Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަބީ އަލޮންސީ

ޒަބީ އަލޮންސޯގެ ފޯކަސް ހުރީ ލެވަކޫސަނަށް، ދޮގު ވާހަކަތަކަށް އޭނާ ފަރިތަ

5 މެއި 2023 | ހުކުރު 19:19

އަންނަ ސީޒަނުގައި ވެސް އޭނާ ހުންނާނީ ލެވަކޫސަންގައި ކަމަށާއި، އެކުލަބާއެކު ކުރަން ހުރި މަސައްކަތަށް އިސްކަން ދޭނެ ކަމަށް އޭނާ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2023 | ހުކުރު 19:19
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

ދޮގު ވާހަކަތަކަށް ފަރިތަވާނެ ކަމަށާއި، ފޯކަސް ހުރީ ބަޔާ ލެވަކޫސަނަށް ކަމަށް އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްގެ ހުށަހެޅުމެއް އޭނާ އަށް ލިބިފައިވާ ކަމަށް މީޑިއާތަކުގައި ބުނެފައިވާ ވަގުތެއްގަ އެވެ. އަނެއްކޮޅުން ސްޕެއިންގެ ރެއާލް މެޑްރިޑުން ވެސް އަލޮންސޯ އަށް ފާރަވެރިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީޑިއާތަކުގައި ފެތުރެމުން އަންނަ ވާހަކަތަކަށް ރައްދު ދެމުން އަލޮންސޯ ބުނީ، ފުޓުބޯޅައިގެ އެކިއެކި ކަންކަމުގައި އޭނާ އުޅެމުން އަންނަތާ ގިނަ އަހަރުތަކެއްވެފައިވާއިރު، މީޑިއާގައި ދޮގު ވާހަކަތައް އާންމުކޮށް ފެތުރޭތީ އެކަން އޭނާއަށް ވެފައިވަނީ އާދައިގެ ކަމަކަށެވެ. އެހެންނަމަވެސް އަދިވެސް ހާސިލުކުރަން ބޭނުންވާ ބައިވަރު ކަންކަން ހުރި ކަމަށް ފާހަގަކުރަމުން އަލޮންސޯ ބުނީ، އެ ސަބަބަށްޓަކައި ފާއިތުވި މަސްތަކުގައި އޭނާގެ ވިސްނުމުގެ 100 އިންސައްތަ ހުރީ ލެވަކޫސަނަށް ކަމަށެވެ. ހަމައެގޮތަށް އަންނަ ސީޒަނުގައި ވެސް އޭނާ ހުންނާނީ ލެވަކޫސަންގައި ކަމަށާއި، އެކުލަބާއެކު ކުރަން ހުރި މަސައްކަތަށް އިސްކަން ދޭނެ ކަމަށެވެ.

އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަނުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން އޭނާ ހަވާލުވި ފަހުން އެ ޓީމު ވަނީ މިހާތަނަށް 31 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 17 މެޗުން މޮޅުވެފަ އެވެ. ހަތް މެޗުން ބަލިވީއިރު، ހަތް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އަލޮންސޯ ވަނީ އޭނާގެ ސީނިއާ ކެރިއަރުގައި ރެއާލް މެޑްރިޑު، ލިވަޕޫލް އަދި ބަޔާން މިއުނިކް ފަދަ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އަދި އެ ކުލަބުތަކާއެކު އޭނާ ވަނީ ގިނަ ކާމިޔާބީ ވެސް ހޯދާފައެވެ. މީގެ އިތުރުން އަލޮންސޯ އަކީ ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ގިނަ ދުވަހު ކުޅެދީފައިވާ، ހުނަރުވެރި މިޑްފީލްޑަރެކެވެ. އެލޮންސޯ އޭނާގެ ސީނިއާ ކެރިއަރު ނިންމާލީ 2017 ވަނަ އަހަރުއެވެ. އެންމެ ފަހުން އޭނާ ކުޅުނު ކުލަބަކީ ވެސް ޖަރުމަނު ލީގުގެ ބަޔާންއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
01 ޖުލައި 2017

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް
22 މެއި 2017

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!
21 މެއި 2017

ބުންޑަސްލީގާ: ބަޔާން ލީގު ތަށި އުފުލާލިއިރު، ލާމް އަދި ޒަބީ އެލޮންސޯ ކުޅުން ހުއްޓާލައިފި

21 މެއި 2017
ބުންޑަސްލީގާ: ބަޔާން ލީގު ތަށި އުފުލާލިއިރު، ލާމް އަދި ޒަބީ އެލޮންސޯ ކުޅުން ހުއްޓާލައިފި
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް