Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޔޫވީގެ ވިސްނުން ހުރީ ޒުވާން ޓީމެއް ބިނާކުރަން: ޝާކިއްޓެ

13 މެއި 2023 | ހޮނިހިރު 06:34

ޒުވާން ކުޅުންތެރިންނަށް ދިވެހި ޕްރިމިއަރ ލީގު ކުޅެން ފުރުސަތު ލިބުމަކީ ދިވެހި ފުޓުބޯޅައަށް ލިބޭ ކުރިއެރުމެއް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 13 މެއި 2023 | ހޮނިހިރު 06:34
ޝާކިއްޓެ - ނޫސްވެރިންގެ ބައްދަލުވުމުގައި

ޝާކިއްޓެ - ނޫސްވެރިންގެ ބައްދަލުވުމުގައި | ރާއްޖެއެމްވީ

ޔުނައިޓެޑް ވިކްޓްރީގެ ވިސްނުން ހުރީ ޒުވާން ޓީމެއް ބިނާކުރުމަށް ކަމަށް، ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާކިއްޓެ ބުނީ، ޔޫވީގެ މެނޭޖްމެންޓުގެ ވިސްނުމަކީވެސް މިހާރު ތިބި ޒުވާން ކުޅުންތެރިން ބޭނުންކޮށްގެން، ޒުވާން ޓީމެއްގެ ގޮތުގައި ޔޫވީ ބިނާކުރުން ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ގެއްލޭކަހަލަ ގޮތަކަށް ބޭރު ކުޅުންތެރިން ގެނައުމުގެ ވިސްނުމެއް ނެތްކަމަށް ޝާކިއްޓެ ބުންޏެވެ.

މި ސީޒަނުގައި ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ގިނަ ޓީމުތަކުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭކަމަށް ޝާކިއްޓެ ބުންޏެވެ. އަދި ޖުމްލަ ގޮތެއްގައި ގިނަ ޒުވާން ކުޅުންތެރިން ފަރާތުން ރަނގަޅު ކުޅުމެއް ފެންނަ ކަމަށް ބުންޏެވެ. ޝާކިއްޓެ އިތުރަށް ފާހަގަކުރީ، މީގެ ކުރިން ޒުވާން ގައުމީ ޓީމުތައް ފުރައިގެން ދާއިރު ކުލަބުގެ ފުރަތަމަ 11ގައި ކުޅެން ލިބޭ ފުރުސަތު މަދުވުމާ ގުޅިގެން އެންމެ އެދެވޭ ތަޖުރިބާ ނުލިބޭކަމަށެވެ. އެހެންނަމަވެސް، ޒުވާން ކުޅުންތެރިންނަށް ޕްރިމިއަރ ލީގުގައި އެންމެ ވަރުގަދަ ޓީމުތަކާއެކު ޕަރފޯމް ކުރަން ލިބުމަކީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށްވެސް، ގައުމީ ޓީމަށްވެސް، އަދި ޒުވާން ގައުމީ ޓީމުތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޝާކިއްޓެ ބުންޏެވެ.

މާޒިޔާއާ ބައްދަލުކުރި މެޗާ ގުޅޭގޮތުން ސުވާލުކުރުމުން ޝާކިއްޓެ ބުނީ އެ މެޗުގައި ދިމާވީ ފިޓްނެސް މައްސަލަ ކަމަށެވެ. ގައިގައި ވަރު ހުރިއިރު ޓީމުގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނުކަން ފާހަގަކުރިއެވެ. ޝާކިއްޓެ އިތުރަށް ފާހަގަކުރީ، ޕްރިމިއަރ ލީގުގައި މާޒިޔާއާއި އީގަލްސް ފިޔަވައި, ހުރިހާ ޓީމެއްވެސް ފިޓްނެސްއާއި ކުޅުމަށް ބަލާއިރު ދާދި ހަމަހަމަ ކަމަށެވެ. އަދި މާޒިޔާ މެޗުގެ ކުޅުމަށް ބަލައި، ކުޅުންތެރިންނަށް އޮތް އިތުބާރު ބޮޑުވިކަމަށް ބުންޏެވެ.

މި ސީޒަނުގައި ޔޫވީއަކީ އެންމެ ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ އެއް ޓީމެވެ. ޔޫވީން ހޮނިހިރު ދުވަހު ހަވީރު ނިކުންނާނީ ސަސްއާ ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް