Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުނިޔޭގެ ސިއްހަތުގެ ދުވަސް

ޑަބްލިޔުއެޗްއޯގެ ގިނަ ޚިދުމަތްތަކެއް ރާއްޖެއަށް، އުންމީދަކީ 2030ގެ ނިޔަލަށް ލެޕްރަސީއާއި ޓީބީ ނައްތާލުން: މިނިސްޓަރު

މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ހިމަބިހި އަދި ރުބެއްލާ ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 18:18
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން, ރާއްޖޭގެ އާއްމު ސިއްހަތަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކަމަށާއި، އުންމީދަކީ 2030ގެ ނިޔަލަށް ލެޕްރަސީ އަދި ޓީބީއާއި ރާއްޖެއިން ނައްތާލުން ކަމަށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ މިނިވަންވެ، ރަސްމީކޮށް ޑަބްލިޔުއެޗްއޯގެ މެންބަރަކަށް ވުމުގެ ކުރިންވެސް އެޖަމްއިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، 1951ގައި ރާއްޖެއަށް ޒިޔާރަތްކުރި ޑަބްލިޔުއެޗްއޯގެ މާހިރުންގެ ޓީމަކުން، ރާއްޖޭގައި ފައިލޭރިޔާގެ ނުރައްކާތެރިކަން ބޮޑުކަން ފާހަގަކުރި ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އޭރުގެ ސަރުކާރަށް އެ ޖަމްއިއްޔާއިން ލަފާ އެރުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ޖުލައި 1965ގައި ރާއްޖެ މިނިވަންވުމަށްފަހު، 5 ނޮވެންބަރ 1965ގައި ޑަބްލިޔުއެޗްއޯގެ މެންބަރަކަށްވެ، ޖެހިގެން އައި އަހަރު، 1966ގެ ފެބްރުއަރީ 25ގައި އެ ޖަމްއިއްޔާގެ އޮފީހެއް ރާއްޖޭގައި ހުޅުވުނު ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ޑަބްލިޔުއެޗްއޯއިން، ރާއްޖޭގެ އާއްމު ސިއްހަތަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، 1960 ވަނަ އަހަރު ތައާރަފުކުރެވުނު، މެލޭރިޔާ ނައްތާލުމުގެ މަސައްކަތުގެ ފުރިހަމަ ނަތީޖާއާ ހަމައަށް އަދި ވާސިލުވެވިފައި ނުވިނަމަވެސް، ދުނިޔެއިން ޕޯލިއޯ ފެތުރުން އެއްކޮށް ނިމުމަކަށް ގެނައުން ވަރަށް އަވަހަށް ކާމިޔާބު ކުރެވޭނެކަމަށް ބެލެވޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ތަފާތު ބަލިތައް ކޮންޓްރޯލްކޮށް، ބަލިތައް ދެނެގަތުމުގެ ތަހުލީލުތަކާއި، ބަލިތަކަށް ބޭހާއި ފަރުވާ ކަށަވަރުކުރުމާއި، އަދި ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކާއެކުވެސް އާއްމު ދިރިއުޅުމެއްގައި އުޅެވޭނެ އަދި ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓޭނެ ފަންނީ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި އާއްމުކުރުންފަދަ ކަންކަމުގައި ޑަބްލިޔުއެޗްއޯއިން ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. އެގޮތުން 1960ގެ އަހަރުތަކުގެ ތެރޭގައި ފެށި އަދި ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިޔަ، އެކިއެކި ބަލިތައް ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތަކުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ހިމަބިހި އަދި ރުބެއްލާ ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް ނައްތާލި އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، އުއްމީދަކީ 2030ގެ ނިޔަލަށް ލެޕްރަސީއާއި ޓީބީ ބަލީގެ މައްޗަށްވެސް މިފަދަ ކާމިޔާބީއެއް ހޯދުން ކަމަށެވެ.

މައިންނާއި ތުއްތުކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް ވެސް ގިނަގުނަ މަސައްކަތް ކުރެވޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އަދި ސަރަހައްދީ ނިސްބަތުން ބެލިނަމަވެސް ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ވަކިން ޚާއްސަކޮށް ވެކްސިންގެ ޒަރީއާއިން ރައްކާތެރިކަން ލިބޭ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކުރެވި، އަދި ބައެއް ބަލިތައް ނައްތާލެވިފައިވާ ކަމަށެވެ. އަދި ބަނޑުގައިވާ ދަރިފުޅަށް، މައިމީހާގެ ފަރާތުން އެޗްއައިވީއާއި ސިފިލިސް ޖެހުމުގެ ފުރުސަތު ނެތް ގައުމެއްގޮތުގައި މިހާރުވަނީ ރާއްޖެ ކަނޑައެޅިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތައް، އަދި ބަވަނަވެފައިވާ މި ދުނިޔޭގައި ރޯގާތައް ފަސޭހައިން ފެތުރި އާލަމީ ވަބާތައް ކުރުމަތިވުމުގެ ފުރުސަތު އިތުރުވެފައިވާކަމަށެވެ.

ނަމަވެސް ޑަބްލިޔުއެޗްއޯއާއި އެހެން ގިނަ ފަރާތްތަކެއްގެ ފަންނީ އެހީތެރިން ލިބިގެން ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެތުރުން ކޮންޓްރޯކޮށް މުޅި ދުނިޔެއަށް އަގުހުރި ނަމޫނާއެއް ދައްކާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެ އޭޕްރީލް މަހެއްގެ ހަތްވަނަ ދުވަސް ފާހަގަކުރެވެނީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހަޔާތަށް 75 އަހަރު ފުރިފާއިވާއިރު، މިއަހަރުގެ ޝިއާރަކީ "ސިއްހަތު އެންމެންނަށް" މިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު