Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލައުރެއުސް އެވޯޑް

ބާސެލޯނާގައި އުފާވެރި ދުވަސްތަކެއް ހޭދަކުރިއިރު ޤައުމީ ޓީމުގައި ތަހައްމަލު ކުރީ ހިތްދަތިކަން: މެސީ

މެސީ ސިފަ ކުރި ގޮތުގައި ގާތްގަނޑަކަށް އެކަން ޙާސިލް ކުރުމަށް އޭނާގެ މުޅި ކެރިއަރު ހޭދަ ކުރަން ޖެހުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 02:53
ލައުރެއުސް އެވޯޑު ހަފްލާގައި މެސީ

ލައުރެއުސް އެވޯޑު ހަފްލާގައި މެސީ

ކުރީގެ ކުލަބު، ސްޕެއިންގެ ބާސެލޯނާގައި އުފާވެރި ދުވަސްތަކެއް ހޭދަކުރިއިރު، ޤައުމީ ޓީމާއެކު ހޭދަ ކުރަން ޖެހުނީ ހިތްދަތި ދުވަސްތަކެއް ކަމަށް ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ ލައުރެއުސް އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ޝަޚުސިއްޔަތަކަށް އޭނާއަށް ލިބުމާ ގުޅިގެން ވާހަކަ ދައްކަމުންނެވެ. މެސީ ބުނީ، އަބަދު ވެސް އެކަހަލަ އެވޯޑުތަކާއި، ކާމިޔާބީތައް ލިބުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ޓީމު ކުޅިވަރުގައި މިދިޔަ އަހަރަކީ އޭނާ އަށް އެންމެ އުފާވެރި އެއް އަހަރު ކަމަށެވެ. އެއީ ޤައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވުން ކަމަށް އޭނާ ފާހަގަ ކުރި އެވެ. މެސީ ފާހަގަ ކުރި ގޮތުގައި އެކަން ހާސިލް ކުރުމަށް ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުނެވެ. އެގޮތުން މެސީ ސިފަ ކުރި ގޮތުގައި ގާތްގަނޑަކަށް އެކަން ޙާސިލް ކުރުމަށް އޭނާގެ މުޅި ކެރިއަރު ހޭދަ ކުރަން ޖެހުނެވެ. އެހެން ނަމަވެސް އެންމެ ފަހުން އެކަން ހާސިލްވުމުން އުފާވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މެސީ ބުނީ އެއީ އޭނާ އަށް ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އިހުސާސްވާ ކަމަށެވެ. ސަބަބަކީ ބާސެލޯނާ އާއެކު އެތައް އުފާވެރި ކާމިޔާބީތަކެއް ހޯދިއިރު، ޤައުމީ ޓީމާއެކު ހިތްދަތިކަން ތަހައްމަލު ކުރަން ޖެހުން ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް މެސީ ބުނީ އެކަން ހާސިލް ކުރެވުނީ ހުއްޓުމުއް ނެތި އޭނާ ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އާޖެންޓީނާ ޤައުމީ ޓީމުގެ އެންމެހައި ކުޅުންތެރިންނާއި، އެ ޤައުމުގެ އެންމެހައި ރައްޔިތުންނާއެކު އެކަމުގެ އުފާ ފާޅު ކުރަން ކަމަށް އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

މެސީ އަކީ މިއެވޯޑު އެއް ފަހަރަށްވުރެ ގިނަ ހޯދި ހަމައެކަނި ކުޅިވަރު ޝަޚުސިއްޔަތެވެ. މީގެ އިތުރުން ވެސް މެސީ ވަނީ ފުޓުބޯޅައިގެ އެތައް ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު މެސީ ވަނީ ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. މެސީ އަކީ ބެލެންޑޯ ވެސް އެންމެ ގިނައިން ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ޔޫރަޕުގެ އެންމެ ގިނަ ރަން ބޫޓު ވެސް މިހާތަނަށް ހާސިލްކޮށްފައި ވަނީ މެސީ އެވެ. މެސީ ވަނީ ޔޫރަޕުގެ ރަން ބޫޓު ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ލައުރެއުސް ސްޕޯޓްސް އެވޯޑްސްލިއޮނެލް މެސީބާސެލޯނާއާޖެންޓީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު