Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ކްލޮޕް ބުނީ ލިވަޕޫލްގެ ކާމިޔާބީތައް ގުޅިފައި ވަނީ މިލްނާއާ ކަމަށް

7 މެއި 2023 | އާދީއްތަ 02:11

ކުލަބު ދޫކޮށްލަން ނިންމުމަކީ މިލްނާގެ އަމިއްލަ ނިންމުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2023 | އާދީއްތަ 02:11
ލިވަޕޫލްގެ ކޯޗު ކްލޮޕް އަދި މިލްނާ

ލިވަޕޫލްގެ ކޯޗު ކްލޮޕް އަދި މިލްނާ

ފާއިތުވި ހަތް އަހަރުގެ ތެރޭގައި ލިވަޕޫލުން ހޯދާފައިވާ ކާމިޔާބީތައް ގުޅިފައި ވަނީ މިލްނާއާ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ އަށް އަހަރު ދުވަހަށް ފަހު ލިވަޕޫލް ދޫކޮށް މިލްނާ ބްރައިޓަނަށް ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އަބަދުވެސް މިލްނާއާއެކު އޮންނާނީ ވަރަށް ގާތް އަދި ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި އޭނާ މިލްނާ ރޭޓު ކުރާ މިންވަރު މިލްނާ އަށް އެނގޭނެ ކަމަށާއި، ކުލަބު ދޫކޮށްލަން ނިންމުމަކީ މިލްނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އެހެންކަމުން ކޯޗުގެ ހައިސިއްޔަތުން އެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި، އަދި ކުރާނެ ކަމަށް ކްލޮޕް ބުންޏެވެ. މީގެ އިތުރުން ކްލޮޕް ސިފަ ކުރި ގޮތުގައި ފާއިތުވި ހަތް އަހަރު ލިވަޕޫލަށް މެދުވެރިވި ރަނގަޅު ކަންކަމާއި، ކާމިޔާބީ މިލްނާ ނެތް ނަމަ މެދުވެރި ނުވީހެވެ.

ވާދަވެރި މެންޗެސްޓަރ ސިޓީ ދޫކޮށް މިލްނާ ލިވަޕޫލަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ އަހަރު އޭނާ ވަނީ ލިވަޕޫލްގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސައިފަ އެވެ. މިލްނާ ވަނީ ލިވަޕޫލްގެ ކެޕްޓަން ބޭންޑު އަޅައިގެން ވެސް ކުޅެފަ އެވެ. އަށް އަހަރުގެ ތެރޭގައި އޭނާ ވަނީ މިހާތަނަށް ލިވަޕޫލަަށް 328 މެޗު ކުޅެދީ 26 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެ ކުލަބާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެވެ. މީގެ އިތުރުން ކަރަބޯ ކަޕްގެ ފައިނަލެއްގައި އެއް ފަހަރު، ޗެމްޕިއަންސް ލީގު ފައިނަލްގައި ދެ ފަހަރު އަދި ޔުއެފާ ޔޫރޮޕާ ލީގު ފައިނަލްގައި އެއް އަހަރު ވަނީ ކުޅެފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި
28 ޖުލައި 2017

ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން: ކްލޮޕް

28 ޖުލައި 2017
ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން: ކްލޮޕް
26 ޖުލައި 2017

ލިވަޕޫލް އިން ހަރަދުކުރަން ޖެހިލުމެއް ނުވާނެ: ކްލޮޕް

26 ޖުލައި 2017
ލިވަޕޫލް އިން ހަރަދުކުރަން ޖެހިލުމެއް ނުވާނެ: ކްލޮޕް
23 މެއި 2017

ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި

23 މެއި 2017
ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި
22 މެއި 2017

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

22 މެއި 2017
ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް