Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފިން އެސޯސިއޭޝަން

ތުލުސްދޫގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗުކޮށްފި

މި މުބާރާތް ތުލުސްދޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުން، 17 ވަނަ ދުވަހަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މެއި 2023 | އަންގާރަ 02:46
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 ލޯންޗު ކުރުމުގެ ތެރެއިން

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 ލޯންޗު ކުރުމުގެ ތެރެއިން

ކ.ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

ހެންވޭރު ބޯޅަ ގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޚްލޫފް އެވެ. އެ ރަސްމިއްޔާތުގައި ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ)، ޤާއުމީ ސާފިން ޓީމުގެ ކޯޗު ކްލައިޑް މާޓިންގެ އިތުރުން ޤައުމީ ޓީމުގެ ދެ އެތުލީޓުން ކަމަށްވާ، ހުސެއިން އަރީފް (އިބޫ) އަދި އަހުމަދު އާގިލް (އަންމަޑޭ) ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތް ތުލުސްދޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުން، 17 ވަނަ ދުވަހަށެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށް ވުރެ ގިނަ އެތުލީޓުން / އޮފިޝަލުން ބައިވެރިވާނެ ކަމަށް ސާފިން އެސޯސިއޭޝަނުން އަންދާޒާކުރެ އެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފަައި ވަނީ ތިން ކެޓަގަރީ އަކަށެވެ. އެއީ ޝޯޓް ބޯޑު މެންސް އަދި ޝޯޓް ބޯޑު ޖޫނިއާ އަދި އަންހެން ކެޓަގަރީ އެވެ. ތުލުސްދޫގައި މުބާރާތް ކުރިއަށް ގެންދިޔުމަށްޓަކައި ތުލުސްދޫ ސާފިން އެސޯސިއޭޝަނާއި، އެ ރަށު ކައުންސިލުން ދެއްވާ އެހީތެރިކަމާ އެއްބާރުލުން ސާފިން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މުބާރާތް ލޯންޗު ކުރުމަށްފަހު ވާހަކަ ދައްކަމުން ސާފިން އެސޯސިއޭޝަންގެ ރައީސް ޗޭ ވިދާޅުވީ، މީގެ ކުރިން މާލެ އަށް ޚާއްސަކުރެވިފައި އޮތް ސާފިން އަޮޅު ތެރޭގެ ރަށްތަކަށް ގެންދިޔުމަށް އެ އެސޯސިއޭޝަނުން ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އޭނާ ވިދާޅުވީ މުބާރާތް ތުލުސްދޫގައި ބޭއްވުމަށް ނިންމީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ބައިނަލްއަޤުވާމީ އެތުލީޓުން ރާއްޖެ އައުމަށްފަހު އެ ހިސާބަށް ދިޔުމަށްޓަކައި ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށާއި، އެ ޚަރަދު ބޮޑުވުމަކީ އެތުލީޓުން ބައިވެރިވާ މިންވަރު މަދުވާނެ ސަބަބެއް ކަމަށެވެ. ހަމައެއާއެކު މުބާރާތުގައި ގިނަ ބަޔަކު ބައިވެރިވާއިރު، ބައިވެރިވާ އެންމެނަށް ބޭނުންވާ އެކޮމަޑޭޝަންގެ ކަންކަން ހަމަޖެއްސޭނެ ސަރަހައްދެއް ވެސް ބަލާފައިވާނެ ކަމަށް ޗޭ ފާހަގަ ކުރި އެވެ. މީގެ އިތުރުން ވޭވް ކޮންޑިޝަނާ އެހެނިހެން ކަންކަމަށް ބަލާއިރު ވެސް، އެ ސަރަހައްދާ މެދު އިތުރު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް ޗޭ ވިދާޅުވި އެވެ.

މި މުބާރާތުގައި މެޑަލް ހޯދުމަށް އަމާޒު ހިފައިގެން ޤައުމީ ޓީމުން ފަރިތަކުރުންތައް ފެށީ މިއަހަރުގެ ފެބްރުވަރީ މަހު އެވެ. ރާއްޖެ އިން އަންނަނީ އޭޝިއަން މުބާރާތުގެ އިތުރުން، ބައިނަލްއަޤުވާމީ އެހެނިހެން މުބާރާތްތަކުން ވެސް މެޑަލް ހޯދުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންނެވެ. އޭޝިއަން މުބާރާތުގެ އިތުރުން ރާއްޖެއިން މިއަަހަރު ބައިނަލްއަޤުވާމީ ދެ މުބާރާތެއްގައި ވާދަކުރާނެ އެވެ. އެއީ ވޯލްޑް ސާފިން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. އޭޝިއަން ސާފިން މުބާރާތުގައި ރާއްޖޭގެ 14 އެތުލީޓަކު ބައިވެރިވާނެ އެވެ. އެއީ މެންސް އޯޕަންގައި ވާދަކުރާ އަށް އެތުލީޓުންނާއި، ޖޫނިއާ ކެޓަގަރީގައި ވާދަކުރާ ހަ އެތުލީޓުންނެވެ. މީގެ އިތުރުން ހޯމް ބްރޭކް ވައިލްކާޑު ސްލޮޓު ދެ އެތުލީޓަކަށް ލިބޭނެ އެވެ. އެ ސްލޮޓު ލިބެނީ ހަމައެކަނި ތުލުސްދޫގެ ސާފަރުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު