Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު އިއްތިހާދު

ޗާގޯސް މައްސަލައާ ގުޅިގެން އިދިކޮޅު ޕާޓީތަކުން އެކުވެ މަސައްކަތްކުރަނީ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން: ސަރުކާރު

ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ބޭފުޅުންނަށް އެއްބަސްވެވޭ އޮންނަނީ އެންމެ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 12 މެއި 2023 | ހުކުރު 07:39
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ޗާގޯސް މައްސަލައާ ގުޅިގެން ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުވެ މަސައްކަތްކޮށް، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ބޭފުޅުންނަށް އެއްބަސްވެވޭ އޮންނަނީ އެންމެ ކަމެއް ކަމަށާއި، އެއީ ވެރިކަން ކުރުން ކަމަށެވެ. ނަމަވެސް ވެރިކަން ކުރާނީ ގުޅިގެންތޯ އާއި ވަކިވެގެންތޯ ވެސް ނުނިންނޭ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ސަރުކާރާއި ދެކޮޅު ބޭފުޅުން މިހާރު ޗާގޯސްގެ މައްސަލަ ނަގައިގެން މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޗާގޯސް މައްސަލާގައި އިދިކޮޅު ބޭފުޅުންނަށް ވެސް އެއްގަލަކަށް ނޭރޭކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ ޗާގޯސް އަކީ ދިވެހިންގެ ތަނެއްތޯ ނުވަތަ ނޫންތޯ ވެސް އެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން މަސައްކަތް ކުރާއިރު، ކާމިޔާބު ވާނެކަމަށް ބަލައިގެން ނޫންކަމަށާއި، އިތުބާރު ނެތްކަމުގެ ވޯޓެއް ކާމިޔާބު ވާނެކަމުގެ އުންމީދެއް ވެސް އެބޭފުޅުންގެ ނެތް ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ޗާގޯސް މައްސަލާގައި އިދިކޮޅު ދައްކަމުންދަނީ ހަގީގާތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، ރާއްޖޭގެ ކަނޑުގެ ބައެއް ނުގެއްލޭ ކަމަށެވެ. އަދި ފުށުއަރާ ކަނޑުގެ ސަރަހައްދަކުން ރާއްޖެއަށް ބޮޑުބައެއް ލިބުން އެއީ ލިބުނު ކާމިޔާބީއެއް ކަމަށް މިއުވާން ވިދާޅުވިއެވެ. ރައީސް ފޮނުއްވިކަމަށް ބުނާ ސިޓީފުޅަށް އިޝާރާތް ކުރައްވައި މިއުވާން ވިދާޅުވީ އެސިޓީފުޅާއި އިޓްލޮސްގެ ނިންމުމާއި އޮތީ ކޮންމެ ގުޅުމެއްކަމެއް އިދިކޮޅު ފަރާތްތަކުން ވިދާޅުނުވާ ކަމަށެވެ.

ޗާގޯސްގެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"އާ އެކު ޕީޕީއެމް، އެމްއެންޕީ އަދި ޖޭޕީން ވަނީ އިއްތިހާދެއް ވަނީ އެކުލަވާލާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު