Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 20

ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ދިމާވެދާނެ ހާލަތުތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 04:58
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތި ވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިޔާލާ ފިޔަވަޅުތައް އަޅަންވެއްޖެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް އެވެ.

Advertisement - newsAdvertisement

އެ ޤަރާރުގައި ބުނެފައި ވަނީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން ހަމަލާތައް ދޭން ފަށާފައިވާ ކަމަށާއި މެދުއިރުމަތީގައި މިހާރު ހަނގުރާމައެއް ހިނގަމުންދާ ހިނދު، އަދި އެ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރިފައިވާ ކަަމށެވެ. އަދި އެތަކެއް ދުވަސްތަކަކަށް ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ފުރުސަތު އެބަ އޮތްކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމަށް ވާއިރު ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މި މަހުގެ 23 ވަނަ ދުވަހު އިރާނުން ހަމަލާ ދިނުމާއި ގުޅިގެން ދޯހާ އާއި ދުބާއި ފަދަ މަންޒިލްތަކުން ވައިގެ ދަތުރުފަތުރު ހުއްޓާލައިފައިވާ ކަމަށް ޙަބަރު ލިބެމުންދާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ. ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް ވެސް މީކާއިލް ވަނީ އެ ގަރާރުގައި ފާހަގަކުރައްވާފައެވެ.

މިކަމުގެ ނަތީޖާ އެއްގެ ގޮތުން ދިވެހިރާއްޖެ އަށް ޓޫރިސްޓުން އައުން މަދުވެ އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރުފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ދިވެހިރާއްޖެ އަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއި އެކު ބޭހާއި ކާޑުގެ ބާވަތްތަކާ، ތުއްތުކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއް ކަމަށް ވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހުރިތޯ ނުވަތަ ނޫންތޯ ސަރުކާރުން ރައްޔިތުންނަށް އަންގަވައިދެއްވަންވާނެ ކަމަށް ދެކޭ ކަމަށް ވެސް މީކާއިލް ވިދާޅުވެފައެވެ.

ހަނގުރާމަދިވެހިރާއްޖެދަތިތައްތައްޔާރުވުންސަރުކާރުމަޖިލީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު