Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިލޭ ޑިގްރީ ޕްރޮގްރާމް

ހިލޭ ޑިގްރީއަށް ކިޔަވަމުން ގޮސް މަޤްބޫލު އުޒުރެއް ނެތި ހުއްޓާލައިފިނަމަ އެ ފައިސާ އަނބުރާ މިނިސްޓްރީއަށް ދައްކަންޖެހޭ

12 މެއި 2023 | ހުކުރު 07:47

ދަރިވަރު އެ ފައިސާ މިނިސްޓްރީއަށް އަނބުރާ ދައްކަންޖެހޭނެ ޙާލަތްތައް ވަނީ ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2023 | ހުކުރު 07:47
ފުލްޓައިމް ދަރިވަރަކަށްވުމަކީ ވެސް ފުރަތަމަ ޑިގްރީ ސްކީމްގެ އުސޫލުގެ ދަށުން ކިޔަވާ ދަރިވަރުންގެ ހުންނަންޖެހޭ ޝަރުތެއް

ފުލްޓައިމް ދަރިވަރަކަށްވުމަކީ ވެސް ފުރަތަމަ ޑިގްރީ ސްކީމްގެ އުސޫލުގެ ދަށުން ކިޔަވާ ދަރިވަރުންގެ ހުންނަންޖެހޭ ޝަރުތެއް

ފުރަތަމަ ޑިގްރީ ސްކީމްގެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަކ،ީ ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނުމާ ގުޅިގެނ،ް އެ ފެންވަރަށް ދިވެހިރާއްޖޭގައި ސަރުކާރުގެ ޚަރަދުގައި ކިޔަވައިދިނުމުގެ ކަންކަން ހިންގާނެގޮތް ބަޔާންކުރާ އުސޫލެވެ. އެގޮތުން މި އުސޫލުގެ މަގުސަދަކ،ީ ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ޚަރަދު ކުރުމުގެ ކަންތައްތައް ފަސޭހަކަމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޛުކުރުމެވެ.

Advertisement - newsAdvertisement

މި އުސޫލުގައިވާ ގޮތަށް ކިޔެވޭނެ ދަރިވަރުންގެ ޝަރުޠުތަކަށް ބަލާއިރު، 13 ޝަރުތެއް ވަނީ ބަޔާންކޮށްފައެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ވިޔަސް ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފަށައި، މަޤްބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ ކިޔެވުން ހުއްޓައިލައިފައި ނުވުމަކީ ޝަރުތެކެވެ.

އަދި މި އުސޫލުގައިވާ ގޮތުގެ މަތީން ފައިސާ ލިބިގެން ކިޔެވުމުގެ ފުރުޞަތު އެއްފަހަރު ލިބ،ި ކިޔަވަން ފެށި ޕްރޮގްރާމް މަޤުބޫލު އުޒުރެއްނެތި ފުރިހަމަ ނުކޮށް ހުއްޓައިލައިފައިވާ ދަރިވަރެއް ކަމުގައިނުވުން ވެސް ވަނީ ޝަރުތުކޮށްފައެވެ.

އޭގެ އިތުރުން، ފުލްޓައިމް ދަރިވަރަކަށްވުމަކީ ވެސް ފުރަތަމަ ޑިގްރީ ސްކީމްގެ އުސޫލުގެ ދަށުން ކިޔަވާ ދަރިވަރުންގެ ހުންނަންޖެހޭ ޝަރުތެކެވެ.

މި އުސޫލުގެ ދަށުން ކިޔަވާ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީނ،ް މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކުގެ ލެވެލް 7 ގެ ޕްރޮގްރާމެއްކަމަށް ގަބޫލުކުރާ ޕްރޮގްރާމަކަށް ވާން ޖެހެއެވެ.

އޭގެ އިތުރުން، ދަރިވަރަށް ދޫކުރާ ފައިސާ ޖަމާކުރާނ،ީ ދިވެހިރާއްޖޭގައި ހުޅުވައިފައިވާ ބޭންކެއްގައ،ި ދަރިވަރުގެ ނަމުގައި އޮންނަ ދިވެހި ރުފިޔާ އެކައުންޓަކަށެވެ. އެގޮތުގެ މަތިން ފައިސާ ޖަމާކުރާނ،ީ ދަރިވަރުގެ އެކަޑެމިކް އަހަރަކަށް 2 ފަހަރު މަތިންނެވެ.

އޭގެ އިތުރުން، ދަރިވަރަށް ފުރަތަމަ ފަހަރު ފައިސާ ދޫކުރުމަށްފަހ،ު ދެން ކޮންމެ ފަހަރަކު ފައިސާ ދޫކުރާނ،ީ އެންމެފަހުން ދޫކުރި ފައިސ،ާ ކިޔަވައިދޭ މަރުކަޒަށް ދެއްކިކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

މި އުސޫލުގައިވާ ގޮތަށް ފައިސާ ލިބިގެން ކިޔަވަމުންދާ ދަރިވަރަކު ކިޔަވަމުންދާ ޕްރޮގްރާމް ބަދަލު ކުރެވޭނީ އެންމެ ފަހަރަކުއެެވެ. މިގޮތުން ޕްރޮގްރާމް ބަދަލުކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން ވަކި ޙާލަތްތަކެއްގައެވެ.

އުސޫލުގެ ދަށުން ފައިސާ ދޫކުރުން ހުއްޓައިލާނެ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ކިޔަވަމުންދާ ޕްރޮގްރާމް ނުވަތަ މަރުކަޒު މިނިސްޓްރީގެ ހުއްދަނެތި ބަދަލުކުރުމާއި، ކިޔަވައިދޭ މަރުކަޒުން ޕްރޮގްރާމް ހިންގުން ހުއްޓައިލުމާއި، ދަރިވަރުގެ ކިޔެވުން ދަރިވަރު އަމިއްލައަށް ހުއްޓައިލުމާއި، ކިޔަވަމުންދާ ޕްރޮގްރާމުން ދަރިވަރު ވަކިކުރުމާއި، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ދަރިވަރު ޢަމަލު ނުކުރުން ހިމެނެއެވެ.

އޭގެ އިތުރުން، މަޤްބޫލު އުޒުރަކާ ނުލައި ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓައިލުމާއި، ދަރިވަރު ޕްރޮގްރާމުން ފެއިލްވެއްޖެކަމަށް މަރުކަޒުން ކަނޑައެޅުމާއި، ފުރަތަމަ ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން ފަދަ ކަންކަމަކީ ދަރިވަރު އެ ފައިސާ މިނިސްޓްރީއަށް އަނބުރާ ދައްކަންޖެހޭނެ ޙާލަތްތަކެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

06 މާރިޗު 2017

ފ. އަތޮޅު ވިއްކާ ނުލުމަށް ލިޔެފައިހުރި ލިޔުންތަކެއް ފުލުހުން ގޮސް ފުހެލައިފި

06 މާރިޗު 2017
ފ. އަތޮޅު ވިއްކާ ނުލުމަށް ލިޔެފައިހުރި ލިޔުންތަކެއް ފުލުހުން ގޮސް ފުހެލައިފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް