Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ނާއިބު ރައީސް އަދީބު

އަދީބުގެ ދެ ވަކީލުންގެ މައްޗަށް ޖިނާއީ ތުހްމަތުތަކެއް ކޮށް، ފޯނު ހިފަހައްޓައިފި

ސިރާޖާއި މަހްފޫޒަށް ވަކީލުން އައްޔަން ކުރުމުގެ ފުރުސަތު ވަނީ ދީފަ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 ޖުލައި 2017 | ހޮނިހިރު 16:10
މޫސާ ސިރާޖާއި މަހްފޫޒު ސައީދު

މޫސާ ސިރާޖާއި މަހްފޫޒު ސައީދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ދެ ވަކީލުން ކަމަށްވާ މަހްފޫޒު ސައީދާއި މޫސާ ސިރާޖުގެ މައްޗަށް ޖިނާއި ތުހްމަތުތަކެއް ކޮށް ތަހްގީގު ފަށައިފި އެވެ.

އެ ދެ ވަކީލުން ހޮނިހިރު ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ކޯޓު އަމުރެއްގެ ދަށުން ފޯނު ތިން މަސްދުވަހަށް ވަނީ އަތުލާފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މަހްފޫޒާއި ސިރާޖު ވިދާޅުވި ގޮތުގައި އަދީބު އަވަހާރަކޮށްލަން ރާވަމުންދާ ކަމަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ބަލާދޭން ފުލުހަށް ހުށައެޅުއްވުމާ ގުޅިގެން ޖިނާއީ ތިން ތުހްމަތެއް ވަނީ ކޮށްފައިވެ އެވެ. އެއީ

  • ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތުތަކެއް ފެތުރުން
  • ގާނޫނީ އިދާރާއެއްގެ މަސައްކަތަށް ހުރަސްއެޅުން
  • ގާނޫނުގެ ބާރު ހިންގަން ހުރަސް އެޅުން

ސިރާޖާއި މަހްފޫޒު ހޮނިހިރު ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް އެ ދެމީހުންގެ މައްޗަށް ޖިނާއީ ތުހްމަތުކޮށް ތަހްގީގު ކުރަމުންދާ ކަމަށް ވަނީ އަންގާފަ އެވެ. އެހެން ނަމަވެސް އެ ދެމީހުންވެސް މައްސަލާގައި އެއްޗެއް ބުނަން ބޭނުންވަނީ ވަކީލަކާއެކު ކަމަށްވާތީ ބަޔާނެއް ނަގާފައެއް ނުވެއެވެ.

ފުލުސް އޮފީހުން ނިކުމެވަޑައިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މަހްފޫޒު ވިދާޅުވި ގޮތުގައި އަދީބު އަވާހަރަ ކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކަން ބެލުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން ބޭނުންވަނީ އެ މައުލޫމާތު ލިބުނު ގޮތް ހޯދަން ކަމަށެވެ.

''ނަމަވެސް އަޅުގަނޑުމެންވާނެ އެ މައުލޫމާތު ސާފުކުރަން ހާޒިރުކުރި ދުވަހުވެސް ދަންނަވާފަ އަޅުގަނޑުމެނަކަށް އެ މައުލޫމާތު ދެވޭކަށްނެތޭ.،"

މަހްފޫޒު ވިދާޅުވީ އަދީބު އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ލިބުނުގޮތް ހޯދުމަށްވުރެ އެފަދަ ކަމެއް ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ރަނގަޅުވާނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދީބު އަވަހަރާ ކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ތެރެއިން ކަމަށާއި އެހެންކަމުން މައުލޫމާތު ދިން ފަރާތާއި އަދީބުގެ ރައްކާތެރިކަމަށްޓަކައި މައުލޫމާތު ދިން ފަރާތް ބުނެދިނުމަށް އިންކާރު ކުރާ ކަމަށެވެ.

އަދި މަހްފޫޒު ވިދާޅުވީ ފުލުހުންނަށް މައްސަލައެއް ހުށަހަޅާއިރު އެ މައުލޫމާތު ލިބުނު ގޮތް ބުނެދިނުމަށް އެއްވެސް ގާނޫނެއްގައި ލާޒިމް ނުކުރާ ކަމަށާއި އަދި މައުލޫމާތެއް ދިނުމަށްފަހު ސިއްރު ކުރުމަށް އެދިއްޖެ ނަމަ ސިއްރުވެސް ކޮށްދޭން ޖެހޭ ކަމަށެވެ.

މަހްފޫޒު ވިދާޅުވީ އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް އެމީހުން ދިން ފަހުން އަދީބުގެ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު