Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާން ހަނގުރާމަ

ސޫދާން ހަނގުރާމައިގެ އަސަރު ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމުގެ ސިނާޢަތަށް!

ކެރީ ގުރޫޕުން އާންމުކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ މައްޗަށް 120000 ޓަނުގެ ގަމް އަރަބިކް އުފައްދާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 މެއި 2023 | ބުރާސްފަތި 08:47
އައިސީއާރުސީގެ މުވައްޒަފުން، ސޫދާނަށް ބޭނުންވާ ސިއްހީ ސާމާނު ޕެކްކޮށްފައި، އައްމާނުގެ ގުދަން ކުރަނީ

އައިސީއާރުސީގެ މުވައްޒަފުން، ސޫދާނަށް ބޭނުންވާ ސިއްހީ ސާމާނު ޕެކްކޮށްފައި، އައްމާނުގެ ގުދަން ކުރަނީ

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައަކަށް ފެށިގެން އައި އިރު ބައިނަލްއަޤުވާމީ މަޞްރަހުން ލިބެމުން ދިޔަ އެއް ޚަބަރަކީ ސޫދާންގައި ހަނގުރާމަ ގަދަވަމުން އަންނަ ކަމުގެ ޚަބަރެވެ. ޖިއޮގްރަފީ ގޮތުން ސޫދާން އޮން ސަރަޙައްދާއި އެ ނޫންވެސް އެތައް ސަބަބަކާ ހެދި އެއީ ބައެއް މީހުންނަށް މާ ބޮޑު ކަމަކަށް ނުވިއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ނަމަވެސް، ފާހަގަ ކުރަން ޖެހޭ ޙަޤީޤަތަކީ، ސޫދާންއަކީވެސް ބައިނަލްއަޤުވާމީ ވިޔަފާރީގެ ބާޒާރުގައި މުހިންމު ދައުރެއް އަދާ ކުރާ ޤައުމެއް ކަމެވެ. ރަޝިއާއާއި ޔޫކްރައިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފޯރާ ނޭދެވޭ އަސަރުތަކާ އެއްވަރު ނުވި ކަމުގައި ވިއަސް، ސޫދާންގައި ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު، ބައިނަލްއަޤުވާމީ ވިޔަފާރިއަށް ދަނީ ފޯރަމުންނެވެ.

ސޫދާންގެ އަސްކަރިއްޔާއާއި އެ ޤައުމުގެ ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)އާ ދެމެދު އޭޕްރިލް 15 ވަނަ ދުވަހުން ފަށައިގެން ބަދަލު ކުރަމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފެންވަރުގައި އެކި ކަހަލަ ސަމާނު އުފައްދާ ފަރާތްތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. މި ހުރިހާ ކަމެއް ގުޅެނީ އެކަމަކަށް ސޫދާން ހާއްސަ ވެފައިވާ "ގަމް އަރަބިކް" އާއެވެ. މިއީ ޤުދުރަތީ ގޮތުން އުފެދޭ ތެރަހެއް ނުވަތަ ތަތްކަން އެކުލެވޭ މާއްދާއެކެވެ. މީ ތައްޔާރީ ލުއިބުއިންތަކާ، މެޓާގެ އިތުރުން ރީތިވުމަށް ބޭނުން ކުރާ ބައެއް ކަހަލަ ސާމާނު އުފައްދަންވެސް ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ ބާވަތެކެވެ.

ދުނިޔޭގެ އުފެއްދުންތެރިކަމުގެ ސިނާޢަތުގައި ބޭނުން ކުރާ ގަމް އެރަބިކްގެ 70 އަކީ، ހަނގުރާމައިގެ ތޫފާނީ ވިލާގަނޑެއްގެ ދަށުވެފައިވާ، އެފްރިކާގެ 3 ވަނައަށް އެންމެ ބޮޑު ޤައުމު ނުވަތަ ސޫދާން ހުރަސް ކުރާ ސަހޭލްއޭ ކިއުނު ސަރަޙައްދުގައި ހެދޭ އަކޭސިއާ ގަހުން ނަގާ ތެރަހެކެވެ. ގަމް އަރަބިކްގެ ބަދަލުގައި ބޭނުން ކުރާނެ މާ ގިނަ އިޚުޔާރުތަކެއްވެސް ނުހުރެއެވެ. އެހެން ކަމުން، އުފެއްދުންތެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން މިހާރު ދަނީ، އެ ބަޔަކަށް ވީ ވަރަކުން ގަމް އަރަބިކް ގުދަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކެރީ ގުރޫޕުން އާންމުކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ މައްޗަށް 120000 ޓަނުގެ ގަމް އަރަބިކް އުފައްދައެވެ. އެއީ ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރުގެ ސަޕްލައިއެވެ. މި ބާވަތުގެ ތެރަސް އެންމެ އާންމުކޮށް ލިބެނީ "ގަމް ބެލްޓް" ނުވަތަ އެފްރިކާގެ އިރުން ހުޅަނގަށް ދަމާލެވޭ 500 މޭލު ސަރަޙައްދަކުންނެވެ.

ކާބޯތަކެތި އުފައްދާ ކުންފުނިތަކުން ގަމް އަރަބިކް ބޭނުން ކުރަނީ ސްޕްރޭކޮށް ހިއްކާފައި ހުންނަ، ޒާތެއްގެ ހިކި ކުނޑިއެއް ނުވަތަ ޕައުޑަރެއްގެ ގޮތުގައެވެ. ރީތިވާ ސާމާނު އުފައްދާ ފަރާތްތަކާއި، ޕްރިންޓް ކުރުމުގެ ސިނާޢަތުގައި ގަމް އަރަބިކްގެ ބަދަލުގައި އެހެން ބާވަތެއްގެ ތެރަހެއް ބޭނުން ކުރުމުގެ އިހުތިޔާރު ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް، ތައްޔާރީ ލުއިބުއިންތަކުގެ ސިނާޢަތުގައި އެހެން ގޮތެއް ނެތެވެ. އެ ސިނާޢަތުގައި ގަމް އަރަބިކް ބޭނުން ކުރަނީ، ތައްޔާރީ ލުއިބުއިންތަކުގައި އެކުލެވޭ ބާވަތްތައް އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމަށެވެ.

އުފެއްދުންތެރިކަމުގެ ސިނާޢަތަށް ގަމް އަރަބިކްގެ މުހިންމު ކަން ބޮޑު ކަމުން، 1990ގެ އަހަރުންތަކުން ފެށިގެން އެމެރިކާއިން ސޫދާންއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުންވެސް މި ބާވަތް ވަނީ އިސްތިސްނާ ކޮށްފައެވެ. އެއީ އުފެއްދުންތެރިކަމުގެ ސިނާޢަތަށް މުހިންމު ބާވަތަކަށް ވުމުގެ އިތުރުން ގަމް އަރަބިކްގެ ކަޅު ބާޒާރެއް އުފެދިދާނެ ކަމުގެ ބިރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019
މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

20 އެޕްރީލު 2019
ރާއްޖޭގެ އުފެއްދުންތެރިކަމުގެ މަންފާ ބިދޭސީންނަށް!!

ރާއްޖޭގެ އުފެއްދުންތެރިކަމުގެ މަންފާ ބިދޭސީންނަށް!!

09 ޖެނުއަރީ 2019
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
އިހަވަންދޫ ގިޑިގެތަކުން ސަރުކާރަށް ވަރަށް އަސަރުކޮށްފި!

އިހަވަންދޫ ގިޑިގެތަކުން ސަރުކާރަށް ވަރަށް އަސަރުކޮށްފި!

17 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު