Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-އީރާން ހަނގުރާމަ

'ހަނގުރާމައިގެ ޖަރީމާ': އިސްރާއީލުން އީރާނުގެ ފޮރިން މިނިސްޓްރީގެ އިމާރާތަށް ހަމަލާދީފި؛ ގިނަ ބަޔަކު ޒަޚަމްވި

ހަމަލާ ދިނުމާ ގުޅިގެން އިމާރާތަށާއި މިނިސްޓްރީގެ މުވައްޒަފުންނާއި އަދި އާންމު ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އީރާނުން ބުނޭ

ރާއްޖެ އެމްވީ | 16 ޖޫން 2025 | ހޯމަ 10:17
އީރާނުގެ ފޮރިން މިނިސްޓްރީގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ވަނީ ގެއްލުން ވެފައި - 15 ޖޫން 2025

އީރާނުގެ ފޮރިން މިނިސްޓްރީގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ވަނީ ގެއްލުން ވެފައި - 15 ޖޫން 2025

އިސްރާއީލުން ދިން ހަމަލާ އެއް އީރާނުގެ ފޮރިން މިނިސްޓްރީ އަށް އަމާޒުވެ، އިމާރާތަށާއި މުވައްޒަފުންނަށް ގެއްލުން ވެއްޖެއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ވެރިރަށް ތެހުރާނުގައި ހުންނަ އެ މިނިސްޓްރީގެ އިމާރާތަކަށް އިސްރާއީލުގެ ސިފައިން ހަމަލާ ދިނުމާ ގުޅިގެން އިމާރާތަށާއި މިނިސްޓްރީގެ މުވައްޒަފުންނާއި އަދި އާންމު ބައެއް މީހުންނަށް އަނިޔާވެފައިވާތީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ޑެޕިއުޓީ ފޮރިން މިނިސްޓަރ ސައީދު ހަތީބްޒާދާ ވިދާޅުވެފައި ވަނީ މިއީ "މުޖުރިމު އިސްރާއީލު ސަރުކާރުން" "ގަސްތުގައި" ހިންގި ކަމެއް ކަމަށެވެ.

"އަނިޔާވި މީހުންގެ ތެރޭގައި އެކުގައި މަސައްކަތް ކުރާ އެތައް ބަޔަކު ހިމެނޭ. އެމީހުން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދެވިފައި ވާނެ،" ހަތީބްޒާދާ ވިދާޅުވިއެވެ. އޭނާ އަކީ މިނިސްޓްރީގެ ފޮރިން ޕޮލިސީ ތިންކް ޓޭންކް ކަމުގައިވާ އިންސްޓިޓިއުޓް ފޮރ ޕޮލިޓިކަލް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (އައިޕީއައިއެސް) ގެ އިސްވެރިޔާ ވެސް މެއެވެ.

ހަތީބްޒާދާ މި ހާދިސާ ސިފަކުރެއްވީ "އަނެއްކާވެސް ހިންގި ފާޅުކަން ބޮޑު ހަނގުރާމައިގެ ކުށެއް" ގެ ގޮތުގައެވެ. އަދި މިއީ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އިސްރާއީލު ސަރުކާރުން ހިންގާ "ދެމިގެންދާ އަދި ސިސްޓަމެޓިކް އަނިޔާވެރިކަމުގެ" ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އީރާނަށް އިސްރާއީލުން ގެންދަނީ ހަމަލާ ދެމުންނެވެ. މި އަނިޔާވެރިކަން ވެރިރަށް ތެހެރާން ހިމެނޭ ގޮތައް ގައުމުގެ އެކި ސަރަޙައްދު ތަކަށް ދަނީ ހުއްޓުމެއް ނެތި އަމާޒު ވަމުންނެވެ.

އިސްރާއީލުގެ އަނިޔާވެރި ޓެރަރިސްޓް ޢަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ އަސްކަރީ ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އާންމު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ފަށާފައެވެ. މިއީ އިސްރާއީލުން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ހިންގާ އަސްކަރީ އޮޕަރޭޝަނެއް ކަމަށް އެ ގައުމުން ބުނެއެވެ.

ހަމަލާތަކުގައި އީރާނުން މިހާތަނަށް 128 މީހުން މަރުވެ، 900 މީހުން ޒަޚަމަވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ އަނެއް ކޮޅުން އިސްރާއީލުން ބުނީ 13 މީހުން މަރުވެ 370 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު