Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްއެމްއީ ހަބްގެ މަސައްކަތް

އެސްއެމްއީ ހަބް ބަންދުކުރާކަމުގެ އަޑުތަކެއް! - ސަރުކާރުން އެކަން ދޮގުކުރޭ

އެސްއެމްއީ ހަބަކީ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް އެކްސެސް ހޯދައިދިނުންމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ޤާއިމްކޮށްފައިވާ ހަބެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ޖުލައި 2024 | އާދީއްތަ 15:02
އެސްއެމްއީ ހަބް

އެސްއެމްއީ ހަބް

ނިމިދިޔަ ސަރުކާރުން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން "އެސްއެމްއީ ހަބް"ގެ ނަމުގައި ޤާއިމްކޮށްފައިވާ ހަބް އުވާލަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ބީސީސީން ދޮގުކޮށްފިއެވެ.

މީސްމީޑިއާގައި އަޑު ފެތުރިފައިވާ ގޮތުން ނިމިދިޔަ ސަރުކާރުން އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިސްނެގުމާއި އެކު އެކުލަވާލި އެސްއެމްއީ ހަބް އުވާލުމަށް މި ސަރުކާރުން ދަނީ މަޝްވަރާކުރަމުންނެވެ. އަދި އެކަން ކުރަން ނިންމާފައި ވަނީ މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި ބީސީސީގެ ޓީމަށް އެތަން މެނޭޖް ނުކުރެވުމުން ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ކުދި ވިޔަފާރިތަކަށް އަސަރުކުރާނެ ކަަމަށް އެކަމާއި ގުޅިގެން ފާޑުކިޔާ އާއްމުން އައީ ބުނަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ވިދާޅުވީ ބީސީސީ ވެސް އަދި އެސްއެމްއީ ހަބްވެސް ބަންދުކުރުމާއި މެދު އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި ކުދި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް އެއްވެސް އަމަލެއް ދަރުކާރުން ހިންގާފައި ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. “އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ގާއިމް ކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ބޭންކް ޤާއިމްކުރަނީ އެސްއެމްއީ ހަބްގައި ކުރިން ސިޓީ ބޭކަރީ ހުރި ބައި ނުވަތަ ގްރައުންޑް ފްލޯގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާއު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެސްއެމްއީ ހަބްގެ ގްރައުންޑް އަދި ދެ ވަނަ ފްލޯ އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ސިޓީ ބޭކަރީ މީގެ ކުރިން ހުރީ ގްރައުންޑް ފްލޯގައި ކަމަށް ވާއިރު އެތަނުގައި ކެފޭ ހެދުމަށް ވެފައިވާ އެއްބަސްވުން މިހާރު ހަމަވެފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ. ސިޓީ ބޭކަރީ އަކީ މެދުފަންތީގެ ވިޔަފާރިއަކަށް ވުމާއި އެކު އެސްއެމްއީ ހަބްގެ މަތީގައި ހުންނަ ކުދި ވިޔަފާރިތަކަށް އެކަން ގޮންޖެހުމަކަށްވާ ކަމުގެ ޝަކުވާ ލިބެމުން އައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ބަދަލު ގެނައުމުގައި ސަރުކާރުގެ ވިސްނުމަކީ ކުދި ވިޔަފާރިތަކަށް އިތުރަށް އެކްސްޕޯޒަރ ހޯދާދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބީސީސީން އައީ އެސްއެމްއީ ހަބް ހިންގާ އިމާރާތުގެ ތިން ވަނަ ފްލޯވެސް ހަދަމުންނެވެ. އެގޮތުން އެ ތަނުގައި 25 މީހުންނަށް ހާއްސަ ސިނަމާ އަކާއި ސެލޫން ފަދަ ތަންތަނަށް ވިޔަފާރިއަށް ކުއްޔަށް ދޫކުރަން އޮތީ ނިންމާފައެވެ. އިތުރަށް އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެސްއެމްއީ ހަބް ކްރިއޭޓަރ ހަބް އަށް ބަދަލުކުރާނެ ކަަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު ކްރިއޭޓަރ ހަބްގެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ކުލި ދައްކަން ނުޖެހި ބީސީސީ ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާއު މިހެން ވިދާޅުވެފައިވާ އިރު އެސްއެމްއީ ހަބްގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިސް މަޤާމެއްގައި ހުރި މީހަކު ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނެފައެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭނާ ބުނީ މިހާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު ޤަބޫލުކުރައްވާ ގޮތުގައި އެސްއެމްއީ ހަބް އަކީ ދެކޮޅު ޖެހޭ މޮޑެލް އެއް ނޫން ކަަމަށެވެ. އެސްއެމްއީ ހަބް ހިންގާ އިމާރާތަށް ސަރުކާރުން މަހަކު ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ ހޭދަކުރާ އިރު ވިޔަފާރިތަކުން ދައްކަން ޖެހެނީ ކުޑަ އަގެއް ކަމަށާއި އޭގެ ސަބަބުން ތަން ހިންގުމަށް ގޮންޖެހުމަކަށް ވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ހިންގުމުގެ ޚަރަދުކުޑަކުރުމަށް ބީސީސީ އަށް އެ ނޫން ބަދަލުތައް ވެސް ގެންނަން ނިންމާފައިވާކަމަށާއި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ވެސް ކުރުން އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުގެ ރަސްމީ އިދާރާއަކުން އެފަދަ ވާހަކަ އެއް މިހާތަނަށް އައި އިރު ހާމަ އެއް ނުކުރެއެވެ.

އެސްއެމްއީ ހަބްގައި މިވަގުތު 19 ކުދި ވިޔަފާރި ހަރަކާތްތެރިވެއެވެ. އެސްއެމްއީ ހަބުގައި ތަފާތު ދިވެހި އުފެއްދުންތަކާއި އެކި ކަހަލަ ކާބޯތަކެތި ވިއްކުމަށް ޚާއްޞަ 30 ކިއޮސްކު ބަހައްޓާފައި ހުއްޓެވެ. އަދި މިއީ ދެކޮޅު ޖެހޭ މޮޑެލް އެއް ނޫން ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވެފައި ވާއިރު ނިމިދިޔަ ރަމަޟާން މަހު ކިއޮސްކުތަކުގެ ކުލި 50 އިންސައްތަ އަށް ކުޑަ ކުރިއެވެ. އޭރު އެކަމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށް އެއްވެސް ވަރަކަށް ސަރުކާރުން ބުނެފަ އެއް ނުވެއެވެ. އެހެންކަމުން އޭރު އެކަން ކުރީ މަޖިލިސް އިންތިޚާބާއި ދިމާކޮށް ކުދި ވިޔަފާރިތަކުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

އެސްއެމްއީ ހަބަކީ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް އެކްސެސް ހޯދައިދީ، ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެދިނުންމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ޤާއިމްކޮށްފައިވާ ހަބެކެވެ.

އެސްއެމްއީ ހަބް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
މި ސަރުކާރުން އެސްއެމްއީ ހަބަށް އަތް ބާނައި އެ އާއިލާތަކަށް ލިބެމުންދިޔަ މަންފާ ވަނީ ހުއްޓުވާފައި: އިހުސާން

މި ސަރުކާރުން އެސްއެމްއީ ހަބަށް އަތް ބާނައި އެ އާއިލާތަކަށް ލިބެމުންދިޔަ މަންފާ ވަނީ ހުއްޓުވާފައި: އިހުސާން

20 ސެޕްޓެމްބަރު 2024
އެސްއެމްއީ ހަބުގެ 2ވަނަ ފަންގިފިލާއިން އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި

އެސްއެމްއީ ހަބުގެ 2ވަނަ ފަންގިފިލާއިން އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި

23 ޖޫން 2023
އެސްއެމްއީ ހަބް: ކުދި ވިޔަފާރިތަކަށާއި ފަންނާނުންނަށް އަދި ލިޔުންތެރިންނަށް ފުރުސަތުގެ ހަބެއް

އެސްއެމްއީ ހަބް: ކުދި ވިޔަފާރިތަކަށާއި ފަންނާނުންނަށް އަދި ލިޔުންތެރިންނަށް ފުރުސަތުގެ ހަބެއް

11 ޖެނުއަރީ 2023
އެސްއެމްއީ ހަބް: ކުދި އަދި މެދު ފަންތީގެ ތަފާތު ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް

އެސްއެމްއީ ހަބް: ކުދި އަދި މެދު ފަންތީގެ ތަފާތު ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް

10 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު