Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރައިމަރީ ހެލްތުކެއަރގެ ނިޒާމު

ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމު މުހިންމު: މިނިސްޓަރު

5 މެއި 2023 | ހުކުރު 17:22

ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމަކީ އައު ނިޒާމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 5 މެއި 2023 | ހުކުރު 17:22
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ

ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ ރަނގަޅު އެއް ނިޒާމަކީ ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމު ކަމަށާއި، އުންމީދަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިގެން ދިއުން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޕްރައިމަރީ ހެލްތް ކެއަރ އާލާކޮށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ފ.އަތޮޅުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ނަސީމް ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށާއި، މިފަހުން ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމު އާލާކޮށް ހަރުދަނާކުރުމުގެ އަމަލީ މަސައްކަތް ކަމަށެވެ. މަސައްކަތް ކުރަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށާއި، މި ސަރުކާރުން ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ ސިއްހީ މަރުކަޒުތަކާއި ސިއްހީ ޚިދުމަތްތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ދޭ ޚިދުމަތް ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާ ކަމަށެވެ.

ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމަކީ އައު ނިޒާމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭން ބަލިތައް ކޮންޓްރޯލްކޮށް އަދި ބައެއް ބަލިތައް ނައްތާލުމުގެ އެންމެ ބުރަ އެންމެ އަސާސީ މަސައްކަތްތައް ކުރީ އެ ނިޒާމުގެ ތެރެއިން ކަމަށެވެ. ސިއްހީ މަރުކަޒުތައް ބިނާ ކުރެވި ގިނަ ޚިދުމަތްތައް ރައްޔިތުން މަރުކަޒަށް އައިސްގެން ހޯދާގޮތަށް ބަދަލުވެ، ޕްރައިމަރީ ހެލްތު ކެއަރ އަށް އިހުމާލުވެ ފަރުވާ ކުޑަކުރެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ސިއްހީ މައުލޫމާތާ ދުރުވެ، ދުރާލާ ބަލިތަކުން ރައްކާތެރިވުމުގެ ވިސްނުމާ ވެސް ދުރުވި ކަން، ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު ސިއްހީ ގޮތުން ނޭދެވޭ އާދަތަކަށް ހުށަހެޅި، ހަމައެކަނި ބަލިވުމުން ނޫނީ ސިއްހަތާމެދު ވިސްނާ ނުލުމަކީ ގިނަ މީހުންގެ އާދަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ގޮތުން ހޭލުންތެރި، ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރި ޖީލެއް އުފެއްދުމަށް، ސިއްހީ ހާލަތު ދުރާލާ ދެނެގަތުމަށް، ތިމާގެ ވަށައިގެންވާ އެންމެހާ މާހައުލުތަކަކީ ސިއްހީ ގޮތުން އެކަށީގެންވާ މާހައުލުތަކަކަށް ހެދުމަށް، ޕްރައިމަރީ ހެލްތުގެ ގެ ނިޒާމު އެހީތެރިވެދޭ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ފ.އަތޮޅުގައި ހެލްތް ކެއަރ ނިޒާމު ތައާރަފް ކުރެވިގެން ދިއުމާއެކު އެ އަތޮޅުގެ 18 އަހަރުން މަތީގެ ރައްޔިތުންގެ 80 އިންސައްތަ އަށް ވުރެ ގިނަ ރައްޔިތުންގެ މައުލޫމާތު އެއްކުރެވި އެމީހުންގެ ސިއްހީ ހާލަތު ދެނެގަނެވި، އެފަރާތަތަކަށް ދޭންވާ ލަފާއާއި އިރުޝާދުދީ އަދި ބޭސް ފަރުވާ ދޭންޖެހޭ ފަރާތްތަކާ ފަރުވާ ދޭން ފެށިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އެހެން އަތޮޅުތަކުގައި ވެސް ވަރަށް އަވަހަށް މި މޮޑެލްއަށް ޚިދުމަތް ދޭން ފެށޭނެ ކަމަށާއި، މިއީ ރަށުފެންވަރުގައި މިހާތަނަށް ލިބެމުންދިޔަ ސިއްހީ ޚިދުމަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނޭ އުއްމީދީ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ޕްރައިމަރީ ހެލްތުކެއަރގެ އުސޫލުތަކުގެ މައްޗަށް ބިންގާ އެޅިގެންދެވޭ ޚިދުމަތަކީ، ސިއްހީ ޚިދުމަތުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ފަހި މަގު ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އުއްމީދަކީ ޕްރައިމަރީ ހެލްތުކެއަރ ހަރުދަނާކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެން ދިއުން ކަމަށާއި، އުއްމީދަކީ، ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ މި ހެޔޮ ފާލުގައި، ރައްޔިތުންނާ ސަރުކާރާއި ގުޅިގެން މި ފެށި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ދިއުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް