Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފިލިޕޭ ކުޓީނިއޯ

ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން: ކްލޮޕް

ކުޓީނިއޯ ވަނީ ލިވަޕޫލްއާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 ޖުލައި 2017 | ހުކުރު 13:27
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކްލޮޕް ބުނީ ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށާއި، އެ ނިންމުމަކީ ކްލަބްގެ އިތުރުން އޭނާގެވެސް ނިންމުން ކަމަށެވެ.

ކްލޮޕް ބުނީ ކުޓީނިއޯ ލިވަޕޫލްދެކެ ވަރަށް ލޯބިވާ ކަމަށާއި، މިވަގުތު އޭނާ ހުރީ ކްލަބާއެކުގައި ކަމަށެވެ. އެގޮތުން ކުޓީނިއޯއާ މެދު އިތުރަށް ދެން ދެއްކޭނެ ވާހަކައެއްވެސް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުޓީނިއޯ ބެހޭގޮތުން ކްލޮޕް މިހެން ބުނެފައިވަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާ އިން އޭނާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

ސްޕެއިންގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯގެ ޓްރާންސްފާއާ ގުޅިގެން ބާސާ އަދި ލިވަޕޫލް ވަނީ މަޝްވަރާކޮށްފައި ކަމަށާއި، އެ ދެ ކްލަބުން ވަނީ ޓްރާންސްފާއާ ގުޅިގެން އެއްބަސްވުމަކަށް އައިސްފައި ކަމަށެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް ޝައުގުވެރިވާ ކުޓީނިއޯ ހޯދުމަށް ބާސާއިން ވަނީ ޖެނުއަރީ ޓްރާންސްފާގައިވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލާއެކު އެއްބަސްވުން ހަދާފައިވާ ކުޓީނިއޯ ދޫކޮށްލަން ލިވަޕޫލުން އެފަހަރު އެއްބަހެއް ނުވިއެވެ.

ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 24 އަހަރުގެ ކުޓީނިއޯ ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަށް ކުޅުނު 182 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު