Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ރިފްއަތު ވަކިކުރަން އާޒިމް ސޮއިކުރެއްވި މައްސަލާގައި އަސްލަމްގެ ސިޓީފުޅެއްް ފައްޔާޒަށް

އިދިކޮޅު ފަރާތްތަކުން، 11 މެއި 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މެއި 2023 | ހޯމަ 12:19
އިބްރާހީމް ރިފްއަތު

އިބްރާހީމް ރިފްއަތު

ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ، އެކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލުގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

މިކަން އެމްޑީޕީގެ ސަމާލުކަމަށް ގެންނަވާފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލަށް އެޑްރެސްކުރައްވައި، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީފުޅެއްގައެވެ.

Advertisement - newsAdvertisement

އެ ސިޓީފުޅުގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ބަންޑާރަނައިބު އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް، އިދިކޮޅު ފަރާތްތަކުން، 11 މެއި 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ހުށަހެޅިނަމަވެސް، އެ މައްސަލާގައި ސޮއިކުރައްވާފައިވާ މެންބަރުންގެތެރޭގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް އެ ސިޓީފުޅުގައިވެއެވެ.

އެހެންކަމުން އެމްޑީޕީގެ ވެރިކަމެއްގައި، ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ހުށަހަޅާ މައްސަލައެއްގައި އެ ޕާޓީގެ މެންބަރުން ބައިވެރިވުމަކީ ޕާޓީގެ މަސްލަހަތަށް ބުރޫއަރާފަދަ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް އަސްލަމްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެ އަމަލަކީ ޕާލިމަންޓަރީ ގްރޫޕުގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާއާއި، ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފު އަމަލެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ މައްސަލަ ފައްޔާޒްގެ ސަމާލުކަމަށް އެ ސިޓީފުޅުގައި ވަނީ ގެންނަވާފައެވެ.

އެ ސިޓީފުޅު ފައްޔާޒަށް ފޮނުއްވާފައިވަނީ 14 މޭއި 2023ގައެވެ.

އެ މައްސަލަ ބަލައިގަނެ، ކުރިއަށް ގެންދާނެކަމަށް މަޖިލީހުން ވަނީ ހޯމަ ދުވަހު ބުނެފައެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހަޅާކަން ހާމަކުރީ އިދިކޮޅު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނިމިދިޔަ ހަފުތާގައެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުންވެސް އެކަމުގައި ހަރަކާތްތެރިވާކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އޭނާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ، ޗާގޯސްގެ އިމުގެ މައްސަލާގައި ރާއްޖެއިން އަމަލުކުރި ގޮތާމެދު ސުވާލު އުފެއްދުމަށް ފަހުގައެވެ.

ބަންޑާރަނައިބު އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ. ރާއްޖެއާ ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެންކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު