Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޓެބާސް ވިދާޅުވަނީ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލުމަކީ މެސީ ގެނައުމަށް ފަހިވާނެ މަގެއް ކަމަށް

ޓެބާސް ވިދާޅުވީ، އެ މަސައްކަތުގެ ފެހި ސިގްނަލް ދޭނީ އޭނާ ނޫން ކަމަށާއި އެކަމުގައި ގޮތެއް ނިންމޭނީ ބާސެލޯނާގެ މާލީ ހާލަތާއި ކަންކަމަށް ބެލުމަށް ފަހު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 01:43
ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އެ ކުލަބު ދޫކޮށްލަން ނިންމުމަކީ، ބާސެލޯނާ އިން އަލުން މެސީ ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ފަހިވާނެ މަގެއް ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު 15 ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން މިހާރު ވަނީ އެކުލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް އާއި މެނޭޖުމަންޓަށް އަންގާފަ އެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާން ކުރުން އޮންނާނީ ބާސެލޯނާ އިން މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބު ކުރުމަށްފަހު އެވެ. ލީގު ކަށަވަރު ކުރުމަށް ފަހު ބާސެލޯނާ އިން އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗުގައި ބުސްކެޓްސް ސަޕޯޓަރުންނާ ވާހަކަ ދެއްކުމާއި، ސަލާމް ކުރުން އޮންނާނެ ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަލުން އެ ކުލަބަށް ގެނައުމަށް ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ވާހަކަތައް އެންމެ ފުރަތަމަ ފެތުރުނު ދުވަސްކޮޅު ޓެބާސް ވިދާޅުވީ، އޭނާ ވެސް އެދެނީ މެސީ އަލުން ބާސެލޯނާ އަށް އައުން ކަމަށާއި، އޭނާ އަކީ މެސީގެ ސަޕޯޓަރެއް ކަމަށެވެ. އެހެން ނަމަވެސް މެސީ އަލުން ގެންނަން ބޭނުންވާ ނަމަ، ބާސެލޯނާ އިން އެ ކުލަބުގެ ގިނަ ކަންތައްތަކެއް މާލީ ޤަވާއިދަށް ފައްތަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަން ނިންމުމާއެކު ޓެބާސް ވިދާޅުވީ، އެއީ ބާސެލޯނާ އިން މެސީ ހޯދަމަށް ކުރަމުން އަންނަ މަސައްކަތުގައި އަލި މަގެއް ކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް ބާސެލޯނާ އިން ގިނަ ކަންތައްތަކެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި ޓެބާސް ވިދާޅުވީ، އެ މަސައްކަތުގެ ފެހި ސިގްނަލް ދޭނީ އޭނާ ނޫން ކަމަށާއި އެކަމުގައި ގޮތެއް ނިންމޭނީ ބާސެލޯނާގެ މާލީ ހާލަތާއި އެހެން ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.

ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ މި އަހަރުގެ ޖޫން މަހަށެވެ. ޕީއެސްޖީން މެސީ އަށް އައު އެއްބަސްވުމެއް ހުށަހެޅި ނަމަވެސް މިހާތަނަށް މެސީ އެކަން ޤަބޫލުކޮށްފައި ނުވާ ކަމަށް ފްރާންސްގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު މެސީ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން އޭނާ ވަނީ އެކުލަބަށް އަންގާފައި ކަމަށް ވެސް ބުނެފައިވެ އެވެ. މެސީގެ ވާހަކަތައް މީޑިއާތަކުގައި އެކި ގޮތްގޮތަށް ދެކެވެމުން ދަނިކޮށް އޭނާގެ ބައްޕަ ބުނީ، މުސްތަޤުބަލާމެދު މެސީ ގޮތެއް ނިންމާނީ ސީޒަން ނިމުމާއެކު ކަމަށެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

16 އޯގަސްޓު 2017
ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ
14 އޯގަސްޓު 2017

ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ބާސާ އަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ: ބުސްކެޓްސް

14 އޯގަސްޓު 2017
ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ބާސާ އަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ: ބުސްކެޓްސް
13 އޯގަސްޓު 2017

ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން

13 އޯގަސްޓު 2017
ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން
08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު