Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ޔޫކްރޭނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް

ޔޫކްރެއިނުން ވަނީ މި މިސައިލްތައް ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާ ނުދޭނެކަމުގެ ޔަގީންކަން ދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 15:21
އިނގިރޭސިވިލާތުން ޔޫކްރެއިނަށް ފޯރުކޮށްދެނީ ސްޓޯރމް ޝެޑޯ މިސައިލް ސިސްޓަމް

އިނގިރޭސިވިލާތުން ޔޫކްރެއިނަށް ފޯރުކޮށްދެނީ ސްޓޯރމް ޝެޑޯ މިސައިލް ސިސްޓަމް

ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމާގައި އެގައުމަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭން ފެށި ފުރަތަމަ ގައުމަށް، އިނގިރޭސިވިލާތް ވެއްޖެއެވެ.

އިނގިރޭސިވިލާތުން ޔޫކްރެއިނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭން ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ދުރު ރާސްތާ ކްރޫޒް މިސައިލް ހޯދުމަށް ޔޫކްރެއިނުން ގައުމުތަކުގައި އެދެމުންދަނިކޮށް، އިނގިރޭސިވިލާތުން އެގައުމަށް މި މިސައިލްތައް ފޯރުކޮށްދޭން ފެށުމަކީ ދުރުގައި ތިބި ރަޝިއާގެ އަސްކަރިއްޔާގެ ފައުޖުތަކަށް ހަމަލާދިނުމުގެ ފުރުސަތު ޔޫކްރެއިނަށް ފަހިކޮށްދޭނެ ކަމެއްކަން އެގައުމުން ފާހަގަކުރެއެވެ.

ދުރު ރާސްތާ ކްރޫޒް މިސައިލް ޔޫކްރެއިނަށް ފޯރުކޮށްދިނުމުގައި ދިގު މުއްދަތެއް ނަގާފައި ވީނަމަވެސް، ހުޅަނގުގެ ގައުމުތަކުން ވަނީ ކުރު ރާސްތާގެ ގިނަ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.

ޔޫކްރެއިނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދިނުމާ ގުޅޭގޮތުން، އިނގިރޭސި ޑިފެންސް މިނިސްޓަރު ބެން ވެލަސް ވަނީ، ޔޫކްރެއިނަށް މިފަދަ ސިސްޓަމްތައް ފޯރުކޮށްދޭންޖެހެނީ، ރަޝިއާގެ އަމަލުތަކުގެ ސަބަބުންކަން ރަޝިއާއިން ގަބޫލުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ އާންމުން މަރަމުންދާއިރު، ބަލަން ނުތިބޭނެ ކަމަށްވެސް އިނގިރޭސި ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ޔޫކްރެއިނަށް ފޯރުކޮށްދެނީ ސްޓޯރމް ޝެޑޯ މިސައިލެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރު ވަނީ މި މިސައިލްތައް ޔޫކްރެއިނަށް ފޯރުކޮށްދެނީ ހަމައެކަނި އެގައުމުގެ ތެރޭގައި ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލުމުގެ ގާބިލުކަން ދިނުމަށް ކަމަށާއި، މިމިސައިލްތައް ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިއާއަށް ހަމަލާ ނުދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ޔޫކްރެއިނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭން ނިންމުމާއެކު ރަޝިއާއިން ވަނީ މިކަމުގެ ބަދަލުގައި އެކަށީގެންވާ ފިޔަވަޅު އެގައުމުގެ އަސްކަރިއްޔާއިން އަޅަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އަދި ހުޅަނގުގެ އެހެން ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީ މިއަހަރު އިތުރުކޮށްފައިވާއިރު، ޔޫކްރެއިނުން ވަނީ ކައުންޓަރއޮފެންސިވް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އެގައުމުން ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމައިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު