Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޑަކުދިންގެ ދުވަސް

ކުޑަކުދިންގެ ދުވަސް: ޓީޗަރުންގެ ފަރާތުން ތަފާތު މަންޒަރެއް

10 މެއި 2023 | ބުދަ 13:30

އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރީތި އާދަތައް އަށަގަންނުވަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 10 މެއި 2023 | ބުދަ 13:30
މާފަންނު މަދަރުސާއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން

މާފަންނު މަދަރުސާއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން

ކުޑަކުދިންނަކީ މާދަމާގެ މުސްތަގުބަލެވެ. ގައުމުގެ ދިރުމެވެ. ޚާއްސަކޮށް ބެލެނިވެރިން އެކުދިންނާ މެދު ގިނަ ހުވަފެންތައް ދެކެއެވެ. ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެ މަގުސަދު ހާސިލް ކުރެވޭނީ އެންމެ ތުއްތު އިރުން ފެށިގެންވެސް އެފަދަ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދީގެން ކަމާމެދު ޝައްކެއްނެތެވެ. އެ އުމުރަކީ އެކުދިން ހެދިބޮޑުވަމުން އަންނަ ދުވަސްވަރަށް ވުމާއެކު މި ދުވަސްވަރުގައި އެކުދިން، އެކުދިންނަށް ފެންނަ ކަންކަން ދަސްކުރާނެއެވެ. މީހުންނާއެކުވެ އުޅުމާއި، އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރީތި އާދަތައް އަށަގަންނުވާ މިއުމުރުގައި އެކުދިންނަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

މިއާދަ އަށަގެންނެވުމުގެ ގޮތުން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ސްކޫލަކީ މާފަންނު މަދަރުސާއޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެއެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، މާފަންނު މަދަރުސާއިން ވަނީ ޚާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ. ސަލްޓަން ޕާކުގައި ''ގަރޑެން ތީމް''އަށް ބޭއްވި ހަރަކާތްތައް ވަރަށް ފުރިހަމަ އެވެ. ކުޑަކުދިން ޝައުގުވެރިވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ވަނީ ހަމަޖައްސާފައެވެ. ހަވީރު ސަޔާއެކު ކޭކު ފެޅުމާއި އެކު ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކާއި އެކުވެ ވާހަކަ ދައްކާ، ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. އެކުދިންގެ ހިޔާލު ހޯދުމާއި، މެޖިކް ޝޯވ، ވާހަކަ ކިޔައިދިނުންގެ ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ތިމާވެށީގެ މުހިންމު ކަމާއި، ގަސްގަހާގެހިން ވެއްޓަށް ލިބޭ ހިމާޔަތުގެ މައްޗަށް އަލިއަޅުވާލައި، އެކުދިންގެ ހިތްތަކުގައި ވެއްޓަށް ލޯބި ޖެއްސުމަށް ވެސް އެކިއެކި ވާހަކަތައް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން އެކުދިން ހިތް ޖެހޭ ގޮތަށް ޓީޗަރުންނާއި ބެލެނިވެރިން ވެސް ތިބީ ގަރޑެން ތީމްއާ އެއްގޮތަށް ހެދުން އަޅައިގެންނެވެ. ކޮކާލާއި، މާބުރާ، ބަޅިނދު އަދި ދޫނި ސިފަވާ ގޮތަށެވެ. މިގޮތަށް ހެދުން އެޅުމުން ގިނަ ކުދިން އަންނަ ހިތުން އައިސް ހަރަކާތްތަކުގައި ބައިވެރިވާކަން މާފަންނު މަދަރުސާގެ ޓީޗަރުން ފާހަގަކުރެއެވެ. ކުޑަކުދިންގެ ދުވަހެއް ކުލަ ގަދަކޮށް ފާހަގަކުރާއިރު، އެކުދިން އެދޭ ގޮތަށް ހުރިހާ ކަމެއް ކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެސްކޫލުން ފާހަގަކުރެއެވެ.

އެސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޔޫސުފް ރާއްޖެއެމްވީއަށް ވިދާޅުވީ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސްކޫލުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި، އެ ހަރަކާތްތަކުން ވެސް ކުދިންނަށް ގިނަކަންކަން ދަސްވެގެންދާނެ ކަމަށެވެ. އަދި ގަރޑްން ތީމާއެއް ގޮތަށް ހެދުން އަޅައި ތައްޔާރުވީ އިތުރަށް އެކުދިން އުފާކޮށް ދިނުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރިންސްކޫލުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި ގުޅޭގޮތުން މާފަންނު މަދަރުސާ ގެ ޓީޗަރުން ބުނެފައިވަނީ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ކާމިޔާބު ހަރަކާތްތަކެއް ކުރިއަށް ގެންދެވެނީ ބެލެނިވެރިންގެ ސަބަބުން ކަމަށެވެ. މާފަންނު މަދަރުސާއިން މިހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހުރިހާ ކުދިންގެ ބައިވެރިވުމާއެކުއެވެ.

މާފަންނު މަދަރުސާގެ އިތުރުން ވެސް ގިނަ ސްކޫލުތަކުން ކުޑަކުދިންގެ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކުދިންގެ މިޒާޖާ ގުޅޭ ގޮތަށް އެއްވެސް ކުއްޖެއް ބާކީނުވާނެހެން އިންތިޒާމްތައް ހަމަޖައްސަން ޖެހެއެވެ. ބާއްވާ ހަރަކާތްތަކުން ވެސް ކުދިންނަށް ފައިދާ ކުރާ އިލްމެއް ދަސްވާނެ ގޮތަކަށެވެ.

މާފަންނު މަދަރުސާއިން ކުޑަކުދިންގެ ދުވަސް ސްކޫލުގެ މާހައުލުން ބޭރުގައި ފާހަގަކޮށްފައިވަނީ، ސްކޫލުގެ ބޭރުން އުފާވެރި މާހައުލެއްގައި ކުޅެލުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައެވެ. ޕާކަކީ އަބަދުވެސް ކުދިން ދާ ހިތްވާ ތަނަކަށްވާއިރު، މިދުވަސް ފާހަގަކުރުމަށް އެންމެ އެކަށޭނެ މާހައުލަކީ ޕާކު ކަމަށް އެސްކޫލުން ދެކެއެވެ. މީގެ އިތުރުން ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުން ގުޅުންތައް އިތުރަށް ބަދަހިވެގެން ދެއެވެ. އެއްކުއްޖެއް އަނެއް ކުއްޖެއްގެ ބެލެނިވެރިންނާއި ބަައްދަލުވެ، އިތުރަށް އެކުވެރިކަން ބަދަހިވެގެންދެއެވެ. އެކުވެރި މާހައުލަކުން ޓީޗަރުންނާއި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބި، ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ލިބިގެން ދެއެވެ. ކުދިންނަށް ކިޔަވައިދިނުމުގައި ރަނގަޅުކޮށްލަން ޖެހޭ ކަންކަން އެނގިގެންދެއެވެ. އެހެންކަމުން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާއިރު، ހުރިހާ ގޮތަކުން ފައިދާ ކުރާ ގޮތަކަށް ހަރަކާތްތައް އިންތިޒާމް ކުރުމަކީ ކުދިންނާއި، ބެލެނިވެރިން އަދި ޓީޗަރުންނަށް ވެސް ލިބޭ ކުރިއެރުމެކެވެ. އުފަލެކެވެ.

ކުޑަ ކުދިންމާފަންނު މަދަރުސާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2024

ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރު މިނިވަން ކޮށްފި

18 ޑިސެމްބަރު 2024
ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރު މިނިވަން ކޮށްފި
08 ޑިސެމްބަރު 2024

މާފަންނު މަދަރުސާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލުމުން ރައީސް ގޮވާލެއްވީ މާލޭ ސިޓީ ކައުންސިލުން ސަރުކާރާއި ގުޅިގެން ސްކޫލްގެ ކަންކަން ފުރިހަމަކޮށްދިނުމަށް

08 ޑިސެމްބަރު 2024
މާފަންނު މަދަރުސާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލުމުން ރައީސް ގޮވާލެއްވީ މާލޭ ސިޓީ ކައުންސިލުން ސަރުކާރާއި ގުޅިގެން ސްކޫލްގެ ކަންކަން ފުރިހަމަކޮށްދިނުމަށް
08 ޑިސެމްބަރު 2024

އަންނަ އަހަރު މާފަންނު މަދަރުސާގެ ތިރީގައި އިތުރު ހޯލެއް ބިނާކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2024
އަންނަ އަހަރު މާފަންނު މަދަރުސާގެ ތިރީގައި އިތުރު ހޯލެއް ބިނާކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
05 ޑިސެމްބަރު 2024

ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރަކަށް ދައުވާ ކުރުމަށް ފޮނުވައިފި

05 ޑިސެމްބަރު 2024
ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރަކަށް ދައުވާ ކުރުމަށް ފޮނުވައިފި
23 ނޮވެމްބަރު 2024

ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ

23 ނޮވެމްބަރު 2024
ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ
02 އޮކްޓޯބަރު 2024

ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ބަލަނީ

02 އޮކްޓޯބަރު 2024
ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ބަލަނީ
26 އޯގަސްޓު 2024

ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

26 އޯގަސްޓު 2024
ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
12 މެއި 2024

ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ވަނީ ފަށާފައި: އިހުސާން

12 މެއި 2024
ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ވަނީ ފަށާފައި: އިހުސާން
11 މެއި 2024

މި އަހަރުގެ ކުދިންގެ އާބާދީއަކީ 134،121 ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި

11 މެއި 2024
މި އަހަރުގެ ކުދިންގެ އާބާދީއަކީ 134،121 ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި
09 އެޕްރީލު 2024

ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް

09 އެޕްރީލު 2024
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް