Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލުން ނުކުންނާނީ ހާލަންޑު ހުއްޓުވާކަށް ނޫން، މުޅި ސިޓީ ހުއްޓުވަން

9 މެއި 2023 | އަންގާރަ 05:01

ޕްރެސް ކޮންފަރެންސް ފަށަމުން ވެސް އަންޗެލޮޓީ ބުނީ، ހާލަންޑަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިޔެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މެއި 2023 | އަންގާރަ 05:01
ރެއާލްގެ ފަރިތަކުރުމުގައި ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލްގެ ފަރިތަކުރުމުގައި ކޯޗު ކާލޯ އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ނުކުންނާނީ އާލިން ހާލަންޑު ހުއްޓުވުމަށް ނޫން ކަމަށާއި، މުޅި ސިޓީ ހުއްޓުވުމަށް ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ރެއާލްގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ޕްރެސް ކޮންފަރެންސް ފަށަމުން ވެސް އަންޗެލޮޓީ ބުނީ، ހާލަންޑަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ހާލަންޑަކީ މުޅިން އެހެން ފެންވަރެއްގެ ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް ލަނޑު ޖެހުމުގައި ހާލަންޑު އެކަން ސާބިތުކޮށްދޭ ކަމަށާއި، އެހެންކަމުން އެއީ ނުރައްކަލެއް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އެހެން ނަމަވެސް އޭނާ ބުނީ ހަމައެކަނި ހާލަންޑުގެ ވާހަކަ ދެއްކުމަކީ ސިޓީގައި އޮތް ވަރުގަދަ ސްކޮޑުގެ ވާހަކަ ދެއްކުން ނޫން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ސިޓީ އަކީ އެޓޭކުގައި ވެސް އަދި ޑިފެންސްގައި ވެސް ވަރަށް ވަރުގަދަ ޓީމެކެވެ. އެހެންކަމުން ރެއާލުން މެޗަށް ގެންގުޅޭ ވިސްނުމަކީ ހާލަންޑު ހުއްޓުވުން ނޫން ކަމަށާއި، ނަމަވެސް ވިސްނުމަކީ "ނުހުއްޓުވޭ" ފެންވަރުގައި އޮތް ޓީމެއް ހުއްޓުވުން ކަމަށެވެ. އެ ވިސްނުމުގައި ނިކުމެ ރެއާލަށް މެޗުން މޮޅުވެވޭނެ ގޮތްތަކެއް ހުރި ކަމަށް ވެސް އަންޗެލޮޓީ ޤަބޫލުކުރެ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ މެޗުގައި ރަނގަޅު ފެންވަރެއްގައި ޑިފެންސްކޮށްފި ނަމަ، އެންމެ ކުޑަ މިނުން ހަމަހަމަ ނަތީޖާއެއް ލިބޭނެ އެވެ. ނަމަވެސް އޭގެ މާނަ އަކީ މެޗުގައި ރެއާލުން އެޓޭކު ނުކުރާނެއޭ ނޫން ކަމަށާއި، ސަބަބަކީ ރެއާލްގައި އެކަން ކުރެވޭނެ ފެންވަރު ވެސް އޮތުން ކަމަށެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ އެންމެ ފަހުން މިދިޔަ އަހަރު ވެސް ރެއާލުން ކުރި ހޯދީ ލަނޑު ޖަހައިގެން ކަމަށާއި، މުބާރާތުގައި އޭރު ރެއާލް އިތުރަށް ކުރިއަށްދާނެ ކަމަށް ޤަބޫލު ކުރި މީހުން ވެސް މަދު ކަމަށެވެ. އެހެންކަމުން އެކަމުން ހިތްވަރު ލިބިގަނެގެން އެއީ ކުރިއަށްދާނެ މަގެއްގެ ގޮތުގައި އަންޗެލޮޓީ ފާހަގަ ކުރި އެވެ.

އިތުރަށް އޭނާ ބުނީ އެންމެ ވާދަވެރި ވާނީ ދެ ވަނަ ލެގު ކަމަށާއި، އެހެންކަމުން ފުރަތަމަ ލެގުގައި ރެއާލަށް ނެގެން އޮތް ކުޑަ އެޑްވާންޓޭޖު ނަގަން މަސައްކަތް ކުރާނެ ކަމަށެވެ. ރެއާލްގެ ދަނޑުގައި އެ ޓީމުން ސިޓީއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްމެންޗެސްޓަރ ސިޓީއާލިން ބްރައުޓް ހާލަންޑްކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް