Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ ދާއިރާގެ މުސާރަ

"ސިއްހީ ދާއިރާގެ މުސާރައަށް އައި ބަދަލާއެކު، މުވައްޒަފުން ހިޖުރަކުރުން މި މަހުގެ ތެރޭގައި ކުރިއަށްދާނެ"

ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، މިހާރު އަހަރަކު 1 ބިލިއަން ރުފިޔާ ހޭދަވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 މެއި 2023 | ހޮނިހިރު 15:01
ނަރުހުން

ނަރުހުން

ސިއްހީ ދާއިރާގެ މުސާރައަށް އައި ބަދަލާއެކު, މުވައްޒަފުން ހިޖުރަކުރުން މި މަހުގެ ތެރޭގައި ކުރިއަށްދާނެކަމަށް، ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޑރ. ފައިޒަލް ވިދާޅުވީ، ކުރިއަށް ހުރި ހަފުތާތަކުގައި ވަކިވަކި މުވައްޒަފުންނާ ގުޅުންހުރި ކަންކަން ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރައްވާނެ ކަމަށެވެ. ޕޭ ހަރމަނައިޒޭޝަނާއެކު ކުރާ ހަމައެކަނި މަސައްކަތަކީ މުސާރަ އެއްހަމަކުރުން ނޫންކަމަށާއި، އެ މަސައްކަތްތައް ކުރަނީ އެކި ފަންނުގެ މުވައްޒަފުންނާ މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުވައްޒަފުންގެ މަސައްކަތްތައް ތަރުތީބުކުރަނީ ކޮލިފިކޭޝަންގެ މައްޗަށް ބިނާކޮށް، ކުރިއަށް ދެވޭނެ މަގު މުވައްޒަފުންނަށް ލިބޭނެގޮތަށް ކަމަށް ޑރ. ފައިޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލުތަކަށް އަހުލުވެރިވުން ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދާރާތަކުން މުވައްޒަފުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަގުތުކޮޅެއް ނަގާނެކަަމަށް ޑރ. ފައިޒަލް ވިދާޅުވިއެވެ.

މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ސިއްހީ ދާއިރާ ހިމެނޭހެން ތިން ދާއިރާގެ މުސާރަ ވަނީ ބަދަލުކޮށްފައެވެ. އޭގެތެރޭގައި ތައުލީމީ ދާޢިރާއާއި މަތީ ތައުލީމުގެ ދާއިރާ ހިމެނެއެވެ. އެގޮތުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިހާރު އަހަރަކު 1 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ޑރ. ފައިޒަލް ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސްވެސް މިހާރު ބޮޑުކޮށްފައިވާކަމަށް ފައިޒަލް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރަމުން ދަނީ ނޭޝަނަލް ޕޭ ފްރޭމްވަރކާއެކު އެކި ދާއިރާތަކުގައި ހުރި މުސާރައިގެ ފަރަގު ނައްތާލުމަށެވެ. މީގެ އިތުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން، ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބޭނެފަދަ ގޮތަކަށް ފްރޭމްވަރކް އެކުލަވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު