Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޓީއެމް 2023

އޭޓީއެމްގައި އެކްސްކްލޫސިވް 'މޯލްޑިވްސް މީޑިއާ މީޓް' އެއް ބާއްވާ، ރާއްޖޭގެ އެންމެ ފަހުގެ ޚަބަރުތައް ދުނިޔޭގެ މުހިންމު މީޑިއާތަކާ އެމްއެމްޕީއާރުސީއިން ހިއްސާކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމައްޗާއިދި ދުނިޔޭގެ މުހިންމު މީޑިއާތަކުގެ 50 އަށް ވުރެ ގިނަ މެންބަރުން ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މެއި 2023 | ބުރާސްފަތި 05:47
އެމްއެމްޕީއާރުސީން ބޭއްވި މީޑިއާ މީޓް

އެމްއެމްޕީއާރުސީން ބޭއްވި މީޑިއާ މީޓް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އޭޓީއެމް 2023ގެ ހަވާސާގައި އެކްސްކްލޫސިވް 'މޯލްޑިވްސް މީޑިއާ މީޓް'ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އަލް އައިން ސުއީޓް ބީގެ ހޯލް 3 ގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމައްޗާއިދި ދުނިޔޭގެ މުހިންމު މީޑިއާތަކުގެ 50 އަށް ވުރެ ގިނަ މެންބަރުން ބައިވެރިވިއެވެ.

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުން ފަށާފައިވަނީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އާ ގުޅޭ ކުރު ތަޢާރަފަކުންނެވެ. އެމްއެމްޕީއާރުސީއިން މި އަހަރު ކުރިއަށްގެންދާ ގްލޯބަލް ޕްރޮމޯޝަނަލް މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަރަކާތެއް ކަމުގައިވާ ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި ލިޔުންތެރިންނަށް ޚާއްޞަކޮށްފައިވާ ހަރަކާތެކެވެ. ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަަށް ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތައް، މި ކޮންފަރެންސްގެ ބައިވެރިންނަށް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެެއެވެ. ސްޓޯރީޓެލަރސް ކޮންފަރަންސްގެ ތަޢާރަފަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް، ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފަރެންސް 2023 އަށް ދަޢުވަތު ލިބޭނެކަން އިޢުލާން ކުރެވުނެވެ.

މި ނޫސްވެރިންގެ ބައްދަލުވުން، އިސްވެ ކުރިއަށް ގެންދެވީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދުއެވެ. މި ބައްދަލުވުމުގައި ފުރަތަމަ ވާހަކަ ދެއްކެވީ ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އާމިނަތު ޝަބީނާއެވެ. އެ ކަމަނާގެ ވާހަކަ ބިނާކުރައްވާފައި ވަނީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ޒަމާނުއްސުރެ އޮތް ޑިޕްލޮމެޓިކް ގުޅުމާއި، އެ ގުޅުމުގެގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ރަނގަޅު އަސަރާއި މި ގުޅުމުގެ މުހިންމުކަމުގެ މައްޗަށެވެ. ދެން މި ބައްދަލުވުމުގައި ވާހަކަ ދެއްކެވީ މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް (އެމްޔޫއައި) ގެ ބޭސް ލީޑަރ، ސިކްސް ސެންސެސް މޯލްޑިވްސް ރިސޯޓުގެ ގްރެގް ހޯލްޑަރ އެވެ. އޭނާގެ ވާހަކަ ބިނާކުރެއްވީ ފަތުރުވެރިކަމުގެ މާހައުލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި އެންމެ ފަހުން ވާހަކަ ދެއްކެވީ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުޙައްމަދުއެވެ. ތޮއްޔިބުގެ ވާހަކައިގައި އަލިއަޅުވާލެއްވީ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން 2020، 2021، އަދި 2022 ގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެ ފަހުގެ އަޕްޑޭޓް ތަކަށެވެ. މިއީ ރާއްޖެއިން ދުނިޔޭގެ ލީޑީންގ ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން 3 އަހަރު ކާމިޔާބުކުރުމަށް ފަހު އޭޓީއެމްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމުގެ ކުރިން، ވާހަކަ ދެއްކެވި ބޭފުޅުން ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. އެއަށް ފަހު، ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަށް ދައުވަތު ލިބޭ ފަސް ނަސީބުވެރިން ހޮވާ އިޢުލާންކުރެވުނެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު