Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

24 މެއި 2025 | ހޮނިހިރު 12:21

އަތްތެރި މަސައްކަތުގެ ބައިން 1 ވަނަ ދީފައިވަނީ ލ.ފޮނަދޫ ޖަމިއްޔާއަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2025 | ހޮނިހިރު 12:21
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު, ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ބައެއް ތަކެތި ބައްލަވާލައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު, ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ބައެއް ތަކެތި ބައްލަވާލައްވަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.

ރާއްޖެއެމްވީއަށް އެ މައުރަޒުގައި ބައިވެރިވި ބައެއް މީހުން ބުނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތައް ހޮވާފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، ވަނަތައް ވިއްކާފައިވާ ކަމަށެވެ. ކެއުމުގެ ތަފާތު ގިނަ ވަައްތަރުތައް ހުރިއިރު، އެ އުފެއްދުންތަކުން ވެސް ވަނީ ވަނަތައް ހޮވާފައެވެ.

Advertisement - newsAdvertisement

އެ މައުރަޒުގައި ބައިވެރިވެ، އައިސްކްރިމް ހަދައި ވިއްކާ ޒުވާނެއް ބުނީ މައުރަޒުގައި ބައިވެރިވި ގިނަ މީހުންނާ މެދު އަމަލުކުރަމުންދަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި، ރަނގަޅު މައުލޫމާތު ވެސް ހިއްސާ ނުކުރާ ކަމަށެވެ. އަދި ވަނަތައް ދީފައިވާއިރު، އޭނާ ހަދާފައިވާ އައިސްކްރީމްއިން ރަހަބަލާފައިނުވާ ކަމަށާއި، ރަހަ ނުބަލައި ވަނަ ދޭނެ ގޮތް ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ތުޅާދޫ ޒުވާނެއް ބުނީ، އަތްތެރި މަސައްކަތުގެ ބައިން ވެސް ވަނަ ދީފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، ވަނަ ހޮވުމުގައި ބަލާފައިވާ ގޮތް ނޭނގޭ ކަމަށެވެ. 1 ވަނަ ދީފައިވަނީ ލ.ފޮނަދޫ ޖަމިއްޔާއަކަށް ކަމަށާއި، އެއީ ތުޅާދޫ މީހެއް ލައްވާ ފައިސާ ދީގެން ހަދާފައިވާ ލިޔެލާ ޖެހި ދެ ފޫޓުގެ ވާސްއެއް ކަމަށް އެޒުވާނާ ބުނެފައިވެއެވެ. އަދި ތުޅާދޫއިން ލިޔެލާޖެހި 5 ފޫޓުގެ ވާސްއެއްގެ އިތުރުން، 5 ފޫޓާއި 4 އިންޗީގެ ވާސްއެއް ހުށަހެޅި ކަމަށާއި، ދެވަނަ 5 ފޫޓާއި 4 އިންޗީގެ ވާސްއަށް ލިބުނު ކަމަށް އެމީހާ ބުންޏެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށްވާއިރު، އެއީ އަމިއްލަ އުފެއްދުންތޯ ބަލާފައިވަނީ ކިހައި މިންވަރަކަށްތޯ އެމީހުން ސުވާލު އުފައްދާފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހަވާލުކޮށްދެއްވާފައެވެ.

ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ.

އެގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މައުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މައުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި މައުރަޒު އާންމުންނަށް ހުޅުވާލާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ.

މި މައުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2019

ރިވެލި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

14 ނޮވެމްބަރު 2019
ރިވެލި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
13 ނޮވެމްބަރު 2019

ގައުމީ އުފެއްދުންތެރިކަމުގެ އިންސައްތަ އަށްވުރެ ދަރަނީގެ އިންސައްތަ ދަށްވާން ޖޭހޭ: އަމީރު

13 ނޮވެމްބަރު 2019
ގައުމީ އުފެއްދުންތެރިކަމުގެ އިންސައްތަ އަށްވުރެ ދަރަނީގެ އިންސައްތަ ދަށްވާން ޖޭހޭ: އަމީރު
17 ޖުލައި 2019

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

17 ޖުލައި 2019
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖޫން 2019

"ހުރިވަރު" މައުރަޒު ހުޅުވައިފި

28 ޖޫން 2019
"ހުރިވަރު" މައުރަޒު ހުޅުވައިފި
27 އެޕްރީލު 2019

މޮންގޯލިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ގައުމީ މައުރަޒު މަސީގެ ރައީސް އިފްތިތާހު ކޮށްދެއްވައިފި

27 އެޕްރީލު 2019
މޮންގޯލިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ގައުމީ މައުރަޒު މަސީގެ ރައީސް އިފްތިތާހު ކޮށްދެއްވައިފި
18 އެޕްރީލު 2019

ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވައިފި

18 އެޕްރީލު 2019
ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވައިފި
13 އެޕްރީލު 2019

ކުރެހުންތެރިޔާ ޒުލައިހާ އަލީގެ ''އަ ވަލްނިރަބަލް ބިއުޓީ: މޯލްޑިވްސް'' މައުރަޒު ހުޅުވައިފި

13 އެޕްރީލު 2019
ކުރެހުންތެރިޔާ ޒުލައިހާ އަލީގެ ''އަ ވަލްނިރަބަލް ބިއުޓީ: މޯލްޑިވްސް'' މައުރަޒު ހުޅުވައިފި
26 ފެބުރުއަރީ 2019

2017 ވަނަ އަހަރު ވަނަތައް ހާސިލްކޮށްފައިވާ ކައުންސިލްތައް އިއުލާންކޮށްފި

26 ފެބުރުއަރީ 2019
2017 ވަނަ އަހަރު ވަނަތައް ހާސިލްކޮށްފައިވާ ކައުންސިލްތައް އިއުލާންކޮށްފި
05 ނޮވެމްބަރު 2017

ސިފައިންގެ 20 ވަނަ ފޮޓޯ މައުރަޒު ހުޅުމީދޫގައި ހުޅުވައިފި

05 ނޮވެމްބަރު 2017
ސިފައިންގެ 20 ވަނަ ފޮޓޯ މައުރަޒު ހުޅުމީދޫގައި ހުޅުވައިފި
01 ނޮވެމްބަރު 2017

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް އިން ބާއްވާ ފޮޓޯ މައުރަޒު އައްޑޫ ސިޓީގައި

01 ނޮވެމްބަރު 2017
ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް އިން ބާއްވާ ފޮޓޯ މައުރަޒު އައްޑޫ ސިޓީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް