Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

"ފަރިތަކުރުމުގައި ކުޅުންތެރިން ސީރިއަސް، ދަނޑު މަތިން އެކަމެއް ނުފެނޭ!"

ކޮންމެ ޓީމަކާ ދެކޮޅަށްވެސް ކުޅުންތެރިން ކުޅެން ޖެހޭނީ އެއް ރޫހެއްގައި، އެއް ހިތްވަރެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 02:14
އިވާން - ލީގުގައި ގްރީންއާ ދެކޮޅަށް މާޒިޔާއިން ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި

އިވާން - ލީގުގައި ގްރީންއާ ދެކޮޅަށް މާޒިޔާއިން ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި

ފަރިތަކުރުންތަކުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ސީރިއަސް ކަމަށާއި، ނަމަވެސް ދަނޑުމަތިން އެކަން ނުފެންނަކަމަށް, އެ ޓީމުގެ ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.

އިވާން މިހެން ބުނީ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ދެވަނަ މެޗުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. އޭނާ އިޝާރާތްކުރީ މާޒިޔާގެ ފުރަތަމަ މެޗުގައި ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗަށެވެ. އިވާން ބުނީ އެ މެޗުގައި މާޒިޔާގެ ކުޅުންތެރިން އިދިކޮޅު ޓީމު "އަންޑަރޭޓު" ކުރީ ކަމަށާއި، ފުރަތަމަ ހާފު ނިމުނުއިރު 2-2ން ނަތީޖާ އެއްވަރުވެފައި އޮތީ އެ ސަބަބަށްޓަކައި ކަމަށެވެ. އިވާން ބުނީ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި އޭގެފަހުން މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ކުޅުންތެރިންނާ އެ ވާހަކަ ވަރަށް ސީރިއަސްކަމާއެކު ދައްކާފައިވާނެއެވެ. އެކަން ފާހަގަކުރަމުން އިވާން ބުނީ ޕްރޮފެޝަނަލް ކުޅުންތެރިން އަބަދުވެސް ފުޓުބޯޅަ ކުޅެން ވާނީ ވަރަށް ސީރިއަސްކަމާއެކު ކަމަށެވެ. ހަމައެއާއެކު އެ ކުޅުންތެރިޔަކު އެމީހަކަށް ޖެހޭ ޓާސްކެއް ދަނޑު މަތީގައި ފުރިހަމަ ކުރަންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އިވާން ބުނީ ކުޅުންތެރިން އަބަދުވެސް އިދިކޮޅަށް ކުޅެން އޮތީ ކޮން ފެންވަރެއްގެ ޓީމެއްކަން ބަލަން ނުޖެހޭނެ ކަމަށެވެ. އެ ވާހަކަ އިވާން ދެއްކީ ސްޕެއިންގެ ބާސެލޯނާއާއި ރެއާލް މެޑްރިޑަށް އިޝާރާތްކޮށެވެ. އޭނާ ބުނީ އިދިކޮޅަށް ކުޅެންޖެހޭ ޓީމަކީ "ކުޑަކުދިން"ތަކަކަށް ވެސް ވެދާނެކަމަށާއި، ނޫންނަމަ ބާސެލޯނާ ނުވަތަ ރެއާލަށްވެސް ވެދާނެ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ޓީމަކާ ދެކޮޅަށްވެސް ކުޅުންތެރިން ކުޅެންޖެހޭނީ އެއް ރޫހެއްގައި، އެއް ހިތްވަރެއްގައިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ސަބަބަކީ ކޮންމެ ޓީމަކާ ދެކޮޅަށްވެސް ކުޅެންޖެހޭނީ މެޗު ކަމަށާއި، އެ މެޗުގައި ކުޅުންތެރިންގެ ފެންވަރާއި، ހުނަރު ދައްކަން ވިސްނުމުގައި ބަހައްޓަން ޖެހޭނެ ކަމަަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އިވާން ބުނީ އޭއެފްސީ ކަޕަކީ މާޒިޔާއިން ހާސިލްކުރަން ބޭނުންވާ ލަނޑު ދަނޑިއެއް ކަމަށެވެ. އެހެންކަމުން އެކަން ހާސިލްކުރުމަށް ތައްޔާރުވާން ޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން އެކަން ހާސިލްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ މެންޓާލިޓީ ބަދަލުކުރުންކަން އިވާން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މެޗެއް އޮތްނަމަ ކޮންމެ ކުޅުންތެރިޔަކު ޖެހޭނީ އެ މެޗަކަށް ސަތޭކައިންސައްތަ ފުރިހަމައަށް ތައްޔާރުވާން ކަމަށް އޭނާ ބުންޏެވެ. އެއީ ރާއްޖޭގެ ޓީމަކާ ދެކޮޅަށް ނުވަތަ އޭއެފްސީ ކަޕްގެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނު ކަމުގައި ވީނަމަވެސް ވިސްނުން ހުންނަންޖެހޭނެ ގޮތްް ކަމަށް އިވާން ބުންޏެވެ. އެކަން ފާހަގަކުރަމުން އިވާން ވަނީ ދިވެހި ކުޅުންތެރިންނަކީ ހުނަރު ހުރި ބައެއް ކަމަށް ބުނެފައެވެ. ނަމަވެސް މެންޓާލިޓީއާ އެއްވަރަށް، ތައްޔާރުވުންވެސް ރަނގަޅުވާން ޖެހޭނެކަން އޭނާ ފާހަގަކުރިއެވެ.

ޕްރެސްގައި އިވާން ވަނީ އަލީ ފާސިރު (ސެންޓޭ)ގެ ވާހަކަވެސް ދައްކާފައެވެ. އޭނާ ބުނީ އަނިޔާއަށްފަހު ސެންޓޭ ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭނާއަށް ފެންނަ ތަނުގައި 70 އިންސައްތަ ނުވަތަ 80 އިންސައްތަ ކުޅެން ސެންޓޭ ފިޓު ކަމަށެވެ. އިވާން ފާހަގަ ކުރި ގޮތުގައި މާޒިޔާގެ ކުޅުންތެރިން ސީރިއަސްކަމާއެކު ކުޅެފިނަމަ، ޓީމުން ބޭނުންވާ ނަތީޖާ ނެރެވެއެވެ. އެގޮތުން ޔޫވީ މެޗުގެ ދެވަނަ ހާފުގައި ކުޅުންތެރިން އެކަން ދެއްކިކަމަށް އޭނާ ބުންޏެވެ.

އިދިކޮޅަށް މާޒިޔާއިން ކުޅެންޖެހޭ ގްރީންއާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، އެ ޓީމު ކުޅުނު ފުރަތަމަ މެޗު ބެލިކަމަށާއި، އެ މެޗުގައި އެހާ ރަނގަޅު ނޫން ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ޔަގީންވާ ކަމަކީ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމުވެސް ފުރިހަމައަށް ތައްޔާރުވާނެކަން ކަމަށާއި، އެއީ މާޒިޔާއާ ދެކޮޅަށް ނިކުންނަ ކޮންމެ ޓީމަކުންވެސް ކުރާ ކަމެއް ކަމަށެވެ.

ލީގުގައި މާޒިޔާއިން ގްރީންއާ ދެކޮޅަަށް ނިކުންނައިރު، ގްރީން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)އާ ވާދަކޮށް ބަލިވެފައެވެ. މާޒިޔާއާއި ގްރީން ބައްދަލުކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:00ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު