Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަށުއިފަނީގެ ވިޔަފާރި

މުރާލިކަމެއް ހުރީވިއްޔާ ފަށުއި ފަނިންވެސް ތަނަވަސް ވިޔަފާރިވެރިއަކަށް ވެވިދާނެ!

ހާލިން ނަގާ ރޯ ފަށުއި ބޭނުން ކުރަނީ 'ފަށުއި ބޭންޑް' ތައްޔާރު ކުރުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ޖުލައި 2023 | ހޯމަ 08:53
އަހުމަދު ޒަޣަލް ކިޔައިދިން ގޮތުގައި ރޯ ފަށުއި ނެގުމުގެ މަސައްކަތް ކުރަން ބޭނުން ކުރާ އުކުޅުތަކަކީ ވެއްޓާ ރައްޓެހި އުކުޅުތަކެއް

އަހުމަދު ޒަޣަލް ކިޔައިދިން ގޮތުގައި ރޯ ފަށުއި ނެގުމުގެ މަސައްކަތް ކުރަން ބޭނުން ކުރާ އުކުޅުތަކަކީ ވެއްޓާ ރައްޓެހި އުކުޅުތަކެއް

ބިނާކުރަނިވި ޚިޔާލުތަކާއި އުފެއްދުންތެރި އީޖާދުތަކަކީ އެކަމެއް ޙާޞިލު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ މީހެއްގެ އަތުނުޖެހި ނުދާނެ އެއްޗެކޭ ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ދިރިއުޅުމުގެ މައިދާނުގައި ކިތަންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް، ލިބެން ހުރި ފުރުޞަތުތައް ހޯދާ، ބަލާ، ކުރިއަރާ ދެވެން އޮތް ރާސްތާއަކުން ފަސް ބެލުމެއް ނެތި ދިއުމަކީ ނަޞީބު އަތުލަން އޮތް ގޮތެވެ. އެފަދަ ގޮތަކަށް މުޅި ދުނިޔެއަށް މިސާލު ދައްކަމުންދާ އެއް ބަޔަކީ ތޫނިސްގެ ހީވަގި އަންހެނުންގެ ޓީމެކެވެ.

ތޫނިސްގެ ހުޅަނގުއުތުރުގެ ސިޓީއެއް ކަމަށް ވާ ބަނީ މިތިރުގެ އަންހެންވެރިން އަވަދިނެތި އުޅެމުން އެދަނީ ފަށުއިފަނީގެ ޅަ ފަނިތައް ހިމާޔަތް ކުރަން އެ މަޚުލޫޤުތައް ދޫކުރާ ފަށުއިދަވައިން އުފެދިފައިވާ ތޮށިގަނޑު ސާފު ކުރުމުގެ މަސައްކަތުގައެވެ. މާ ޒާމާނީ ޢާލާތްތަކެއް ބޭނުމެއް ނުކުރެއެވެ.

ފަށުއިފަނީގެ ތޮށިގަނޑުން ފަނިތައް ނަގާ ސާފު ކުރުމުގެ މަސައްކަތް ކުރަނީ އަމިއްލަ 2 އަތުންނެވެ. މި ތޮށިގަނޑަކީ ފަންނުވެރި އެކި އުފެއްދުންތަކުގައި ޚިޔާލު ތަނަވަސް ގޮތް ގޮތަށް ބޭނުން ކުރާ އެއްޗެކެވެ.

ހާލިން ނަގާ ރޯ ފަށުއި ބޭނުން ކުރަނީ 'ފަށުއި ބޭންޑް' ތައްޔާރު ކުރުމަށެވެ. ވިޔަފާރީގެ ވެރިޔާ، އަހުމަދު ޒަޣަލް ކިޔައިދިން ގޮތުގައި ރޯ ފަށުއި ނެގުމުގެ މަސައްކަތް ކުރަން ބޭނުން ކުރާ އުކުޅުތަކަކީ ވެއްޓާ ރައްޓެހި އުކުޅުތަކެކެވެ. ރޯ ފަށުއި ނަގާ ސާފުކޮށް ނިމުމުން، ތޮށިގަނޑުގެ ބޭނުންވެސް ކުރެއެވެ. އެ ތޮށިގަނޑު ބޭނުން ކުރަނީ ބައްތީގެ ބޭރުގައި އެކި ކަހަލަ ފަރުމާތައް ކުރުމަށެވެ.

'އަލްބާ'ގެ ނަމުގައި ޒަޣަލް ހިންގާ ވިޔަފާރީގެ ތެރެއިން، ތޫނިސްގެ ވެރިރަށުގައިވެސް ވަނީ ޝޯރޫމެއް ހުޅުވާފައެވެ. އޭނާގެ ވިޔަފާރީގެ ތެރެއިން އުފައްދާ އަތްތެރި މަސައްކަތްތަކުގެ ސާމާނު ހުންނަނީ އެ ޝޯ ރޫމްގައެވެ.

ޒަޣަލްގެ ފިހާރައިން ލިބެން ހުރި ކޮންމެ އުފެއްދުމަކީވެސް ފަންނުވެރިއެއް ނުވަތަ ފަންނުވެރިންތަކެއްގެ ބުރަ މަސައްކަތެވެ. ޒަމާނީ މެޝިނަރީއާއި ޢާލާތްތައް ބޭނުންކޮށެއް ނުއުޅެއެވެ. އެންމެ އުފެއްދުމެއް ފުރިހަމަކޮށްލަންވެސް 21 އަކަށް ދުވަސް ހޭދަ ކުރެއެވެ.

ފަށުއިފަނިތޫނިސްގެ އަންހެނުން

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2024

މުސްކުޅިވެ، ގައިބާރު ދާ ދުވަހު ތަނަވަސް ބޭންކު އެކައުންޓެއް އޮންނަން ބޭނުންތަ؟

08 ޖެނުއަރީ 2024
މުސްކުޅިވެ، ގައިބާރު ދާ ދުވަހު ތަނަވަސް ބޭންކު އެކައުންޓެއް އޮންނަން ބޭނުންތަ؟
02 އޮކްޓޯބަރު 2023

މާލީ ތަނަވަސްކަން ނެތް ތުއްތު ކުދިންނަށް ޢިލްމު އުނގަންނައިދިނުމަށް ވަޒީފާވެސް ދޫކޮށްލި ހައިތަމްއަކީ ނަމޫނާއެއް!

02 އޮކްޓޯބަރު 2023
މާލީ ތަނަވަސްކަން ނެތް ތުއްތު ކުދިންނަށް ޢިލްމު އުނގަންނައިދިނުމަށް ވަޒީފާވެސް ދޫކޮށްލި ހައިތަމްއަކީ ނަމޫނާއެއް!
05 ސެޕްޓެމްބަރު 2023

އެހީ ދަތިވެ، ބައްޕައެއްގެ ސިކުނޑީގައި މާޔޫސްކަމާއި ނުތަނަވަސްކަން

05 ސެޕްޓެމްބަރު 2023
އެހީ ދަތިވެ، ބައްޕައެއްގެ ސިކުނޑީގައި މާޔޫސްކަމާއި ނުތަނަވަސްކަން
13 އޯގަސްޓު 2023

މާ ބޮޑު ތަނަވަސްކަމެއް ނެތަސް، ސޫދާންގެ ރެފިއުޖީންނަށް ފާޠިނާ ހުޅުވާލީ އޭނާގެ އަމިއްލަ ގޭގެ ދޮރު

13 އޯގަސްޓު 2023
މާ ބޮޑު ތަނަވަސްކަމެއް ނެތަސް، ސޫދާންގެ ރެފިއުޖީންނަށް ފާޠިނާ ހުޅުވާލީ އޭނާގެ އަމިއްލަ ގޭގެ ދޮރު
09 ނޮވެމްބަރު 2022

ޓެރަސް ދަނޑުވެރިކަމާއެކު ހިޖުރަވެރިންގެ ޖީބަށް ތަނަވަސްކަމާއި ހިތަށް ފިނިކަން

09 ނޮވެމްބަރު 2022
ޓެރަސް ދަނޑުވެރިކަމާއެކު ހިޖުރަވެރިންގެ ޖީބަށް ތަނަވަސްކަމާއި ހިތަށް ފިނިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު