Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ކޮމިޓީތައް

މަޖިލީހުގެ ކޮމިޓީތަކަށް އެމްޑީޕީގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބޮޑެތި ބަދަލުތަކެއް

މަޖިލީހުގައި ކޮމިޓީތަކަށް ގިނަ ބަދަލުތަކެއް ގެނެސްދެއްވުމަށް ޕީޖީ ލީޑަރު ވަނީ އެދިވަޑައިގެންފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މެއި 2023 | ހޯމަ 14:43
މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް

މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް އެމްޑީޕީގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެންނަން، އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި މެއި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

އެ ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނެސްދެއްވުމަށެވެ. އެގޮތުން ޖުމުލަ 13 ބަދަލެއް ވަނީ ހުށަހަޅުއްވާފައެވެ.

އޭގެތެރޭގައި ހިމެނެނީ؛ ޖުޑީޝަރީ ކޮމިޓީގައި، އިމްތިޔާޒް ފަހުމީގެ ބަދަލުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހިމެނުއްވުމަށާއި، ޕެޓިޝަން ކޮމިޓީގައި، ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ބަދަލުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހިމަނައިދެއްވުމަށް އެދިފައެވެ.

މީގެ އިތުރުން ސްޓޭޓް އޯންޑް އެންޓަރޕްރައިސިސް ކޮމިޓީގައި, ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ބަދަލުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހިމަނައިދެއްވުމަށާއި، އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ ބަދަލުގައި އެ ކޮމިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިމެނުއްވުމަށެވެ.

ހަމައެހެންމެ އާއްމު ކޮމިޓީގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި އެ ކޮމިޓީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހިމެނުއްވުމަށާއި، އާއްމު ކޮމިޓީގައި، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންގެ ބަދަލުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހިމެނުއްވުމަށާއި، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ބަދަލުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހިމަނައިދެއްވުމަށް ހުށަހަޅުއްވާފައިވެއެވެ.

އިތުރަށް ހުށަހަޅުއްވާފައިވާ ބަދަލުތަކުގެ ތެރޭގައި؛ އިޖުތިމާއީ ކޮމިޓީގައި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ބަދަލުގައި ކޮމިޓީގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމަނައިދެއްވުމަށާއި، ޖުޑީޝަރީ ކޮމިޓީގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހިމެނުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި ފުވަައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ބަދަލުގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲގެ ނަން ހުށަހެޅުއްވުމުގެ އިތުރުން، ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމިޓީގައި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ބަދަލުގައި މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނުމަށް ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު