Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ލަމްޕާޑާއެކު ޗެލްސީއަށް ފުރަތަމަ މޮޅު

ބޯންމައުތު އަތުން ޗެލްސީ މޮޅުވީ 3-1ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 6 މެއި 2023 | ހޮނިހިރު 16:38
ޗެލްސީގެ ތިންވަނަ ލަނޑަށްފަހު ފެލިކްސް އުފާފާޅުކުރަނީ

ޗެލްސީގެ ތިންވަނަ ލަނޑަށްފަހު ފެލިކްސް އުފާފާޅުކުރަނީ

ވަގުތީ ކޯޗު، ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެދަށުން ޗެލްސީ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ލަމްޕާޑާއެކު ޗެލްސީއަށް މޮޅެއް ލިބުނީ ފުރަތަމަ ހަ މެޗުން ބަލިވުމަށްފަހުއެވެ. ޗެލްސީ މޮޅެއް ހޯދީ އިނގިރޭސި ޕްރިމިއަރ ލީގުގައި 3-1ން ބޯންމައުތު ބަލިކޮށްގެންނެވެ. 1-1ން އެއްވަރުވާންދިޔަ މެޗު ޗެލްސީން ކާމިޔާބުކުރީ ފަހު އަށް މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ޗެލްސީއަށް ކުރިހޯދައިދިނީ ނުވަވަނަ މިނިޓްގައި ގަލަގާއެވެ. 21 ވަނަ މިނިޓްގައި މަތިއަސް ވިނިއާ ލަނޑެއް ޖަހައި ބޯންމައުތަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ޗެލްސީއަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ ބެނިއޯ ބަޑިއެޝީލޭއެވެ. ލީޑް ފުޅާކޮށްދިނީ ޔާއޯ ފެލިކްސްއެވެ. 84 ވަނަ މިނިޓްގައި ކުޅެން ނިކުމެ، އޭނާ ލަނޑުޖެހީ 86 ވަނަ މިނިޓްގައެވެ. މިމެޗުގައި ރަހީމް ސްޓަރލިންގއަށްވެސް ފުރުސަތު ދިނީ ދެވަނަ ހާފްގައެވެ. ފުރަތަމަ އެގާރައިން ޖާގަދިން ނޮނީ މަޑުއެކޭ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ. މިމެޗުގެ ކުރިން ލަމްޕާޑާއެކު ޗެލްސީން ލީގުގައި ކުޅުނު ހަތަރު މެޗުން ބަލިވިއެވެ. ސީޒަންގެ ނިޔަލަށް ލަމްޕާޑް ކޯޗުކަމާ ހަވާލުވީ މިދިޔަ އޭޕްރީލް މަހުއެވެ. ލީގުގެ ހަތަރު މެޗުގެ އިތުރުން ޗެމްޕިއަންސް ލީގު ދެ މެޗުންގައިވެސް ލަމްޕާޑާއެކު ޗެލްސީ ބަލިވިއެވެ. މިއީ ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވި ދެވަނަ ފަހަރެވެ.

މެޗުން ބަލިވި ބޯންމައުތަށް ރެލިގޭޝަންގެ ބިރު އެބައޮތެވެ. މިވަގުތު 14 ވަނާގައި އޮތަސް ރެލިގޭޝަނާ ދެމެދު އޮތީ 9 ޕޮއިންޓްގެ ފަރަގެކެވެ. ޗެލްސީ ވަނީ 42 ޕޮއިންޓާއެކު 11 ވަނައަށް ޖެހިލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު