Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ދާއިރާ ކުރިއެރުވުން

މި ސަރުކާރުގައި ސިއްހީ ދާއިރާގެ ތަރައްގީ އަމާޒު ކުރެވިފައިވަނީ މައިގަނޑު 5 ކަމެއްގެ މައްޗަށް

12 މެއި 2023 | ހުކުރު 02:58

ސިއްހީ ވިސްނުމެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 12 މެއި 2023 | ހުކުރު 02:58
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒައާމަތުގައި ފާއިތުވަމުންދާ ފަސް އަހަރު، ސިއްހީ ދާއިރާ ތަރައްގީ އަމާޒު ކުރެވިފައިވަނީ މައިގަނޑު 5 ކަމެއްގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޞާލިހުގެ ޒައާމަތުގައި ފާއިތުވަމުންދާ ފަސް އަހަރު، ސިއްހީ ދާއިރާއަށް ގިނަ ކުރިއެރުންތައް ގެންނަމުންދާ ކަމަށާއި، ކުރިއެރުމާއި ތަރައްގީ އަމާޒު ކުރެވިފައިވަނީ މައިގަނޑު 5 ކަމެއްގެ މައްޗަށް ކަމަށެވެ.

Advertisement - newsAdvertisement

އެއީ އުމްރާނީ ތަރައްގީ، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމެއް ގާއިމްކުރުން، ސިއްހީ ޚިދުމަތްތައް ލާމަރުކަޒުކުރުން، މުސާރައަށް ގެނައި ބަދަލާއެކު ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން އުފެއްދުމާއި އިތުރަށް ތަމްރީނު ދިނުމާއި އަދި ޚިދުމަތް ދެމުންދާ މީހުން ވަޒީފާގައި ދެމެހެއްޓުން އަދި ސިއްހީ ވިސްނުމެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވައިދިނުމަކީ ސިޔާސަތު ކަމަށް ކަނޑައަޅައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ނެޝަނަލް ޑްރަގް އެޖެންސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތަކާއި ސިއްހީ ދާއިރާގެ އެންމެހައި މަސައްކަތްތަށް އެތަންތާނގެ ހީވާގި މުވައްޒަފުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ބައިނަލް އަގުވާމީ އިދާރާތަކުން، ޚާއްސަކޮށް ޔޫއެންއޯޑީސީގެ އެހީތެރިކަން ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 1978 ވަނައަހަރު އިފްތިތާހުކުރި "ޕްރައިމަރީ ހެލްތްކެއަރ"ގެ ނިޒާމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާއި މުޖްތަމައުގައި ގާއިމުވެފައިވާ އެހެނިހެން މުއައްސަސާތަކާ އަދި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުމާ އެކު ހިންގުނު ނިޒާމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާރގެ ނިޒާމު ބަލިކަށިވެ ނިކަމެތި ވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ޕްރައިމަރީ ހެލްތު ކެއާރގެ އުސޫލުތައް އަލުން ދިރުވައި ހަރުދަނާ ކުރަންޖެހޭ ކަމަށާއި މި ސަރުކާރުން އެ މަސައްކަތް ފަށާފައިވާކަމަށެވެ.

ހެލްތު މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ ދައުލަތުގެ ފަރާތުން އިންތިޒާމީ ގޮތެއްގައި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ދިނުމުގައި ހޭދަވި ދިގު މުއްދަތުގައި، އެންމެ ކާމިޔާބު ސިއްހީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އިބްތިދާއީ ސިއްހީ ފަރުވާގެ ނިޒާމު ކަމަށެވެ. އަދި އެ ނިޒާމަށް ގެނެވޭ މި ބަދަލަކީ ރައީސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ "ދުޅަހެޔޮ ހަށިހެޔޮ" މުޖްތަމައަށް ވާސިލުވުމުގައި ވަރަށް ލާއިގު ބަދަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް