Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިންގެ ޕާސްޕޯޓުގެ ބާރުގަދަކުރުން

ދަތުރުނުކުރާ ގައުމުތަކަށް ވިސާ ހިލޭ ލިބެން ފެށުމުން އެހެން ގައުމުތަކުންވެސް ވިސާ ލިބުން ފަސޭހަވެ، ޕާސްޕޯޓުގެ ބާރުގަދަވާނެ: މިއުވާން

11 މެއި 2023 | ބުރާސްފަތި 13:42

ދިވެހި ޕާސްޕޯޓަކީ މިސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓު

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2023 | ބުރާސްފަތި 13:42
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

އާއްމުކޮށް ދަތުރުނުކުރާ ގައުމުތަކަށް ވިސާ ހިލޭ ލިބެންފެށުމުން އެހެން ގައުމުތަކުންވެސް ދިވެހީންނަށް ވިސާ ލިބުން ފަސޭހަވެ، ދިވެހިންގެ ޕާސްޕޯޓުގެ ބާރު ގަދަވާނެކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބައިނަލްއަގުވާމީ ދުނިޔެއާ ރާއްޖޭގެ ގުޅުން އެތައް ގުނައެއް އިތުރުވެ، ބައިނަލްއަގުވާމީ މަސްރަހުގައި ނަން ހިނގާ ގައުމަކަށް ރާއްޖެ ވެގެން ގޮސްފައިވާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިހާރު ދިވެހި ޕާސްޕޯޓަކީ މިސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓު ކަމަށާއި، ދުނިޔޭގެ ނިސްބަތުންވެސް ބާރުގަދަ ޕާސްޕޯޓަކަށް ވުމަށް މިސްރާބު ޖަހާފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސްޓްޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރިޒޮލިއުޝަން އެކްޝަން ޕްލޭންގެ ދަށުން، ފާއިތުވި 4 އަހަރުގެ ތެރޭގައި ދިވެހީންނަށް ގިނަ ގައުމުތަކަށް އިތުރު ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ނިޒާމުތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މިއުވާން ވިދާޅުވީ ރާއްޖެއިން 94 ގައުމަކަށް ވިސާއާނުލައި ދަތުރުކުރެވޭނެކަމަށާއި، އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

ދިވެހިން އާއްމުކޮށް ދަތުރުނުކުރާ ގައުމުތަކަށްވެސް ވިސާއާނުލައި ދަތުރުކުރެވޭނެ ގޮތް ދިވެހި ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މިކަމަށް ރައްދުދެއްވައި މިއުވާން ވިދާޅުވީ ވިސާއާނުލައި ދަތުރުކުރެވޭނެ ގޮތް ހެދުމުން ދިވެހި ޕާސްޕޯޓުގެ ބާރުގަދަވެ، ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވެސް ވިސާ ނެތި ދަތުރުކުރުމަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށާއި، އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިތުރު ބާރެއް ލިބޭނެކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުވިސާފޮރިން މިނިސްޓްރީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
14 އޮކްޓޯބަރު 2025

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
22 ސެޕްޓެމްބަރު 2025

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި
09 ސެޕްޓެމްބަރު 2025

ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ

09 ސެޕްޓެމްބަރު 2025
ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
05 އޯގަސްޓު 2025

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ލިބޭގޮތަށް ހަމަޖައްސައިފި

05 އޯގަސްޓު 2025
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ލިބޭގޮތަށް ހަމަޖައްސައިފި
21 ޖުލައި 2024

ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު، ދެ ދަރިވަރަކު ރާއްޖެއަށް އައުމަށް ބޯޑަރު ހުރަސްކޮށްފައިވޭ: ފޮރިން މިިނިސްޓްރީ

21 ޖުލައި 2024
ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު، ދެ ދަރިވަރަކު ރާއްޖެއަށް އައުމަށް ބޯޑަރު ހުރަސްކޮށްފައިވޭ: ފޮރިން މިިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް