Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނަލް މެސީ

ސައުދީ ލީގަށް މެސީ ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް

މެސީ ގޮތެއް ނިންމާނީ މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 02:59
ދާދި ފަހުން ސައުދީ އަށް މެސީ ކުރި ދަތުރުގެ ތެރެއިން

ދާދި ފަހުން ސައުދީ އަށް މެސީ ކުރި ދަތުރުގެ ތެރެއިން

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ސައުދީ ލީގުގެ ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ބައްޕަ ޖޯޖު ދޮގުކޮށްފި އެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި މެސީ މިހާރު ވަނީ ސައުދީގެ ކުލަބަކުން ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށްފަ އެވެ. މީގެ އިތުރުން އެކަން އޮތީ ނިމިފައި ކަމަށާއި، ޕީއެސްޖީގެ އެއްބަސްވުން ހަމަވުމުން މެސީ އެ ކުލަބަށް ބަދަލުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ސައުދީ ލީގުގެ އަލް ހިލާލުން ވަނީ މެސީ ހޯދުމަށް ބޭނުންވާތީ، ބޮޑު އަގުގެ ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން މެސީގެ ބައްޕަ ޖޯޖު ބުނީ، އަންނަ ސީޒަނުގައި އެއްވެސް ކުލަބަކަށް ގުޅެން މިހާތަނަށް މެސީ އެއްބަސްވެފައި ނުވާނެ ކަމަށެވެ. އޭނާ ބުނީ މެސީ އެކަމާ މެދު ގޮތެއް ނިންމާނީ މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު އެވެ. ޕީއެސްޖީއާއެކު މިހާރު ކުރިއަށްދާ ސީޒަން ނިމުމުގެ ކުރިން މުސްތަޤުބަލުގެ އެއްވެސް ކަމެއް ނުނިންމާނެ ކަމަށް ޖޯޖު ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ޖޯޖު ބުނީ އަބަދު ވެސް އެކި ތަންތަނުގައި، އެކި ގޮތްގޮތަށް މެސީގެ ނަން އަންނަނީ ބޭނުން ކުރަމުން ކަމަށާއި، ނަމަވެސް މިހާތަނަށް އެއްވެސް ބަޔަކާއެކު އެއްބަަސްވުމެއްގައި ސޮއި ކޮށްފައި ނުވަތަ އަނގަބަހުން ވެސް އެއްބަސްވުމަކަށް އައިސްފައި ނުވާނެ ކަމަށެވެ. މެސީގެ ބައްޕަ ޖޯޖު ވަނީ މީޑިއާތަކުން ފަތުރަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް ޔަގީންކޮށްދީފަ އެވެ. އަދި އެއީ އެއްވެސް ހެއްކެތް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މެސީ ސައުދީ ލީގުގެ ކުލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވީ ދާދި ފަހުން އޭނާ ސައުދީ އަރަބިއްޔާ އަށް ކުރި ދަތުރަށްފަހު އެވެ. މިހާރު ކުޅެމުން އަންނަ ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ދެ އަހަރުގެ އެއްބަސްވުން ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިހާތަނަށް ޕީއެސްޖީން އެއްބަސްވުން އައު ކުރުމަށް ހުށަހެޅި ނަމަވެސް، މެސީ އެކަން ކޮށްފައެއް ނުވެ އެވެ. އެކަން އެގޮތަށް އޮއްވާ ސައުދީ އަށް މެސީ ކުރި ދަތުރާއެކު ޕީއެސްޖީން ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް މައާފަށް އެދުމަށް ފަހު މިހާރު މެސީ ވަނީ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފަ އެވެ. އަނެއްކޮޅު ބާސެލޯނާ އިން މިހާރު އަންނަނީ އަލުން މެސީ އެ ކުލަބަށް ގެންދިޔިމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ.

ލިއޮނެލް މެސީޕީއެސްޖީސައުދީ ޕްރޯ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު