Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝެލްފިޝް ހޮވުން

ގުދާރު ބިންދައިގެން ފަރަށް ދިއުން ނޫން ގޮތެއް ނެތް

ޝެލްފިޝް ހޮވުމަކީ ވަކި ހާއްސަ ހުނަރުތަކެއް ދަސްކޮށްގެން ކުރެވޭ ކަމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 މެއި 2023 | ބުދަ 10:00
ޝެލްފިޝް ހޮވާ، އޭގެ ވިޔަފާރި ކުރުމަކީ ތޫނިސްގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ އަންހެނުންގެ މެދުގައި އެތައް ޖީލަކަށް ދެމިގެން ގޮސްފައި ވާ މަސައްކަތެއް

ޝެލްފިޝް ހޮވާ، އޭގެ ވިޔަފާރި ކުރުމަކީ ތޫނިސްގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ އަންހެނުންގެ މެދުގައި އެތައް ޖީލަކަށް ދެމިގެން ގޮސްފައި ވާ މަސައްކަތެއް

ދިރިއުޅުމުގެ މައިދާނަކީ ކޮންމެ މީހަކަށްވެސް އެތައް އިމްތިޙާނަކާ ކުރިމަތި ކުރުވާ މައިދާނެކެވެ. ގިނަ ފަހަރަށް މިފަދަ އިމްތިޙާނުތަކާ ކުރިމަތިވަނީ ވިސްނާވެސް ނުލެވި ތިއްބައެވެ. އެހެން ބަޔަކު ކުރާ ކަމެއްގެ ސަބަބުން، ކަމާ ނުވެސް ބެހޭ ބަޔަކަށް އެތައް ތަކްލީފެއް އުފުލަންޖެހޭ ފަހަރު އާދެއެވެ. މިއީވެސް އިމްތިޙާނެކެވެ. މިކަމުގައި އޮތީ ސާބިތުވެ، ދިރިއުޅުމައިގެން ކުރިއަށް ދިއުމެވެ. އެންމެންނަކީ އެންމެ އަރާމުގައި އުޅެވޭނެ ބައެއް ނޫނެވެ. ނަމަވެސް، އެ ޙާލަތުގައިވެސް އޮތީ ދިރިއުޅުމައިގެން ކުރިއަށް ދިއުމެވެ.

ތޫނިސްގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޒާރާތުގެ އަންހެނުންނަކީ މިފަދަ ގޮތަކަށް ދިރިއުޅުން ނަގަހައްޓަމުން އަންނަ، ހީވާގި، އަދި އެހާމެ މުރާލި ބައެކެވެ. ކޮންމެ ދުވަހަކު، އެތައް ގަޑިއިރެއް ވަންދެން ގުދަށް އޮވެ، ޝެލްފިޝް، ނުވަތަ ހަރުތޮށި ލީ ސީފުޑްގެ ބާވަތްތައް ހޮވުން ނޫން ގޮތެއް، މިއަދު އެމީހުންނަކަށް ނެތެވެ. ޕްލާސްޓިކް ބޫޓުތަކަށް އަރައިގެން ތިބެ، ބާލިދީއާއި އެނޫންވެސް އެކި ކަހަލަ އާލާތްތައް ހިފައިގެން ގޮނޑުދޮށުގައި ޝެލްފިޝް ހޮވާ އަންހެނުންގެ ސަފުތައް ދަމާލާފައި ވާ އިރު، ކޮންމެ މީހެއްގެ ކިބައިންވެސް ފެނިގެންދަނީ ކެތްތެރި ކަމާއި ހިތްވަރެވެ.

ޝެލްފިޝް ހޮވާ، އޭގެ ވިޔަފާރި ކުރުމަކީ ތޫނިސްގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ އަންހެނުންގެ މެދުގައި އެތައް ޖީލަކަށް ދެމިގެން ގޮސްފައި ވާ މަސައްކަތެކެވެ. އެތައް ހާށް އަންހެނުންނެއް މި މަސައްކަތުން އާމްދަނީ ހޯދާފައި ވާ އިރު، މިހާރުވެސް އެކަން ދަނީ ކުރިއަށެވެ.

ޝެލްފިޝް ހޮވުމުގައި ހުރި ބުރައަކީ، އެކަމުގައި ނުއުޅޭ މީހަކަށް ވަޒަން ކޮށްލަންވެސް ނޭނގޭހާ އުނދަގޫ ކަމެކެވެ. ޖިސްމާނީ ގޮތުންވެސް އެތައް ބުރައެއް އުފުލަންޖެހެއެވެ. ޝެލްފިޝް ހޮވުމަކީ ވަކި ހާއްސަ ހުނަރުތަކެއް ދަސްކޮށްގެން ކުރެވޭ ކަމެކެވެ. އެކަމަށް، ވަކި އުކުޅުތަކެއް ފައްކާ ކުރުން، ކޮންމެހެން ބޭނުމެވެ.

ޝެލްފިޝް ހޮވުމުގެ މަސައްކަތުގައި އުޅޭ އަންހެންވެރިން ގޮނޑުދޮށަށް ދިއުމަށާއި، ޝެލްފިޝްކޮޅެއް ހޮވާލައިގެން އެނބުރި އެއްގަމަށް ދިއުމަށް އެތައް ގަޑިއިރެއް ހޭދަ ކުރެއެވެ. އެއްގަމަށް އެރުމަށްފަހު، ކޮންމެވެސް ވިޔަފާރިވެރިއަކަށް އެ ޝެލްފިޝްކޮޅު ވިއްކާލައެވެ.

ޢުމުރުން 50 އަހަރު ފުރިފައި ވާ ފާޠިމާ ބަހްރީއަކީ ކޮންމެ ދުވަހަކުހެން ޝެލްފިޝް ހޮވަން ދާ މީހެކެވެ. ކޮންމެ އަހަރަކު އެތައް މަހަކު އޭނާ އެ މަސައްކަތް ކުރެއެވެ. ހެނދުނު 06:00 ޖަހާއިރު މަސައްކަތް ފަށާ ގޮތަށް، މެންދުރުން އަނބުރާ 01:00 ޖަހަންދެން ފާޠިމާ އުޅެނީ ޝެލްފިޝް ހޮވުމުގެ މަސައްކަތުގައެވެ. ހުރިހާވެސް މަޤްޞަދަކީ، އޭނާގެ ދަރިންގެ ބޭނުންތައް ފުއްދައި ދިނުމެވެ.

އިޤްތިޞާދީ ހީނަރުކަމުގެ އަނދަވަޅެއްގެ ތުންފަތް މަތީގައި އޮތް ތޫނިސްގައި މިއަދު ފާޠިމާއަށް އެނޫން ގޮތެއް ނެތީއެވެ.

ކަން މިހެން އޮތް ޝެލްފިޝް ހޮވުމުގެ މަސައްކަތުގައި އުޅޭ އަންހެންވެރިން ވަނީ އިތުރު ކަމެއް ފާހަގަކޮށްފައެވެ. ޚައިރިއާ ދަބްކާއާއިއެކު ޝެލްފިޝް ހޮވުމުގެ މަސައްކަތުގައި އުޅޭ އެހެން މީހުންވެސް ފާހަގަ ކުރި ގޮތުގައި، ޝެލްފިޝް ލިބުން މިހާރު ވަނީ އިންތިހާއަށް ދަތިވެފައެވެ.

ޒާރާތު އަވަށުގައި އޮންނަ ޝެލްފިޝް ހޮވާ މީހުންގެ ޖަމިއްޔާގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މިސްބާހް ޒާބީ ފާހަގަ ކުރި ގޮތުގައި، ޝެލްފިޝް ލިބުން ދަތިވެފައި ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކާއި، ތަޣައްޔަރު ކަމުގެ ސަބަބުންނެވެ.

ޝެލްފިޝް ހޮވުމުގެ މަސައްކަތުގައި 40 އަކަށް އަހަރު މަސައްކަތް ކޮށްފައި ވާ ޚައިރިއާ ބުނި ގޮތުގައި، ޝެލްފިޝް ލިބޭ މިންވަރު މަދުވެފައި ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކާއެކު، ގޮނޑުދޮށަށް އަރާ ނޫ އިހިތައް ގިނަވެ، ޝެލްފިޝް ކާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.

ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އދގެ ޖަމިއްޔާ (އެފްއޭއޯ) އިން މަޢުލޫމާތު ދޭ ގޮތުގައި ޠޫނިސްގައި ޝެލްފިޝް ހޮވުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އޮންނަނީ އަހަރުގެ ވަކި ދުވަސްވަރެއްގައެވެ. އެއް އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަނެއް އަހަރުގެ މެއި  މަހުގެ ނިޔަލަށް އެ ފުރުޞަތު އޮންނައިރު، ބާކީ ދުވަސްތަކުގައި ޝެލްފިޝް ހޮވުމަކީ މަނާ ކަމެކެވެ.

ތޫނިސްގެ 17 ސަރަޙައްދެއްގައި ޝެލްފިޝް ހޮވާ، ވިއްކުމުގެ މަސައްކަތުގައި މިހާރުވެސް 4000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރާ ކަމަށް އެފްއޭއޯގެ ރިޕޯޓެއްގައި ވަނީ ފާހަގަ ކޮށްފައެވެ. އެންމެ ގިނަ މީހުން ހަރަކާތްތެރިވަނީ ޒާރާތު އަވަށް އޮންނަ ގޭބްސްއާއި އެސްފެކްސް ސަރަޙައްދުގައި ކަމަށް ވާ އިރު، އެ ސަރަޙައްދުތަކުން އެކަނިވެސް އަހަރެއްގެ މައްޗަށް އެވަރޭޖުކޮށް 700 ޓަނުގެ ޝެލްފިޝް ނަގައެވެ. މައިގަނޑު އަމާޒަކީ ބޭރުގެ އެކި ޤައުމުތަކަށް އެކްސްޕޯޓް ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލްމު ކުޅެނީ އެވޯޑް ހޯދާކަށް ނޫން: ސޯނަމް ކަޕޫރު

ފިލްމު ކުޅެނީ އެވޯޑް ހޯދާކަށް ނޫން: ސޯނަމް ކަޕޫރު

09 ޖެނުއަރީ 2018
މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

28 ޑިސެމްބަރު 2017
ލިބޭ އެވޯޑަކީ މީހާގެ ހުނަރު އެނގުމެއް ނޫން: ތާޕްސީ

ލިބޭ އެވޯޑަކީ މީހާގެ ހުނަރު އެނގުމެއް ނޫން: ތާޕްސީ

28 ޑިސެމްބަރު 2017
ކާމިޔާބަކީ ވަކި މީހަކު ފިލްމެއްގައި އުޅެގެންވާ ކަމެއް ނޫން: ސަލްމާން

ކާމިޔާބަކީ ވަކި މީހަކު ފިލްމެއްގައި އުޅެގެންވާ ކަމެއް ނޫން: ސަލްމާން

26 ޑިސެމްބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު