Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއާރްއެމް

ކުރީގެ ރައީސް މައުމޫނަށް ހަމަޖެހިވަޑައިގެން އަވަހާރަފުޅު ލެއްޕެވުނު 5 އަހަރު

ޗާގޯސް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ސިޔާސީ ގޮތުން ކުޅެލި ކުޅިއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2023 | ބުރާސްފަތި 11:10
ރައީސް މައުމޫނު - ކަރެކްޝަންސްގެ ބެލުމުގެދަށުން މާލެ ގެންނަނީ.

ރައީސް މައުމޫނު - ކަރެކްޝަންސްގެ ބެލުމުގެދަށުން މާލެ ގެންނަނީ.

މޯލްޑިވްސް ރިފޯމް މޫމްމަންޓް (އެމްއާރްއެމް)އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އެ ޕާޓީގެ މެމްބަރުން ސަރުކާރުގެ އިސް އެކި މަގާމުތަކުގައި އެބަތިއްބެވިއެވެ. ނަމަވެސް އެ ޕާޓީގެ ތެރެއިން ސަރުކާރަށް ޖެއްސުންކުރުމާއި، ފުރައްސާރަކުރުން އާންމުވަމުންދާކަމަށް ބުނެ، ޕާޓީގެ އެތެރޭގައި މިވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

މި ޚިޔާލުތަފާތުވުންތައް ބޮޑުވެ، އެންމެފަހުން ޕާޓީގެ އެތެރޭގައި ހަލަބޮލިކަން އުފެދިގެން ގޮސްފައިމިވަނީ ކުރީގެ ބަންޑާރަ ނައިބުންނާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން، ޗާގޯސްގެ މައްސަލައާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވި ހިސާބުންނެވެ.

އެއްބަޔަކު ބުނަމުންދަނީ ސަރުކާރާ އިންތިހާއަށް ދެކޮޅު، އަދި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ނުކުންނަކަމަށް އިއުލާނުކުރި ބައެއްގެ ފަހަތުގައި ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ ސަރުކާރަށް ކުރި މަލާމާތެއް ކަމަށެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި، އެމްއާރްއެމް ތަމްސީލުކުރައްވާ ފަރާތްޕުޅުތަކުން ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައި ދައްކަވާ އެއް ވާހަކައަކީ، މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ނުދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

އެގޮތުން ބަލާއިރު، މި ފާއިތުވެދާ 5 އަހަރަކީ ސިޔާސީގޮތުން ރައްޔިތުންނަށް މިނިވަންކަން ލިބި، އެބަޔަކު ތާއީދުކުރާ ބަޔަކަށް ތާއީދުކޮށް، ފާޅުކުރަން ބޭނުން ކޮންމެ ޝުއޫރެއް ފާޅުކުރުމުގެ މިނިވަންކަން، ހުޅުވާލެވިގެން ލިބިދީފައި އޮތް އަހަރުތަކެކެވެ.

އަނިޔާވެރިކަމާއި ބިރުވެެރިކަމުގެ 5 އަހަރަކަށްފަހު، ރައްޔިތުންނަށް އަމާން ހެޔޮ ވެރިކަމެއް ކޮށްދެއްވީ ރައީސް ސާލިހުކަން ފާހަގަކޮށް އެ ފަރާތްތަކުން ވަނީ، މި ސަރުކާރަށް ފުރައްސާރަކުރަން ސަރުކާރު ކޯލިޝަންގެ ބައިވެރިއަކު ނުކުތުމަކީ ލަދުވެތިކަމެއްކަމަށް ބުނެފައެވެ. ނުވިތާކަށް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ހަމަޖެހިވަޑައިގެން އަވަހާރަފުޅު ލެއްޕެވުނީ މި 5 އަހަރުކަން ފާހަގަކޮށް މެމްބަރުން ވަނީ، ނިމިދިޔަ ވެރިކަމުގައި މައުމޫނު ތަހައްމަލުކުރައްވަން ޖެހިވަޑައިގެންނެވި އަނިޔާވެރިކަން ހަނދާންކޮށްދީފައެވެ.

ނަމަވެސް މިއަދު އެ އަނިޔާވެރިކަމުގެ ފަހަތުގައި ހަނު ތިބި މީހުންގެ އަރިހުގައި އެމްއާރްއެމްގެ ނައިބުރައީސް ފެނިގެން ދިއުމަކީ، ޚުދު ޕާޓީދެކެ ލޯބިވާ މެމްބަރުންނަށްވެސް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ. މިއީ ހައްތަހާވެސް ޕާޓީން ވަކިވި، އަދި ވަކިވާން ނިންމާފައިވާ މެމްބަރުން ހިއްސާކުރި ޝުއޫރުތަކެވެ.

ތެދެކެވެ. ޕީޕީއެމްއިން ވެރިކަމަށް ފައި ނަގަމުންދާކަމުގެ އަޑުތައް ފެތުރިފައިވާ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅުގައި ބޭއްވި މި ބައްދަލުވުމުގައި ތިއްބެވީ ހައްތަހާވެސް ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅު ފަރާތްތަކެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ފަރާތްތަކާއި، އިދިކޮޅު ޕާޓީގެ ނައިބުރައީސާއި، ޕްރޮގްރެސިވް ކޯލިޝަންގެ އިސް ފަރާތްތަކެވެ.

ވީއިރު، މިއީ ގައުމީ ކަމެއްގައި ބައިވެރިވުންކަމަށް ބުނެ، ޕާޓީގެ މެމްބަރުންގެ ލޮލުގައި އަނދުން ނޭޅުވުމަށް މެމްބަރުން އެދެއެވެ.

ކޮންމެއަކަސް ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމެވި މެމްބަރުން ވިދާޅުވަނީ، ޗާގޯސް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ސިޔާސީ ގޮތުން ކުޅެލި ކުޅިއެއްކަން އެނގިވަޑައިނުގަންނަވާހާ އެމްއާރްއެމްގެ އިސް ފަރާތްތަކުން "ކޮއްޓެއް ނުވާނެ" ކަމަށެވެ.

އެކަން އެނގި ތިބެމެ، އެފަދަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަމްސީލުވުމަކީ އެއީ ސިޔާސީގޮތުން އެމްއާރްއެމްގެ ސްޓޭންޑާއި މަންޒަރު ސާފުވެގެން ދިޔަ ކަމެއްކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު