Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަވައްޓެރި ފުލުހުންގެ ހަރަކާތް

އަވައްޓެރި ފުލުހުންގެ ހަރަކާތްތަކެއް ކުރިނބީގައި ކުރިއަށް ގެންގޮސްފި

15 މެއި 2023 | ހޯމަ 03:32

ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކި ކަންކަމުގައި މަޝްވަރާކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2023 | ހޯމަ 03:32
ފުލުހުން އާއްމުންނަށް މައުލޫމާތު ދެނީ

ފުލުހުން އާއްމުންނަށް މައުލޫމާތު ދެނީ

ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް ރައްޔިތުންނާ ގާތުން ފުލުހުން ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީ އަވައްޓެރި ފުލުހުންގެ ހަރަކާތްތަކެއް ހދ. ކުރިނބީގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 11 އިން 13 އަށް ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި ''އަމާން މުޖުތަމައަކަށް – އެންމެން ގުޅިގެން'' މި ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށްފައިވެއެވެ. މި ޒިޔާރަތުގެ ތެރެއިން، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ. އަދި ރަށުގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާއި، ކުށުން ރައްކާތެރިވެ ތިބުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުންނަކީ ކޮބައިކަމާއި އަވައްޓެރި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބިގެންދާނެ މަންފާތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން "ވޯކް އެންޑް ޓޯކް" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ރަށުގެ ކަމުވޮށިގެންވާ މީހުންނާ ބައްދަލުކޮށް އަވައްޓެރި ފުލުހުންގެ މައުލޫމާތާއި މުޖުތަމައުގައި އެންމެ ބޮޑަށް ފެތުރެމުންދާ ސްކޭމް ކޯލްސްތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކުރިނބީގައި ކުރިއަށް ގެންދިޔަ އަވައްޓެރި ފުލުހުންގެ ހަރަކާތްތަކުގައި، ސްކޫލު ބެލެނިވެރިންނާއި ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، އިންޓަނެޓް މެދުވެރިކޮށް ކުދިންކުރާ ކުށްތައް ދެނެގަންނާނެ ގޮތްތަކާއި، އިންޓަނެޓްގެ ޒަރީއާއިން ކުދިންނަށް ލިބިގެންދާ ނޭދެވޭ މައުލޫމާތުތަކާ އަދި އެކަންކަމުން ކުދިން ރައްކާތެރިކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހދ. އަތޮޅު ފެމެލީ ޗައިލްޑް ސާވިސް ސެންޓަރާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނުގައި، ކުޑަކުދިންނަށް ލިބޭ އެކިކަހަލަ އަނިޔާއިން ކުދިން ރައްކާތެރިކުރާނެގޮތާއި އަނިޔާލިބިފައިވާ ނުވަތަ އަނިޔާލިބެމުންދާ ކުއްޖެއްގެ ކިބައިން ފެންނާނެ އަލާމާތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުދިންނާ މެދު ގާތް ގުޅުމެއް ބޭއްވުމަށާއި މުޖުތަމައުގައި އެކުދިން އެކަހެރިވިޔަ ނުދިނުމަށް އެއްބާރުލުންދިނުމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމަށް މައުލޫމާތުދީފައިވެއެވެ.

ކުރިނބީ ސްކޫލްގެ ގްރޭޑް 1 އިން 6 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި، މަގުމަތީގެ އަމަންއަމާންކަން ގާއިމުކުރުމާއި މަގުމަތީގެ އަދަބުތަކާއި ޓްރެފިކް ގަވާއިދުތަކާއި ނިޝާންތަކުގެ ބޭނުމާއި މުހިންމުކަން ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް