Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ފައިނަލްގައި މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުމަށް އިވާންގެ ތައުރީފު

އޭނާ ބުނީ މާޒިޔާ އިން ކުޅުނު ކޮންމެ މެޗެއްގައި ވެސް އެ ޓީމުން އައީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މެއި 2023 | ބުދަ 05:31
މާޒިޔާގެ ކޯޗު އިވާން

މާޒިޔާގެ ކޯޗު އިވާން

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ކުލަބު އީގަލްސްއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު އިވާން ވެންކޯ ކޮލޭވް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އިވާން ބުނީ މާޒިޔާގެ ކުޅުންތެރިންނަށް އޭނާ މަރުޙަބާ ކިޔަން ބޭނުންވާ ކަމަށާއި، ކުޅުންތެރިން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށެވެ. އޭނާ ބުނީ ދަނޑު މަތީގައި މާޒިޔާ އިން ބޯޅަ ހިފަހައްޓައިގެން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށެވެ. މެޗުގައި މާޒިޔާ އިން ލަނޑު ޖެހުމަށް ގިނަ ފުރުސަތު ތަކެއް ތަނަވަސްކުރިކަން ފާހަގަކޮށް އިވާން ބުނީ، 2-0 ގެ ނަތީޖާ އަކީ ވެސް ރަނގަޅު ނަތީޖާއެއް ކަމަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވުމަކީ މާޒިޔާ އަށް އިތުރަށް ސަމާލުކަން ދޭން ޖެހުނުކަމެއްތޯ ސުވާލު ކުރުމުން އިވާން ވަނީ އެކަމާ އެއްބަސްނުވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ މާޒިޔާ އިން ކުޅުނު ކޮންމެ މެޗެއްގައި ވެސް އެ ޓީމުން އައީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން ކަމަށެވެ.

މީގެ އިތުރުން އިވާން ބުނީ މާޒިޔާ އަކީ ވިސްނުމަކީ މެޗަކަށްފަހު މެޗަކުން ކުރިއެރުން ހޯދައިގެން، ކުރިއަށް ދިޔުން ކަމަށެވެ. އަދި އެންމެ ފަހު މެޗަކަށް، އީގަލްސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ވެސް މާޒިޔާ އިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. މުބާރާތް ފށައިގެން އައިއިރު މާޒިޔާގައި އަނިޔާގެ މައްސަލަތަކެއް އުޅުނުކަން ފާހަގަ ކުރަމުން އައި ކަމަށާއި، ނަމަވެސް ކުޅުންތެރިންގެ ބުރަ މަސައްކަތުން ކުރިއަރައިގެން އައި ކަމަށެވެ. ކުރިއަށް އޮތް ދިވެހި ލީގާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިވާން ބުނީ، މިވަގުތު އެއަށް ޖަވާބެއް ދެވެން ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ، ފުރަތަމަ ޖެހޭނީ އެހެން ޓީމުތަކާ ދެކޮޅަށް ވެސް ކުޅެން ކަމަށާއި، ޖަވާބެއް ދޭން އިނގޭނީ އެއަށްފަހު ކަމަށެވެ. އޭނާ ބުނީ މާޒިޔާ އިން ޕްރެޒިޑެންޓްސް ކާމިޔާބު ކުރުމުން މިވަގުތު ހުރީ އެކަމާ ވަރަށް އުފާވެފައި ކަމަށެވެ.

މީގެ އިތުރުން އިވާން ވަނީ މެެޗުގައި މާޒިޔާ އަށް ދެ ލަނޑު ޖަހައިދިން އިބްރާހީމް އައިސަމް އާއި ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ)ގެ ކުޅުމަށް ވެސް ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ އައިސަމް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށާއި، އެކި އެކި މަގާމުތަކަށް ކުޅުމަކީ ވެސް އައިސަމް އަށް އުނދަގޫ ކަމެއް ނޫން ކަމަށެވެ. އިވާން ބުނީ ފައިނަލް މެޗުގައި ސަމުއްޓޭ ކުޅުނީ އަނިޔާ އިން އެއްކޮށް ރަނގަޅު ވެގެން ނޫން ކަމަށެވެ. ނަމަވެސް ސަމުއްޓޭ އަކީ ވަރަށް ތަޖުރިބާ ކާރު، ވިސްނުން ރަނގަޅު ކުޅުންތެރިޔެއް ކަމަށާއި، ޓީމަށް އެންމެ ބޭނުންވާ ކުޅުން އޭނާ ދައްކައިދޭ ކަމަށެވެ.

މާޒިތާގެ ކޯޗުކަމާ އިވާން ހަވާލުވީ މިއަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު، މުބާރާތުގައި ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ބުރު އަތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު