Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާންޖީ ރެސްޓޯރަންޓްގައި ހިނގި މަރު

އާބިދަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން އިއްވުން މިއަދު ކުރިއަށް ނުގެންދެވުނު

މި އަޑުއެހުމުގައި ތާވަލު ކޮށްފައި އޮތީ ހެތްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2023 | އަންގާރަ 06:34
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވަނީ ދައުލަތާއި ދައުވާލިބޭ ފަރާތުންވެސް އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވާތީއެވެ.

އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި އަޑުއެހުމުގައި ތާވަލު ކޮށްފައި އޮތީ ހެތްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމެވެ.

އެއަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއުއެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 29 ޖެނުއަރީގައެވެ. އެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރުގެ ހެކިބަސް ނެގުމެވެ.

ހެކިވެރިޔާ ވިދާޅުވިގޮތުގައި 5 ވަޅިއަކާއި އަންނައުނުގެ އިތުރުން، ޑީއެންއޭ ތަހުލީލަށް ބޭނުންވާ ސްވޮބްތަކެއް އޭނާ ވަނީ މި މައްސަލައާ ގުޅިގެން ތަހުލީލުކޮށްފައެވެ.

މި މައްސަލާގައި ދައުލަތުގެ ޝަފަހީ ހެކިންގެ ތެރެއިން 2 ހެތްކެއްގެ ހެކިބަސް އަދި ނެގިފައެއް ނުވެއެވެ. އެއީ ޑެތު ސަމަރީ ތައްޔާރުކުރެއްވި ޑޮކްޓަރާއި އިތުރު ފަރާތެކެވެ. އެ ދެ ހެކިންނަކީވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކެއް ކަމުން، ޝަރީއަތަށް ހާޒިރުކުރުމުގައި ވަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ނަމަވެސް އެ ހެކިންގެ ރިޕޯޓު ޝަރީއަތަށް ބަލައިގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އޭގެ އިތުރުން، އެ ދެފަރާތުގެ ހެކިބަސް އިތުރަށް ކުރިއަށް ނުގެންދެވުމަށްވެސް ގާޒީ ވަނީ އެކަށީގެންވާ ސަބަބާއެކު ނިންމަވާފައެވެ. ދައުލަތުންވެސް އެކަމަށް އިއުތިރާޒެއް ނުކުރެއެވެ.

އާބިދު ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭކަމަަށާއި، ގަސްދު މަރުގެ ދައުވާއަށް އިންކާރުކުރާކަމަށް އޭނާ ބުނެއެވެ.

ކްރިމިނަލް ކޯޓްމަރު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު