Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ރައޔްިތުންނަށް ގޯތި ދޫކުރުން

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި

90 ހެކްޓަރުގެ ބިން ހިއްކާނެކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 މެއި 2023 | ހުކުރު 04:30
ގިރާވަރު ފަޅު

ގިރާވަރު ފަޅު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މާލެގެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ޕްލޭންގައި ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދޫކުރުން ހިމެނެއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެހެންނަމަވެސް ހިއްކާނީ ކިހާ ބިމެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގޯތި ދޫކުރުމަށް ގިރާވަރު ފަޅުން 90 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ފަހުކޮޅު ގިރާވަރު ފަޅުން ގޯތި ދޫކުރެވޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ރަށްވެހިންނަށް މަދުވެގެން 5،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި, އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދޫކުރާ ގޯތިތައް 1،000 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ މިގޯތިތައް ދޫކުރެވޭނީ މާލޭގެ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ގޯތި ބޭނުންވެފައިވާ 5000 އާއިލާތަކަށްކަމަށެވެ. މާލޭގައި ޖެހި ހިސާބުތަކުން ފެންނަން ހުރީ މާލޭގެ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ބިން ބޭނުންވާ 5000 އާއިލާ އުޅޭކަމަށާއި, ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ އުޅޭކަމަށް ކަމަށެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދެއްވުމަށްފަހު ކަމަށެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު