Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕްރެޒިޑެންޓްސް ކަޕް

ރައީސް ސާލިޙު ޕްރެޒިޑެންޓްސް ކަޕުގެ ތާރީޚުގެ ތެރެއަށް

3 މެއި 2023 | ބުދަ 05:47

މިއީ ރައީސް ސާލިޙު މި މުބާރާތް ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 3 މެއި 2023 | ބުދަ 05:47
ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ފަހު ރައީސް ސާލިޙު، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހަމްޕުގެ ދަރިފުޅު އުރާލައިގެން

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ފަހު ރައީސް ސާލިޙު، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހަމްޕުގެ ދަރިފުޅު އުރާލައިގެން

އަންގާރަ ދުވަހުގެ ރޭ ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަކީ ރައީސުލްކުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ދިވެހިރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް ފުރަތަމަ ބޭއްވީ 1946 ވަނަ އަހަރު އެވެ. އޭގެ ފަހުން މި އަހަރުގެ މުބާރާތާ ހަމައަށް 69 މުބާރާތް ވަނީ ނިމިގެންގޮސްފަ އެވެ.

މިއީ ރައީސުލްގެ ވާދައިގެ ތައްޓަށް ކުޅެވޭ މުބާރާތެކެވެ. މުބާރާތުގެ ތަށި 2015 ވަނަ އަހަރާ ހަަމައަށް ފޯރުކޮށްދެމުން ދިޔައީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ނަމަވެސް މިހާރު ތަށި ފަރުމާކޮށް، ތަށި ބަލަހައްޓަމުންދަނީ ވެސް ގައުމީ ފުޓްބޯޅަ އިދާރާ އެފްއޭއެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ އެހެނިހެން ކުޅުވަރު މުބާރާތްތަކާ ހިލާފަށް ފުޓްބޯޅަ މުބާރާތް އަބަދުވެސް ޝަރަފުވެރިކޮށްދެއްވަނީ އެވަގުތުގައި ހުންނަވާ ގައުމުގެ އެންމެ އިސްވެރިޔާ އެވެ. ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެކެވެ.

މިރިވެތި އާދަކާދަ އާއި ތާރީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ޖާގަ ހޯއްދެވީ ރޭގަ އެވެ. ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކްލަބް އީގަލްސް ވާދަކުރި ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ދެއްވީ ރައީސް ސާލިޙެވެ. މިއީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން މި ވާޖިބު އަދާކުރެއްވި ފުރަަތަމަ ފަހަރެވެ.

ކުޅިވަރު ކުޅުއްވައި އަދި ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި އަމަލީގޮތުން ވަރަށް ބޮޑަށް ބައިވެރިވަޑައިގަންނަވަމުން ގެންދަވާ ރައީސް ސާލިޙުގެ ޒައާމަތުގައި މިހާތަނަށް ބާއްވާފައިވަނީ ޤައުމީ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އެވެ. އެއީ މި އަހަރާއި މިދިޔަ އަހަރު އެވެ. 2019 ވަނަ އަހަރު މުބާރާތް ނުބޭއްވުނީ އޭއެފްސީގެ މުބާރާތްތަކާއި ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރުގައި ހުރި ފުށުއެރުންތަކާހުރެ ގައުމީ ޓީމު މުހިންމު މުބާރާތްތަކެއްގައި ވާދަކުރަން ޖެހުމުން އެފްއޭއެމުން މުބާރާތް ކެންސަލްކުރީ އެވެ. 2020 ވަނަ އަހަރާއި 2021ގައި މުބާރާތް ނުބޭއްވީ ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ކުޅިވަރު ހަރަކާތްތައް މެދުކަނޑާލާފައިވާތީ އެވެ. 2022 ވަނަ އަހަރުގެ ޕްރެޒިޑެެންޓްސް ކަޕްވީ ވަރަށް ފޯރިގަދަ މުބާރާތަކަށެވެ. ފައިނަލް މެޗު ކުޅުނީ ރ. އަލިފުށީގައި ސަރުކާރު ތައްޔާރުކުރި ޓާފް ދަނޑުގަ އެވެ. މި ފައިނަލް މެޗަށް ރައީސުލްޖުމްހޫރިއްޔާ އަށް އެންމެ ފަހު ވަގުތު ވަޑައިނުގެންނެވުނީ ކޮވިޑްގެ އާލާސްކަންފުޅާހެދި އެވެ. އެމަނިކުފާނުގެ ޚާއްސަ މަންދޫބެއްގެ ގޮތުން މި ފައިނަލް މެޗު ޝަރަފުކޮށްދެއްވައި ޗެމްޕިއަންކަން ހޯދި ކްލަބް ވެލެންސިއާއަށް ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއިްޔާގެ ނާއިބް ފައިސަލް ނަސީމެވެ.

ޕްރެޒިޑެންޓްސްކަޕުގެ ތަށި އެންމެ ގިނައިން ހަވާލުކޮށްދެއްވީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމެވެ. ރައީސް މަޢުމޫންގެ ވެރިކަމުގައި ވަރަށް މަދު އަހަރަކު ނޫނީ ތަށި ހަވާލުކޮށްދެއްވަން އެމަނިކުފާނު ދަނޑަށް ވަޑައިގެންނެވި އެވެ. ދަނޑަށް ވަޑައިނުގެންނެވުނު މަދު ފަހަރުތަކުގައި ރައީސް މަޢުމޫންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ތަށި ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރަކު ނުވަތަ ރައީސް މަޢުމޫން ކަނޑައަޅުއްވާ ވަޒީރެކެވެ. އެމަނިކުފާނު އެންމެ ފަހުން މި ތަށި ހަވާލުކޮށްދެއްވީ 2008 ވަނަ އަހަރުގެ ޗެމްޕިއަން ވެލެންސިއާއަށެވެ.

ޖެހިގެން އައި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޕްރެޒިޑެންޓްސްކަޕުގެ ތަށި ޗެމްޕިއަން ވިކްޓަރީ އަށް ދެއްވީ އައު ރައީސް މުޙައްމަދު ނަޝީދެވެ. މިޝަރަފުވެރި ތަށި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ވެސް ފައިނަލް މެޗު ޝަރަފުކޮށްދެއްވައި ދެއްވާފައިވެ އެވެ. އެއީ 2010 ވަނަ އަހަރު ވީބީ ސްޕޯޓްސް ކުލަބަށެވެ. މިއީ ދިވެހިރާއްޖޭގެ ފަސްޓްލޭޑީއަކު މިވާޖިބު އަދާކުރެއްވި ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން 2012 އަދި 2013 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށި ދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަޙީދު ހަސަން މަނިކެވެ. އަދި ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ދެ ފަހަރު އެމަނިކުފާނުު ތަށި ދެއްވަން ދަނޑަށް ވަޑައިގެންނެވި އެވެ. 2015 އަދި 2017 ވަނަ އަހަރު ތަށި ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ ޚާއްސަ މަންދޫބުންގެ ގޮތުން ކުޅިވަރު ވަޒީރުން ކަމަށްވާ އަޙުމަދު ޒުހޫރާއި އިރުތިޝާމް އާދަމެވެ. 2018 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ނުބާއްވަ އެވެ.

މުބާރާތުގެ ކުރީގެ ތާރީޚަށް ބަލާއިރު ކުރީގެ ރައީސް އަދި ބޮޑުވަޒީރު އިބްރާހީމް ނާސިރާއި ރަސްފެގާނު މުޙައްމަދު ފަރީދު ދީދީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު އަމީންދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް ރައީސުން ވެސް ޤައުމީ ފުޓްބޯޅަ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ދެއްވާފައިވެ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް