Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އާޓެޓާ އެދެނީ އާސެނަލްގެ ކުޅުންތެރިން "ކަށިން" ހިތްވަރު ނެރެގެން މަސައްކަތް ކުރަން

އޭނާ ބުނީ ސާބިތުކޮށްދޭން ބޭނުންވަނީ ވެސް އާސެނަލް އަކީ އެންމެ އުނދަގޫ ވަގުތުގައި ވެސް އެ ދިމާވާ ކަންކަމާއެކު ކުރިއަށް ދާނެ ޓީމެއްކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މެއި 2023 | ބުދަ 19:16
ޗެލްސީއާ ދެކޮޅަށް އާސެނަލުން ކުޅުނު މެޗުގައި އާޓެޓާ

ޗެލްސީއާ ދެކޮޅަށް އާސެނަލުން ކުޅުނު މެޗުގައި އާޓެޓާ

އާސެނަލްގެ ކުޅުންތެރިން އެންމެ ފަހު ވަގުތާ ހަމައަށް ވެސް "ކަށިން" ހިތްވަރު ނެރެގެން މަސައްކަތް ކުރަން އެދޭ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އާސެނަލުން ލީގުގައި ޗެލްސީ ބަލި ކުރި މެޗަށްފަހު އެވެ. އާޓެޓާ ބުނީ ބާކީ އޮތީ ހަތަރު މެޗު ކަމަށާއި، އާސެނަލްގެ ކުޅުންތެރިންނަށް އަދިވެސް ލީގު ހޯދޭނެ ކަމަށެވެ. އޭނާ ބުނީ ދިގު މުއްދަތަކަށްފަހު ލީގު ތާވަލްގެ އެއް ވަނަ މަގާމު ގެއްލުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ފާއިތުވި މުއްދަތުގައި އާސެނަލް އެެއް ވަނައިގައި އޮތީ ވެސް އެ ޓީމުގެ ފެންވަރު ދައްކައިގެން، މޮޅު ކުޅުން ދައްކައިގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މަދު ދުވަސްތަކުގައި ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.

ޗެލްސީ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ކުޅެން ބޭނުންވީ ވެސް އުނދަގޫ މެޗެއް ކަމަށާއި، މެޗު ފަށައިގެން ކުރީކޮޅު ކޮންމެވެސް ވަރަކަށް އެކަން ދިމާވި ކަމަށެވެ. އާޓެޓާ ބުނީ ޗެލްސީ މެޗުގައި އާސެނަލުން ދެއްކީ އެ ޓީމުގެ ފެންވަރު ކަމަށާއި، މިހާރު އަނެއްކާ ވެސް އެ ޓީމުގެ އަސްލު ރޫހު އައިސްފައިވާ ކަމަށެވެ. އެގޮތުން ސާބިތުކޮށްދޭން ބޭނުންވަނީ ވެސް އާސެނަލް އަކީ އެންމެ އުނދަގޫ ވަގުތުގައި ވެސް އެ ދިމާވާ ކަންކަމާއެކު ކުރިއަށް ދާނެ ޓީމެއްކަން ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ކުޅުންތެރިން ފަރާތުން އެކަން ފެނުނު ކަމަށާއި، ޗެލްސީ މެޗަށް ތައްޔާރުވީ އެކަންކަމާއެކު ކަމަށް އޭނާ ބުންޏެވެ.

މެޗަށް ނުކުތްއިރު ނަފްސާނީ ގޮތުން ވެސް އާސެނަލް އޮތީ ވަރަށް ރަނގަޅަށް ކަމަށާއި، ފާއިތުވި މެޗުތަކުގެ ހިތްދަތިކަން ދުއްވާލުމަކީ ވެސް ބޮޑު ކަމެއް ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިންގެ ފޯކަސް މިހާރު ހުރީ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިގެން، ފަހު ވަގުތާ ހަަމައަށް ވެސް ލީގު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އާސެނަލަށް ދަށް ނަތީޖާތައް ލިބުނު މެޗަށްފަހު އޭނާ ބޭނުންވީ ޓީމުގެ ޙާލަތު ބަދަލު ކުރަން ކަމަށާއި، ވަރަށް ފަސޭހައިން އެކަން ކާމިޔާބު ވެސްވި ކަމަށެވެ. އެއީ މިވަގުތަށް ކުރެވުނު ވަރަށް މުހިންމު ކަމެއް ކަމަށް އާޓެޓޭ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އާޓެޓާ ވަނީ އާސެނަލްގެ މާޓިން އޮޑެގާޑަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ، މި ސީޒަނުގައި އޮޑެގާޑު އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި، ޓީމަށް އޭނާ ވަމުން އަންނަ އެހީތެރިކަމާއި، އޭނާގެ ހުނަރާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އާސެނަލްގެ ކޮންމެ ކުޅުންތެރިޔަކީ ވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި، ކުޅުންތެރިންނަށް ފުރިހަމަ އަށް އިތުބާރު އޮންނާނެ ކަމަށެވެ.

ލީގުގައި އާސެނަލަށް ދެން އޮންނާނީ މި މަހުގެ ހަތް ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. ނިއުކާސަލް އަކީ މިވަގުތު ފޯމުގައި އޮތް ވަރުގަދަ ޓީމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު