Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ ވަހީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

މިއީ ދިވެއްސަކު ޔޫރަޕުގެ މިފަދަ ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 12 މެއި 2023 | ހުކުރު 06:19
އަލީ ވަހީދު އޭނާގެ ޓީމަށް އިރުޝާދުދެނީ: ފައިނަލަށްވަނީ ފުރިހަމައަށް ތައްޔާރުވެފައި

އަލީ ވަހީދު އޭނާގެ ޓީމަށް އިރުޝާދުދެނީ: ފައިނަލަށްވަނީ ފުރިހަމައަށް ތައްޔާރުވެފައި

އިނގިރޭސިވިލާތުގެ ލަންޑަނުގެ ޑިސްޓްރިކްޓް ލީގުގެ ސެންޗަނަރީ ކަޕްގެ ފައިނަލަށް މާދަމާ ނުކުންނާނީ ފުލް ހަތިޔާރާއެކު ކަމަށާއި، ތައްޓާމެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ސްޕޯޓިން ލަންޑަނުގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ބުނެފި އެވެ.

ތާރީހީ މި ފައިނަލަކީ ދިވެހި ކޯޗަކު ޔޫރަޕްގެ އެފް.އޭއެއްގެ މުބާރާތެއްގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު 5:30ގަ އެވެ. ލަންޑަންގެ ކާޝަލްޓަން ސްޓޭޑިއަމްގައި ޑިސްޓްރިކްޓް ލީގުގެ 125 ވަނަ މުބާރާތުގެ ފައިނަލަށް ބަލަކްގެ ޓީމާ ދެކޮޅަށް ނުކުންނާނީ ރޭންސްޕާކެވެ. މިއީ މާލީ ތަނަވަސް ބޮޑު، އަދި އެ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމެވެ.

ނަމަވެސް އިނގިރޭސި އެފްއޭގެ ކޯޗިން ލެވެލް 2 ހާސިލްކޮށް، ކުރިއަރަމުން އަންނަ ޒުވާން ކޯޗު، ބަލަކް ބުނީ އޭނާ ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި ފައިނަލާ މެދު އޭނާ އުއްމީދު ފުރިގެންވާ ދެވަނަ ސަބަބަކީ ޑިސްޓްރިކްޓް ލީގުގައި އޭނާގެ ޓީމުގެ ނަތީޖާތައް ރަނގަޅުވުމެވެ. 2020 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ބަލަކް މީގެ ދެ އަހަރު ކުރިން ކޯޗުކަމާ ހަވާލުވުމަށްފަހު، މިއަހަރުގެ ލީގު ސްޕޯޓިން ލަންޑަން ނިންމާލީ ލީގުގެ ތިންވަނާގައި އޮވެގެންނެވެ. އަދި ބަލިނުވެ ގިނަ މެޗުތަކެއް ވެސް އެޓީމުން ފުރިހަމަކުރި އެވެ.

މި ސަބަބުތަކާހުރެ ރާއްޖެއާ 8500މޭލަށްވުރެ ދުރުގައި ހުއްޓަސް ތާރީހީ މި ފައިނަލްގެ ކުރިން ބަލަކް އިތުބާރާއި ޔަގީންކަން ހޯދަމުންދަނީ އުފަން ގައުމުން ލިބުނު ތަޖުރިބާތައް ވެސް ހިމަނައިގެންނެވެ. ދިވެހި ގައުމީ ޓީމުގެ މެނޭޖަރުކަމުގަ އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަންގެ ގޮތުގައި އޭނާ އަށް ދަސްވިކަމަކީ ޕްރެޝަރު ނަގައިގެން ކާމިޔާބު ހޯދަން ފަސޭހަކަމެވެ.

މާދަމާގެ ފައިނަލް ކޮންމެ ގޮތަކަށް ނިމުނަސް ބަލަކް ވެގެންދާނީ ތާރީހީ ދިވެއްސަކަށެވެ. އެއީ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމުކަމަށްވާ އިނގިރޭސި ފުޓްބޯޅައިގެ އަރުޝީފުގައި އޭނާގެ ނަން ހިމެނިގެންދާނެތީ އެވެ. އަމުދުން ތަށި ލިބިއްޖެނަމަ މިކާމިޔާބީގެ ކުލަ ގަދަވެފައި ދިވެހި ފުޓްބޯޅައިގެ އައު ސޮފުހާގައި ބަލަކްގެ ނަން އަނެއްކާ ވެސް ލިޔެވިގެންދާނެ އެވެ. މީގެ އިތުރުން އިނގރޭސިވިލާތުގައި ދެމުބާރާތެއްގައި ރިހި މެޑެލް، ހެޑް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރެވި، ތިން ވަނަ ފައިނަކަލާ ކުރިމަތިލާއިރު ދިވެހި ފުޓުބޯޅައިގެ މާދަމާ ބިނާކުރަން އަމާޒު ހިފަންވީ ހިސާބު ވަޒަންކުރެވިއްޖެ ކަމަށްވެސް އޭނާ ދެކެ އެވެ.

ބަލަކް އަކީ އޭނާގެ މަދުރަސީ ހަޔާތުގައި މޮޅު ޑިފެންޑަރެކެވެ. ޖަމާލުއްދީން ސްކޫލުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. އޭގެ ފަހުން ޒުވާން ގައުމީ ޓީމަށް ވެސް ކުޅުނެވެ. އެކަމަކު މަތީ ތައުލީމަށް ރާއްޖޭން ބޭރަށް ދާން ޖެހުމުން ސީނިއާ ގައުމީ ޓީމާ އަށް ނުފޯރި އެވެ. އެހިތިކަން އޭނާ ފިލުވާނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމުންނެވެ. ސާފް ޗެމްޕިއަންޝިޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ މުބާރާތްތަކުގައި މެނޭޖަރުކަން ކުރުމަށްފަހު، ބަލަކް ކުލަބު ފުޓްބޯޅަ އަށް އެނބުރިގަތީ ރާއްޖޭގެ އެންމެ ވިދުންގަދަ ކުލަބު ނިއުރޭޑިއަންޓްގެ ޗެއާމަންގެ ގޮތުގަ އެވެ. 2012 ވަނަ އަހަރު ފެށިގެން ޖެހިގެން އައި ހަތަރު އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުގެ މަގާމަށް ނިއުރޭޑިއަންޓް ވާސިލްވީ ބަލަކްގެ ވަރަށް ބޮޑު ގުރުބާނީތަކަކާއެކުގަ އެވެ. ތައުމީ ތަށި މިލްކުކޮށް ދިވެހި ލީގު ޖެހިޖެހިގެން ތިން ފަހަރު ހޯދައި، ނިއުރޭޑިއަންޓަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދިނެވެ.

ގަދަ ޕޮލިޓީޝަނެއްގެ ގޮތުގައި ވެސް މަޝްހޫރުކަން ހޯދި، ބަލަކް މިހާރު ފަށާފައިމިވަނީ ފުޓްބޯޅައިގެ މުޅިން އައު ސޮފުހާއެކެވެ. ކޯޗެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުހަށް ޒަމާނީ ފޯމިއުލާއަކާއެކު ވާސިލްވުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެކެވެ. ސްޕޯޓިން ލަންޑަނުން މިފެށި ދަތުރު އަދި އޮތީ ކުރިއަށެވެ. އަމުދުން މި ތަށި ލިބިއްޖެނަމަ އޭނާއަށް ދިވެހި ފުޓްބޯޅައިގައި އޮތް "އިތުބާރު" މާބޮޑުތަކުން އަރައިގެންދާނެ އެވެ. އެ މަންޒަރު އޭނާ މިހާރު ވެސް ކުރަހަން ފަށައިފި އެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު