޫކުރާނީ ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށް ބީސީސީން ބުންޏެވެ. ކިއޮސްކަށް އެދި ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 22 މެއި 2023 ވާ ހޯމަދުވަހެވެ.  

މި ކިއޮސްކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީހަބުގެ 2ވަނަ ފަންގިފިލާ ބަލާލުމުގެ ފުރުސަތު މިމަހުގެ 16، 17، އަދި 18 ވަނަ ދުވަހު މެންދުރު 1:00 އިން ހަވީރު 5:00 އަށް ވަނީ ހުޅުވާލައިފައެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާ އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބީސީސީއިން "އެސްއެމްއީ ހަބް"ގެ ނަމުގައި ޗާނދަނީ މަގު އެލައިޑް ބިލްޑިންގގައި ކޮމަރޝަލް ހަބެއް ތަރައްޤީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެސްއެމްއީ ހަބުގެ ދެ ވަނަ ފަންގިފިލާ އެއްކޮށް ނިމިގެންދާއިރު މިނީ ސިނަމާއަކާއި، ސެލޫނާއި، ކުރެހުންތެރިންނަށް ހާއްސަ އަރޓް ގެލަރީއެއްގެ އިތުރުން ގޭމިން އޭރިއާއަކާއި ސްޓެމް އެޑިއުކޭޝަނަށް ހާއްސަ ސަރަހައްދެއް ހުންނާނެކަމަށް ވެސް ބީސީސީން ބުންޏެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް